ހަނިމާދޫ ގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ބަރަހަނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކުރި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހަނިމާދޫގައި ހުންނަ މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުގެ އަންހެން މުވައްޒަފުންގެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާއެއް ހަރުކޮށްފައި ވަނީ ސެޕްޓޭމްބަރު 27 ވަނަ ދުވަހު ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވިދާޅުވުން ފިޔަވައި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫގައި ހުންނަ މެޓް އޮފީހުގައި މުވައްޒަފުން އަރާމު ކުރުމަށާއި، ހެދުން ބަދަލު ކުރުމަށް ބޭނުން ކުރާ ކޮޓަރިއެއްގައި ސްޕްއި ކެމެރާއެއް ހަރުކޮށްގެން މުވައްޒަފުންގެ ވީޑިއޯތަކެއް ވަނީ ނަގާފައެވެ. އެ ކޮޓަރިއަކީ އޮފީސް އިމާރާތުގެ އެތެރޭގައި ހުންނަ ކޮޓަރިއެކެވެ.

"އަންހެން މުވައްޒަފަކު ހެދުން ބަދަލު ކޮށްލުމަށް ރޫމަށް ވަދެފައި ކުޑަދޮރުގެ ފޮތިގަނޑު ރަނގަޅު ކޮށްލަން އުޅެނިކޮށް ފެނުނީ ކުޑަކުޑަ ކެމެރާއެއް ހަރުކޮށްފައި އިންދާ. އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގެންދަނީ މައްސަލަ ތަޙްޤީޤު ކުރަމުން." މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހަނިމާދޫގައި ހުންނަ މެޓް އޮފީހުގައި ތިން އަންހެން މުވައްޒަފަކާއި ހައެއްކަ ފިރިހެން މުވައްޒަފުން މަސައްކަތް ކުރާކަމަށް ވެއެވެ. އެ އިމާރާތަކީ ހަމައެކަނި މެޓް އޮފީހުގެ މުވައްޒަފުން ބޭނުން ކުރާ އިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާލިދު

    ނަން ވާނީ ނެއްލައިދޫ

    8
    1
  2. ޙެޔޮ ރުޅި އަޔަސް

    ޡިކަން ކުރީ ކެމެރާ އެތަނުން ނެގި މީހާ...

    7
    2
  3. އެންދެރި

    ފުލުހުން ތަހުގަީގު ކުރާނެ އެވެ. އެނިމުނީ އެވެ.

    19