ނިރުބަވެރިކަން ހުއްޓުވުމަށް ސަރައްހައްދީ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ވިދާޅުވެއްޖެއެވެ.

މާރިޔާ މިގޮތަށް ވިދާޅުވީ، "ނޯ މަނީ ފޮރ ޓެރަރ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" އާއި ބެހޭ ގޮތުން އޮސްޓްރޭލިޔާގެ މެލްބަންގައި މިމަހުގެ 6 އިން 8 އަށް ކުރިއަށްދާ މި ބައިނަލްއަޤްވާމީ މަހާސިންތާގައި ތަޤްރީރުކުރައްވަމުންނެވެ.

މާރިޔާ ވިދާޅުވީ ނިރުބަވެރިކަމަށް ވާގިދިނުމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުމަށްޓަކައި ޤައުމީގޮތުންނާއި ސަރަޙައްދީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން އެއްބާރުލުން ބޭނުންވާކަމަށެވެ.

އެ މަހާސިންތާގައި މިނިސްޓަރ ވަނީ މި ސަރުކާރުގެ އެއްސިޔާސަތު ކަމަށްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުން ހުއްޓުވުމަށްޓަކައި، މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

ރާއްޖޭގައި ވަރަށް ފަހުން ވަނީ ޓެރަރިޒަމްގެ ގާނޫނަށްވެސް ވަރަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.

ޓެރަރިޒަމް މަނާކުރާ ޤާނޫނަށް ގެނައި އިޞްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މިޤާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތުއޮވެ، އެ މަޢުލޫމާތު ޤަޞްދުގައި ޙިއްޞާނުކޮށް ސިއްރުކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަގޭ ޚިޔާލު

    ނިރުބަވެރިކަން ހުއްޓުވުމަށް މުސްލިމުން އިސްލާމްދީނުގެ ޞައްޙަ އަޤީދާ އުގެނި ދަސްކުރަންޖެހޭ، އަދި ނިރުބަވެރިކަން ހުއްޓުވޭނީ މުސްލިމުން އިސްލާމްދީނަށް ފުރިހަމައަށް ތަބާވެގެން.

    9
    1
    • މުސްލިމް

      ތި ވިދާޅުވަނީ ނިރުބަ ވެރިންނަކީ މުސްލިމުންނޭ ތޯ. ނުވަތަ ނިރުބަވެރިން އުފެދެނީ މުސްލިމުންގެ ތެރެއިން އެކަނި ކަމަށް ތޯ. ޔަހޫދީން އަޑީގަ ތިބެގެން މުސްލިމުންގެ ނަން ކިލަނބު ކުރަން ކުރުވާ ކަމެއް އެއީ. ދިވެހީންގެ ތެރޭގައި ވެސް އުޅޭ ޖިނާއީ ކުށް ކުރާ ފަރާތްތަކަށް އެމީހުން ޓާގެޓް ކުރަނީ ބޮޑަށް. ކްރިމިނަލް މައިންޑް ގެ މީހުން އޭގެ ތެރެއަށް ވަދެގެން ދަނީ. އަސްލު ތެރަރިސްޓުންނަކީ އިޒްރޭލް ގަ އުޅޭ ޔަހޫދީން.

      5
      1
  2. ޢަފްލާ

    ނިރުބަވެރިކަން ހުއްޓުވޭނީ ﷲ އެންގެވި ގޮތައް ޢައުރަ ނިވާކޮއްގެންބއެކަލާނގެ ވަހީކުރެއްވި އާޔަތްތައް ހަބޫލުކޮއް އެއައް ޢަމަލު ކޮއްގެން

  3. ދދދދދދ

    އެހެރީ ކާކުތަ؟ ކަކަކަކަ ހަމަ ތެދެއް ހިންޏައިގެން ހަލާކު. ކޮންމެ ގޮލައެއް ހީވަނީ ޖޯކަރެއްހެން.

  4. Anonymous

    ތިކަހލަ ލާދީނީ ޓެރަރިސްޓުން ގައުމުގެ އިސްމަގާމު ތަކުގައި ތިބުމަކީ ދެރަކަމެއް