ނ.އަތޮޅު މާޅެންދޫގައި ހަތް ކުދިންގެ މަންމައަކު ދަން ޖެހިފައި ހުއްޓާ ފެނިއްޖެއެވެ.

ދަން ޖެހިފައި ހުއްޓާ ފެނުނީ އުމުރުން 50 އަހަރުގެ އަންހެނެކެވެ. ދަން ޖެހިފައި ހުއްޓާ ފެނުނު މީހާ ވަނީ މަރުވެފައެވެ.

މާޅެންދޫން ވާހަކަ ދެއްކި މީހަކުބުނީ އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭފަތިހުއެވެ. ދަންޖެހުނީ ވާގަނޑެއް ބޭނުން ކޮށްގެން ކަމަށާއި އޭނާ ދަންޖެހިފައި ހުރީ އޭނާގެ ގޭގައި މަސްކަންކަން ހަދާފައި ހުރި ކުޑަބަދިގެއެއް ކަހަލަ ތަނެއްގައި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާގެ ހަށިގަނޑު މިހާރު މަނަދޫ އަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ އާއި ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ. ދަން ޖެހޭ މީހުންނާއި ގުޅުން ހުރި މައުލޫމާތު ފުލުހުން މިހާރު ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. އިންސި

  ދިރިއުޅުމާ މެދު މާޔޫސްވެގެން އަމިއްލައަށް މަރުވެފަވާނަމަ، ވަރަށް ދެރަ ކޮންމެ މީހަކުވެސް އެމީހެއް ކުރިމަތިލަމުންދާ ކަންކަން ހިއްސާކޮށް، ނަފްސާނީ ކަމެއް ނަމަ އެކަމަށް ފަރުވާ ލިބުމަކީ ވަރަށް މުހިއްމު ކަމެއް... ހަތް ކުދިންނަށް ތައުޒިޔާ އަދި ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރަން

  339
  3
 2. އަލީ

  އަބަދު މީހުން މަރުވަނީ ހިތާމަ ވެރި އަދި ކުފުރު މަރުތަކުން މީސްތަކުންނޭ ހޭ އަރައި އިސްލާހުވޭ މީގެ ދެދުވަސް ކުރިން މަސްދޯންޏެއްގެ ވަތުގައި މީހަކު މަރުވީ މިއަދު މީހަކު ދަންޖެހުނީ މިރާއްޖެ ދުވަހަކު ދެކެފައި ނުވާވަރަށް މަރުތައް ދަނީ ގިނަ ވަމުން މަރު ކޮމިޝަން ހެދިފަހުން މިހާ ގިނައިން ކުއްލި މަރުތައް .....

  120
  47
  • ޔައު

   ކަލޭނޭ ފޯނި ވަތަށް ވެއްޓޭ މީހުން މަރުވަނީ ކުފުރު މަރުންތަ އޭނ!!!

   88
   13
  • އަމައްޔާތް!

   ދެލޯފުޅާ، ނިކަމެތި މި އަޅާޔާއި، ތިބާވެސް ހިމެނޭ ގޮތަށް، މިރާއްޖޭގަ މިހާރު މިތިބަ ހުރިހާ އެންމެންނާ އަދި ފަހުން އަންނަ ހުރިހާ އެންމެން ވެސް، މަރުވާނެކަމީ ކަށަވަރު ކަމެކެވެ. އެކި މީހުން މަރުވާނީ އެކި ވަޤުތު ތަކުގައި، އެކި ގޮތަށެވެ. އީމާންކަން މަތީ، މަރުގަންނަވާތޯ އަބަދުމެ ދުޢާ ކުރަންޖެހެނީ އެހެންވެގެންނެވެ.

   241
   5
 3. ނޫނުތާ :

  މިވަގުތު ފިރިއަކު ހުރި މީހެއްބާ؟ ހުރި ނަމަ ދަރިންގެ ބައްޕަ ކޮބާބާ؟ އަށްހެނާ އުޅެނީ ކައިވެނި ކޮށްގެން ކަން ނުވަތަ ނޫންކަން ފިރި އަކު ހުރި ނަމަ މިހާރު ހުރި ތަނެއް ޚަބަރުން ޞާފްވާން ޚަބަރު ކިޔާ މީހުން ބޭނުންވާނެ، ފޯނެއް ގެންގުޅޭ ނަމަ އަށް ހެނާއާއި ދަރިންގެ ބައްޕަ ގެ ފޯނު ތަޙްޤީޤަށް މުހިއްމުވާނެ ކަމަށް ފެނެއެވެ.

