ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަން ވެރިކަން ކުރާ އެމްޑީޕީ އިން ގޮވާލައިފިއެވެ.

އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރ ގްރޫޕް އަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ފޮނުވި އެ ކޯޓުގެ އިސް ގާޒީ ހައިލަމް އެ ޢަމަލު ހިންގާފައިވަނީ "ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައިކަމަށް" އެމްޑީޕީ އަށް ޤަބޫލުކުރެވޭތީއާއި، ޢާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުންދާތީ އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ ޢަދުލް އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ޙާލު، އެ ނިޒާމުގެ ހައިބަތާއި، ޤަދަރު ޙިމާޔަތްކުރުމަށާއި، ކޯޓުތަކުގެ މައްޗަށް ޢާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަޚްލާޤާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ލާޒިމް ކަމަށާއި އަދި ފަނޑިޔާރުންނީ ޒާތީ ތަޢައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ޢަމަލާއި ބަސް، އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް ކަމަށެވެ.

"ތަޢައްސަބު ކުރިއަށް ނެރެ، ވަކި ފަރާތަކަށް ނުޖެހުމުގެ ސިފަ ނަފީވާ މަގުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމް ހިންގާފައިވާ މި ޢަމަލުގެ ތަޙްޤީޤު ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ހިންގުމަށް ނިންމާފައިވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހައިލަމްގެ މައްސަލަ ކުއްލި ގޮތަކަށް ޖޭއެސްސީ އިން ބަލަން ފެށިއިރު އޭނާ ބައްލަވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްސަލައިގެ ޙުކުމް އިއްވަން މާދަމާ އަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޜަހަ މަ

  ޢަވަސް

  2
  40
  • އަވަސްކުރޭ

   އަވަސްކުރަންއެބަޖެހޭ ޓެރަރިސްޓް ނަޝީދުގެ 13އަހަރުގެ ހުކުމް.. ރައްޔިތެ ވަގަށްނެގި ޓެރަރިސްޓެ ނަޝީދަކީ..

   67
   2
  • ކގފސސ

   ތާރީޙުން ފެންނަންއޮތްގޮތުން މޑޕ ވަކިމީހަކަށް ބަވާ ފުރައްސާރަ ކުރާނަމަ އެމީހަކާއެކު މޑޕ ބޭނުންވާގޮތަށް ޑީލްނިމފަ ހުކުމް އަންނަނީ.. އެހެންވީމަ މާދަމާގެ ހުކުމް މޑޕ ބޭނުންވާގޮތަށް ނިމިފަކަން ޔަގީންކުރޭ.. މާދަމާގެ ހުކުމަށްފަހު ރިޕީޓުކޮށް މިކޮމެންޓް ޖަހާލައްޗޭ ވަގުތުމީހުން.. މިއީ ޝައްކެނެތި ޔަގީންކަމެ..

   39
 2. ޢަބްދުއްލާ

  ހައިލަމްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަން އެމްޑީޕީން ގޮވާލައިފި

  1 މިނެޓް ކުރިން ( ނޮވެމްބަރު 4, 2019 )

  މިފަހަރު ކޮންކަހަލަ ކޮމެޓީއެއްބާ؟ ކޮމެޓީގެ މުސާރަވެރިންގެ މުސާރަޔަށް ކިތައްމިލިޔަންބާ؟

  62
  3
 3. އިބޫ ބެ

  ކޮބާ ރަސޫލާއައް ފުރައްސާރަކޮއް ކީރިތި ގުރުއާނައް ހަޖޫޖެހި އެއްޗިހިންނައް އެޅި ފިޔަވަޅެއްނެއް. މީއެންމެއެއްވާކަމަކާ. މިލާދީނީ ވެރިކަމުގަ

  112
 4. ޑެއިލް

  ހިތުން ރައީސް ޔާމީނުގެ ޝަރީޢަތް ލައިވްކުރީ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ބޭނުމުގައެވެ. ނަމަވެސް ރައްޔިތުނަށް އަދި އެމްޑީޕީ ވަކީލުންނަށްވެސް ކަށަވަރުވީ ޔާމީނު ސަލާމަތްވާނެކަމެވެ. ލައިވްކުރި ޝަރީޢަތުގައި އެމަނިކުފާނުގެ ކުށެއްނެތްކަން ވަރަށް ސާފެވެ. މިކަމާ ބިރުން ޤާޟީގެ ނަމުގައިި ފޭކް ފޮޓޯތަށް ނެރެ އަވަސް އަވަހަށް ސަސްޕެންޑްކޮށް ޖިނާއީ ތަހުޤީޤު ކުރަން ތިއުޅެނީ އެކަމާ ގަންނާ ކުރައްވާ ބިރުން. އެހާތަނަށް ސްޕްރީމްކޯޓާއި ހައިކޯޓަށް ވަކި ފިކުރެއްގެ ފަނޑިޔާރުން ބެލުމެއްނެތި އައްޔަން ކުރަމުން ތިދަނީ ހަމަ ރައީސް ޔާމީނަށް ލޮޓި ދޭން. އެއްވެސް ތަނަކުން ސަލާމަތް ނުވާވަރުކުރަން. އިންސާފުން ކަންކަން ކުރާކަން ދައްކަން. ޖޭއެސްސީއަކީ ހަމަ އެމްޑީޕީ ނަޝީދު ބޭނުންވާ ކޮންމެ ގޮތަކަށް ކަންކުރާ އެމްޑީޕީގެ ގޮތްޕެއް. ސިޔާސީ ވެ އަވަދިވެއްޖެ.

