އައްޑޫ ސިޓީގައި ފުލުހުންގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އައްޑޫ ސިޓީ ގަން އީކުއޭޓާ ވިލެޖްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ފުލުހުން ވިދާޅުވީ، ނެއިބާހުޑް ސަޕޯޓް އޮފިސަރުން އައްޑޫ ސިޓީގެ ގޭބިސީތަކަކާއި އެއޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ގޮސް، ގޭބިސީތަކާއި އެ ސަރަަހައްދުތަކުގެ އާންމު މައުލޫމާތު އޮޅުން ފިލުވާނެ ކަމަށެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތަކަށް ސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ފުލުހުންގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުން އައްޑޫ ސިޓީގައި ކުށްތަށް މަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރާނެ އެވެ. އަދި އޭގެ އިތުރުން އިންޓެލިޖެންސާއި އެ ސަރަހައްދަކުން ލިބޭ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް ވެސް ނެއިބާހުޑް ޕޮލިސް މަސައްކަތް ކޮއް ވެދެވެންހުރި ހުރިހާ އހީއެއް ރައްޔިތުންނަށް ވެދޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން އެސިޓީގައި އަވަށްތައް ބެހިފައިވާ ގޮތަށް ބަލައި ކޮންމެ އަވަށަކަށް ނެއިބާހުޑް ޕޮލިސް އޮފިސަރުން ތިބޭނެ އެވެ. އެގޮތުން 21 ސަރަހައްދަކަށް ޕޮލިސް އޮފިސަރުން ތިބޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހިދުމަތް ވަނީ ރަސްމީކޮއް ނުފެއްޓެވި ނަމަވެސް މިދިޔަ މޭމަހުން ފެށިގެން މި ހިދުމަތް އައްޑޫ ސިޓީގައި ފައްޓަވާފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަހަރެންނަކީ ކުރީގަ ފުލުހެއް، ކުރިންވެސް ތިކަން ކުރަން. ވަރަށް ސަލާމް.
މާލޭގައި ވެސް ތިޔަކަން ފެށި ކޮބައިތަ އެމީހުން ހަމަ ތަމްސީލް ކުޅުން