ކާޑަލް ރިގްރެޝަން ސިންޑްރޮމްގެ ޝިކާރައަކަށްވެފައިވާ ލުހްޔާ މުހައްމަށް އެހީވުމުގެ ގޮތުން، "މާސީ" އިން އިއްޔޭ މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތުން 38،000 ރުފިޔާ ހޯދައިފިއެވެ.

ލުހްޔާއަށް ފަންޑްރައިޒް ކުރުމަށް، މާލޭގެ 3 ސަރަހައްދެއްގައި އިއްޔެ ވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ސަލްޓަން ޕާކާއި ބްރިޖް ވިއު ސަރަހައްދާއި ރަސްފަންނު، މި ތިން ސަރަހައްދުގައި އިއްޔެ ހަވީރު ވަނީ އިވެންޓުތައް ކުރިޔަށް ގެންގޮސްފައެވެ. މި އިވެންޓުތަކުް ވަނީ ޖުމްލަ 38،084.40 ލާރި ލިބިފައެވެ.

ލުހްޔާއަށްވަނީ އުފަންވީއިރުއްސުރެ "ކާޑަލް ރިގްރެޝަން ސިންޑްރޮމް" ގެ ޝިކާރައަކަށް ވެފައެވެ. މި ބަލީގެ ސަބަބުން ލުހްޔާ އުފްންވީއްސުރެ މައިބަނދައިގެ ކަށިގަނޑުގެ އެއްބައި އަދި އުނަގަނޑުން ތިރި ފުރިހަމައަށް އުފެދިފައި ނުވުމުގެ ސަބަބުން އެ ތުއްތު ކުއްޖާއަށް އެހެން މީހުން ހިނގާބިނގާވެ އުޅޭހެން އުޅުމަށް ވަނީ ނުކުޅެދިފައެވެ.

ލުހްޔާގެ މަންމަ ބުނީ ލުހްޔާއަށް ފަރުވާކުރުމަށް ރާއްޖޭން ބޭރުގެ ދެ ގައުމަކަށް އެ އާއިލާއިން ގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ތަނަކުންވެސް ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައި ކަމަށެވެ. އެހެންނަމަވެސް ލުހްޔާގެ މަންމަ އުންމީދު ކަނޑާނުލާކަމަށާއި، އަދިވެސް އުންމީދު ކުރަނީ އެކުއްޖާ ރަނގަޅުވާނެ ކަމަށެވެ.

ލުހްޔާގެ މަންމަ ބުނީ، އެ އާއިލާގެ ވިސްނުންހުރީ ލުހްޔާއާ އެކު އިތުރު ބޭސްފަރުވާ ކުރުމަށްޓަކައި، ސިންގަޕޫރު ނޫނީ މެލޭޝިއާއަށް ދިޔުން ކަމަށެވެ.