ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވާ ރޫހަށް ބަލާއިރު ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން ހީވާ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ބާނީ، ޤާސިމް މި ގޮތަށް ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ އިންތިޤާލީ އިންސާފުގެ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ، އެމްޑީޕީގެ ބޭފުޅުން ސަރުކާރު ވައްޓާ ނުލެވިގެން އުޅޭ ކަމަށް ވިދާޅުވާން ބޭނުންފުޅު ނުވިއަސް، އެބޭފުޅުން ވާހަކަ ދައްކަވަ ރޫހަށް ބަލާއިރު ހީވަނީ ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން ކަމަށެވެ. ތިމާމެންގެ ޕާޓީ ތެރޭގައި އޮތް ސަރުކާރެއް ވައްޓާނުލެވިގެން އަމިއްލަފުޅަށް ސަރުކާރު ބަދުނާމުކުރަން ވާހަކަ ދެއްކުމުގެ މާބޮޑު ބެނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން މިތަނުގައި ބައެއް މެންބަރުން ވާހަކަ ދައްކަވާ ރޫހަށް ބަލައިފިއްޔާ ހީވަނީ ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން، ބަލަ ތިމާމެންގެ ޕާޓީގެ ތެރޭގައި އޮތް ސަރުކާރެއް ވައްޓާނުލެވިގެން އަމިއްލައަށް ސަރުކާރު ބަދުނާމުކުރަން ވާހަކަ ދެއްކުމުގެ މާބޮޑު ބެނުމެއްނެތް،" ޤާސިމް ވިދާޅުވިއެވެ.
"ބަޣާވަތެއް ހިންގައިގެން ކަންތައްތައް ކުރައްވާ ވާހަކަ މެދުކެނޑުމެއްނެތި ވާހަކަ އެބަދައްކަވާ. ތިބޭފުޅުންނަށް އޮޅިވަޑައިގަންނަވަނީތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޤާނޫނީ މަސްއޫލިއްޔަތު. އެ މަނިކުފާނު ކުރެއްވީ ކޮން ކަންތައްތަކެއްތޯ އިއްޔެ އާއި ކުރީ ދުވަހު. ފެބްރުއަރީ 8 ވަނަ ދުވަހު އެބޭފުޅާއަށް އަނިޔާކުރެއްވި ވާހަކަ ދައްކަވާ. އެ ވިދާޅުވާ ކަންތައްތައް ބައިނަލްއަޤްވާމީ ފަރާތްތަކުން ބައްލަވާފަ." ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ބައެއް ބޭފުޅުން އިކޮނޮމީއޭ، އިޤްތިސާދޭ ކިޔައިގެން ވާހަކަފުޅު ދައްކަވާއިރު އެއީ ކޮން އެއްޗެއްކަންވެސް އެބޭފުޅުންނަށް ނޭނގޭ ކަމަށެވެ. ޤާސިމްގެ ފާޑުވިދާޅުވުން މުޅިންވެސް އަމާޒުކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހީމް ރަޝީދު (ބޮންޑޭ) އަށެވެ.
"ތަނެއްގައި އުފެއްދުންތެރި މީހުންނާއި، މުއްސަނދިން ތިބެގެން ކަމަކު ނުދޭ. ދެން ކިހިނެތް ތޯ އެތަނެއް ކުރިއަރަނީ؟ ތަނެއްގައި ތަނަވަސް މީހުންނާއި، ސިއްޙީ ޑޮކްޓަރުންނާއި، ތަޢުލީމީ މީހުންނާ، ދެން މިނޫންވެސް މީހުން. އެކަމަކު އެގޮތް ކަމަކު ނުދޭ. ތިމާއަށް ތިމާ ފެނިއްޖިއްޔާ ވާނެ ގޮތް މުސްކުޅިން ވަރަށް ރަނގަޅަށް ކިޔާދޭ. ޕްރޮފެސަރ އިބްރާހީމް ރަޝީދަށް ވިސްނިވަޑައިގެންފަ އޮތީ ކަމަށް ބެލެވޭ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކައިގައި އޭނާ ވަނީ، ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމުގެ ވާހަކަތައް އަޑުއިވޭ ކަމަށާއި އެއީ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަންތައްތައް އިންސާފުވެރިކަމާއެކު މާތްވެގެންވާ އިސްލާމްދީނާއި، ޤާނޫނު އަސާސީއާއި އެއްގޮތަށް ކަންތައް ކުރަން ޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މަނިކުފާންތީ މިދިވެހިރާއްޖެއައް ޖެހިފާއޮއް ބޮޑުމުސީބާތެއް...ހައްތެރިބަލާވެރިކަމައް.....އެއްވެސްބަޔަކު ކުރާވެރިކަމެއް ތިބޭފުޅާ ކަމުދޭތޯ....
ސޭޓް ބަޣާވާތް ކުރަންވެގެން ދައްކާ ބަހަނާ ! ސޭޓް ދުވަހަކުވެސް ދިވެހިގައުމަށް ހެވެއްނޭދޭނެއެވެ ތިޔައީ އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެކެވެ.
ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ހަރާންބަޢާވާތްކުރި ބާނީ ބުރުމާގާސިމްގައްދާމާރީއަށް ދައްކަން އުޅުނަސް ބަޢާވާތުގެވާހަހަކަ ނޫންވާހަކައެއް އިރާދަކުރެއްވިއްޔާނުވެސްދެއްކޭނެ ،އެހުރީ ބަޢާވާތް ލެޔާއި ކަށީގައިވެސްހިފާފައި!!!!
ސޭޓްހުރީގޮތްހުސްވެފަ ހަދާނެވަކިގޮތެއްނުނިންމާ ނޫންގޮތަކައް އެން ފިޔަވަޅެއް އަޅާލިވަސް ހުރިހާ ރިސޯޓެއް އަބުރާ ނަގާނެ ދިން ފަސާގެ ދެގުނަ ދައްކަންވެސް ޖެހޭނެ... އަިސާ ދެކެބިރުން
ވަށްޓަން އުޅޭމީހަކަށް ދޯ އެކަން އެނގޭނީ އަނެއްކޮޅުން ވެއްޓުމުގެ ތަޖުރިބާވެސް ހުނާނެ.......