  106
  3
 4. ޒައިދު

  ?

  40
  2
 5. މަޖުބޫރީހާލަތް

  ދަންޖެހޭ މޫސުން ލަ އިގަތީ ދެންހަމަ އިވޭނީ މި އަޑު މާވަހަރު ލަ އްގާ މޫސުމުގަ މާވަހަރު ގެނބޭ މޫސުމުގަ ގެނބުން ދިވެހިންގެ މުޑުދާރުކަން ހުރިހާލު ރޯދަމަހު ފުރަތަމަ ދުވަހު މިސްކިތް ފުލްވާނެ ފަތިސްނަމާދަ އް ނުދާނެ ހުކުރަ އްދާނީ ހުތުބާ ނިމެން ކަ އިރިވީމަ ފުރަތަމަ ދީނަ އް ލޯބިހުރެގެން ދީނޭ ކިޔަންވާނީވެސް ނެތްސިފަ އެއ އް ދަ އްކަން އުޅުމުން ވާނެ ހުރިހާ ކަމެ އް ފެނިގެން މިދަނީ ދަންޖޭ މީހާގެ ހުކުމަކީ ހުރިދިމާލުގަ ވަޅެ އްކޮނެ ވަ އްޓާލުން ގަ އިގަ އަތްލުން ހު އްދަ އެއ އްނޫން

  44
  49
  • ހުސޭންފުތު

   ދަންޖެހޭ މީހާ ހިނަވާ ކަފުންކޮށް އޭނާގެ މައްޗަށް ކަށުނަމާދުވެސް ކުރަން ޖެހޭނެއެވެ.

   16
   7
  • ރައްޔިތުމީހާ

   ތީ ޚަވާރިޖުން ދެކޭގޮތް. ޢަހުލުއްސުންނައިންނެއް ތިގޮތހަކަށް ވިދާޅުނުވާކަމަށް ފޮތްތަކުގައި އޮންނަނީ.

   3
   2
 6. ބޮއްލޯ

  ޝައިޠާނާގެ ހުރި ނުބައިކަމާއެވެ.

  91
  3
 7. އާރިފް

  ކުފުރު މަރުން މަރުވުން ރާއްޖޭގައި މިވަނީ އާންމު ކަމަކަށްވެފަ، ކަމެއްނުވެ ގަސްތުގަ އެއްވެސް މީހަކު މަރެއްނުވާނެ މިކަންކަމައް މީހާ ވެއްޓެނީ ކުރިމަތީވާ ނުވަތަ ކުރިމަތި ކުރެވޭ ޕްރެޝަރ ތަކަކުން، ތަހުގީގު ކޮށް އެހާލަތައް މީހުންދާންޖެހޭ ސަބަބު ހޯދާ އެކަމައް ޒިންމާވާން ޖެހޭ ބަޔަކު ހުރިނަމަ އެބަޔަކައް އަދަބު ލިބެންޖޭހޭނެ

  82
  4
  • ށ

   ބުއްދި ފިލާފައި ހުރި މީހެެެއް (ނަފްސާނީ ބައްޔެއްގެ ސަބަބުން) ކުރި ކަމެއްކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ ކުފުރުމަރަކަށް ނުވާނެ. އޭނާގެ ފާފަފުއްސަވާ ދެއްވާށި. ާ

   37
 8. ކކކކކ

  ކިހިނެއްވީ ކަމެެެެެެެއްބާަ

  56
  2
 9. زيد

  ?

  34
  1
 10. ދަންޑެހިލް

  ދަންޖެހިފައި ހުރީތަ ނުވަތަ ދަންޖެހިފައި އޮތީތަ؟

  34
  3
 11. ލަމް

  ﷲ އަށް ޓަކާބުނަން!
  އެ އަވައްޓެރިޔާ ބިކަހާލުވީރު އެހިސާބައްދިޔައިރު
  ވަށައިގެންވީ އަވައްޓެރިންކޮބާ!
  ކީއްވެ އެހީނުވީ؟
  އަވައްޓެރިޔަކަށް އޯގާތެރިނުވިނަމަ ސުވަރުގެ ނުލިބޭނެ ކަން ނޭންގެނީތޯ؟
  ވިސްނަވާ ފަސްވަގުތު ނާޅާ ނަމާދުކުރިމީހާ
  ސުވަރުގެ ނުލިބި ދިޔައީ އަވައްޓެރިޔާއަށް އުނދަގޫ ކުރުމުން އޯގާތެރިނުވުމުން!
  ވީމާ ސުވަރުގެ އެދޭމީހާ އަވައްޓެރިޔާގެ ހާލު ނުބަލާ ވާނެތޯ؟

