ބިދޭސީންގެ އަތުން ނަގަމުން އަންނަ ވޯކް ވިސާގެ ފީ ބޮޑުކޮށް، ދައުލަތައް އާމްދަނީ ހޯދުމަށްޓަކައި އަންނަ އަހަރުތެރޭގައި ކޯޓާ ވިއްކަން ސަރުކާރުން ނިންމަވައިފިއެވެ.

މިހާރު ބިދޭސީންގެ އަތުން ވިސާގެ ގޮތުގައި މަހަކު ނަގަމުން އަންނަނީ 250 ރުފިޔާއެވެ. އެހެން ނަމަވެސް ވިސާ ފީ އަގުބޮޑު ކުރުމުން އެ އަދަދު 350 ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. އަދި ހިލޭ ދެމުން އަންނަ ކޯޓާ ވެސް ދެން ޖެހޭނީ 2000 ރުފިޔާއަށް ގަންނާށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ދައުލަތުން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ތެރޭގައި ވޯކްވިސާ ބޮޑުކޮށްގެން ދައުލަތަށް އަންނަ އަހަރު 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއަދު ސަރުކާރުން ވަނީ އަންނަ އަހަރު ދައުލަތަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައެވެ.

ރާއްޖޭގައި އެތަކެއް ސަތޭކަ ބިދޭސީން މަސައްކަތް ކުރަމުން އަންނަ އިރު އެތަނުން ދެބައިކުޅަ އެއްބަޔަކީ ގަވައިދަށް ނުފެތި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓްގެ ގޮތުގައި 37.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު ހަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ދަރަނިތައް އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަދާލަތު

  އަދިވެސް މި ޖާހިލް ބަންގާޅީން މަދުވާނެގޮތަކަށް ވިސްނާ އެކަކުވެސް މި ޤައުމަކު ނެތް. މިއީ ދިވެހި ޤައުމަށްއޮތް އެއްމެ ހިތްދަތި، ނުރައްކައުތެރި ވަބާ.

  13
  1
 2. މަކީނު

  މަރައްކާރުން އިސްތިއުފާ

 3. ވެރިން

  ތީތި މަޖިލީހުން ފާސްވެގެން ދާނީ އިންޑިއާއިން މީހުން ގެއްނަނަމަ ހިލޭ ކޯޓާ ލިބޭގޮތަށް.އެހެން ގައުމެއްގެ މީހަކު ގެއްނަނަމަ ކޯޓާގައްނަން ޖެހޭގޮތަށް.