"ބަޑި ބުރާސްފަތި"ގެ ނަމުގައި 3 ނޮވެމްބަރު ފާހަގަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިޔަށް ގެންދިޔަ އެއްވުން ރޫޅާލުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކުށްލައިފިއެވެ.
ފުލުހުން ވިދާލުވީ މިރޭ އެއްވުމުގެ ތެރެއިން ހައްޔަރުކުރި 12 މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.
މިރޭގެ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުން ފުލުހުންގެ ހައްޔަރުން ސަލާމަތްކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ކަނޑައަޅާފައިވާ ޤާނޫނީ ޓީމަކުން މަސައްކަތް ކޮށްފައި ވެއެވެ.
މި އެއްވުމުގެ ބައިވެރިންތަކެއް ހައްޔަރުކޮށްފައި ވަނީ، އެއްވުން ރޫޅާލަން ފުލުހުން އުޅުމުން މަސްލަހަތު ގޯސްވެ ހަމަނުޖެހުން ހިނގާފައި ވަނިކޮށެވެ. ފުލުހުން ވަނީ އެއްވުމުގެ ކުރިންވެސް، އެ އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ދީފައެވެ.
ފުލުހުން މި އެއްވުން ރޫޅާލަން މަސައްކަތްކޮށްފައި ވަނީ، މިރޭ 8:30 ހާއިރު އެއްވުން ފެށުމާއެކު އެ ސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދެއްކަން އިއުލާނު ކުރުމަށްފަހުއެވެ. އެއަށްފަހު ފުލުހުން ވަނީ އެ ސަރަޙައްދަށް އެއްވެ ތިބި މީހުން ސަރަޙައްދުން ފޮނުވާލުމަށް މަސައްކަތް ކޮށްފައެވެ.
ފުލުހުން ވަނީ އެއްވުން ކުރިޔަށް ދިޔަ ސަރަޙައްދަށް ގޮސް ޕީޕީއެމް އޮފީސް ތެރޭގައި ބޭނުންކުރަމުން ދިޔަ ސައުންޑު ކަނޑާލުމަށްވެސް މަސައްކަތް ކޮށްފައެވެ.
3 ނޮވެމްބަރު ފާހަގަ ކުރަން ބާއްވާ އެއްވުމަކަށް ފުލުހުން ހުރަސް އެޅިއިރު މިއީ ރާއްޖޭގެ ތާރީޙުގައިވެސް 3 ނޮވެމްބަރު ފާހަގަ ކުރުމަށް ފުލުހުން ހުރަސް އެޅި ފުރަތަމަ ފަހަރެވެ.
އަންދާ ގާނޫން އަދި އެއްފަހަރު ސިނަމާ އެއްގައި އަޅުވަންފެނޭ ކަމުވޮށިވެގެންވާ ހުރިހާ އެންމެން އެތަނަށް ގޮސް ތިބެގެންކިޔާނިީ ހުސެން އާދަމް ރާއްޖޭގެ ބޮޑު ޓެރަރިސްޓް ކެރަފާ ޑިމޮކްރަސިީ ޒިންދާ ބަާދު ގެރިމޯދީ އައި ލަވް ޔޫ. ކުޅުދުއްފުށީ މީހުން ދެން އަތްޖަހާ .ގެރިމޯދީ ގެ ރަށުން ގެރިއެއް ކޯރަކަށް ވެއްޓުނަސް ތައުޒިޔާ ފޮނުވަން ކުޅުދުއްފުށީ މީހުން މީހުން ރީދޫ ބޮކްސާ ލައިގެން ދުވާތި އިގޭ ޗީޗިީ