  140
  1
 12. މީހަކު

  ކިހާ ދެރަ... ކުދިންނަށާއި އާއިލާ އަށް ކެއްތެރިކަން ދެއްވާށި... އެހިސާބަޢް ވިސްނުންދާނީ ހާދަ ކަންކަން ގޯސްވުމުންނޭ... މި ކަމާއި ބެހޭ އިތުރު މައުލޫމާތު ލީބޭނޭ ކަމައް ހީކުރަން.

  92
  1
 13. މުހައްމަދު

  ކުފުރު މަރެއް އެކަމަކު ހިތައްއަރަނީ އެއުމުރުގެ މީހަކު 7 ދަރިން ތިބި މީހަކު އެހިސާބައް ދާނީ ހާދަ ވަރެއްވީމައޭ ކިހިނެއް ވީ ކަމެއްތޯ ބަލަން ޖެހޭ ﷲ އެކުދިންނައް ރަނގަޅު ގޮތް މިންވަރު ކުރައްވާޝި އާމީން

  54
  2
 14. އޭތް!

  ދިރިއުޅުމުގައި އެންމެ ގާތަކޮށް އުޅޭން ޖެހިފައިވާ މީހުން ތިމާމީހާޔަށް ފުރައްސާރަކޮށް ހިތްނިކަމެތިކޮށްލީމާ ކޮންމެވެސް ގޮތަކުން އެހުރިހާ ކަމަކުން ސަލާމަތް ވުމުގެ މަގަކަށް އަމިއްލަޔަށް މަރުވުން އިހްތިޔާރު ކުރާ މީހާ އެވަގުތު އެހުންނަނީ ހަމަޖެހިގެނެއް ނޫނެވެ. އެފަކީރު...... ދޯ؟

  25
  1
 15. އެކަހެރިޔާ

  މުހަންމަދު ގެ ނަމުން ކޮމެންޓު ކުރިމީހާޔަށް ބުނަން! ރަހުމަތްތެރިޔާ ތިބުނީ ތެދެއް! އަހަރެންމީ ގޭތެރެއިން ނިކަމެތި ކުރެވެމުންދާ މީހެއް. އަންހެނުންގެ ނިކަމެތި ބަސްތަކާ، އަޅާނުލުމާ...... ފުދޭ ވަރަށް ލާރިނެތީމަޔޯ! އަންހެނުންނަކީ ފަސްވަގުތުނާޅާ ނަމާދުކުރާ، އެކަމަކު މިބުނާ ސިފަވެސް އަމަލީގޮތުން ގެންގުޅޭ މީހެއް. އޭނާޔަށް އޮތް ގޮތް ދެނެވޮޑިގެންވާނި ހެއްދެވި ފަރާތް. އެކަމަކު ހިތްބުނަނީ ރަނގަޅޭއް ނުވާނޭ،.

  15
  3
 16. ވާރޭ

  އިންސާނާ އަމިއްލަޔަށް މަރުވަނީ އަޤީދާ ބަލިކަށި ވުމުގެ ސަބަބުން . ތިމާޔަށް ކުރިމަތި ވާ ކޮންމެ ކަމަކީ الله ސ ވ ގެ ހަޟްރަަތުން ހުރި ރަޙްމަތެއްކަން ޤަބޫލު ކޮށް މުސީބާތްތަކަށް ކެއްކުރަން ދަސްވެއްޖެނަމަ އިންސާނާ ހިތާމަ އެއް ނުކުރާނެ. ނަފްސަށް އަނިޔާވެރި އެއްވެސް ނުވާނެ. . ތިމާޔާ ތިމާގެ ވެރި ރައްބު އާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރަންވީ .

  41
  2
 17. ފިލާވަޅު

  ކޮލެޕްސިންގ އޮފް އަ ސޮއިޓީ ބައި ޕުއަރ ގަވަނަންސް

 18. މަހައްތިޔާ

  މިކަމުގައި ގޯސްތަކެއް އެބައުޅޭ ޔާމީނު 5 އަހަރު ވެރިކަންކުރިއިރު މިހާވަރަކަށް މީހުންދަމެއްނުޖެހޭ ހާދަ މޮޅު ރައީސެކޭ އެއީ

  4
  3