  68
 5. މާމިގިލީ މީހާ

  މިކަހަލަ ބޮޓުން ލައިގެން ކޮން އަދުލުއިންސާފެއްތަ ގާއިމު ކުރެވޭނީ.

  11
  74
 6. ނަކަސް

  އަވަހަށް ފުލުހުން ލައްވާ ތަޙްޤީޤުކޮށްފްފަ ކޮމިޝަނެއް އެކުލަވާލާފަ ރިޕޯޓެއް ނެރޭ، އޭރުން އެމް.ޑީ.ޕީ މީހުންނަށް އިންސާފު ލިބި ހަމަވީ، އެމް ޑީ ޕީ މީހުންގެ އިންސާފަކީ އިންސާނުންގެ ތެރޭގައި ބާއްވަން ހެޔޮވާވަރުގެ އެއްޗެއްނޫން،

  56
 7. ވައިޓުހައުސް

  ބަލަ ތިޔަފޮޓޯ ގުރޫޕައްލީ ލާރިހިފަން... ޔާމިނައް ރަނގަޅުކުރުމައް އިގުރާރުވެ ފޮޓޯއެއްލީމަޖަމާކޮއްދޭން... ބެންކުން ބޮޑުއަދަދެއް ކޭޝްނެގީކާކުތޯބަލާ

  4
  38
 8. މާދަމާ ބައްދަލުކުރާނެ މިއަދުގެ އިންސާފު

  ފޯރިއެއްވާ އެބަހުއްޓެނުން.. ހުކުމް އަންނަނީ މޑޕ ބޭނުންވާގޮތަށް ނޫންކަން އެގެނީތަ؟މިހާރު އިންސާފުނެރެނީ މޑޕ ހަރުގެެއިންތަ؟މޑޕ ތިލަފަތުން ކިރަންޖެހެނީ މޑޕ ތިފަތުގަ އޮތްގޮތަށް އެއްފަރާތަށް މޮޅުގޮތައްތަ؟ އިސްލާމީ ޝަރީއާ ދަންނަގޮތަކީ ހަމަހަމަކަމާ އަދުލަށް ހުކުމްކުރުން.. ވަކިމީހަކު ރުއްސަން ހުކުމްކުރުމަކީ އިސްލާމްދީން ދަންނަކަމެނޫން... މިގޮތެ މޑޕއަށް ކަމުނުދާނެކަން އިގޭނެ ކާފަރުންނަވެސް..

  34
 9. ޢެމްޑީޕީ ކަލޯ

  ފަނޑިޔާރުންނާ ވައިވެސް ނޭޅޭތި ނަމަނަމަ. ޢަހަރުމެންވެސް އަދި އެބަ ތިބިން.

  38
  2
 10. އައްޑޫ މީހާ

  އއެމްޑީޕީ މީހުން ބޭނުންވާ ގޮތައް ޝަރީއަތްތައް ނުހިންގެންޏާ ދެން ހަމަ ހަމަ ކަމޭ ކިޔާފަ ފިޔަވަޅު އަޅަން އުޅޭނެ ތިޔަ އުޅެނީ އަބްދުﷲ ޤާޒީ ރަހީނު ކުރިގޮތަޢް ހައިލަމް ވެސް ރަހީނު ކުރަން ސާބިތުވެ ހުންނާތި ތިމީހުން ދައްކާ ބިރަކަށް ފަސް ނުޖެހޭތި ރއްޔިތުން ތިބީ ތިޔަ ކުޅޭ ކުޅިގަނޑު ވަރަށް ކައިރިން ބަލަން

 11. އިނާޔަތު މުޙައްމަދު

  ކޮބާ ރަސޫލާއައް ފުރައްސާރަކޮއް ކީރިތި ގުރުއާނައް ހަޖޫޖެހި މީހުން އަދިވެސް ތިބީ ބޮޑަތި މަގާމު ތަކުގަ

 12. އަހްމަދު

  ޔާމީނާ އެއްކޮޅަށް ހުކުމް ދިޔައަސް އަދި ދެކޮޅަށް ދިޔައަސް ދެން ހައިލަމް ގެ ވަޒީފާގެއްލުނީ. އަންނިގެ 13 އަހަރުގެ ޖަލުހުކުމް ކުރީ ހައިލަމް.