އެއީ މީގެ ދެ ދުވަސް ކުރިންނެވެ. ޓިކްޓޮކާއި ޓްވީޓާގައި އާންމުވެގެން ދިޔައީ އަންހެނަކު އޭނާ އުޅެމުންދިޔަ ބިކަ ހާލުގެ ވާހަކަ ކިޔައިދީފައިވާ ވީޑިއޯ އެކެވެ. އެ އަންހެން މީހާގެ ވާހަކަ އެތައް ބައެއްގެ ސަމާލުކަން ދަމައިގަނެއްޖެއެވެ. އެ މީހާއަށް އެހީވާން އެތައް ބަޔަކު ކޮމެންޓްކޮށް ވާހަކަ ދައްކަމުން ދިޔައެވެ. މިގޮތަށް ކޮށްފައި ހުރި ކޮމެންޓްތަކުގައި އަސަރުގަދަ އެ ވާހަކަތައް އަހާފައި ހިތައް އުނދަގޫވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ އަންހެން މީހާއަށް އެހީވުމަށް ނަންބަރު ބޭނުންވާކަމަށް މީހުން ދިޔައީ ކޮމެންޓް ކުރަމުންނެވެ.

މިފަދަ އެތައް ކޮމެންޓްތައް ކޮށްފައި ހުއްޓެވެ.

އެ ވީޑިއޯއަކީ ހއ. ބާރަށް އުފަން އައިމިނަތު ޒުހުރާ އޭނާގެ ތިން ކުދިން ގޮވައިގެން ހޭދަކުރި ހިތްދަތި ދުވަސްތައް ކިޔާދީފައިވާ މީގެ ނުވަ އަހަރުގެ ވީޑިއޯ އެކެވެ. އެކަނިވެރި މައެއްގެ ވޭންދެނިވި ވާހަކަތައް ޒުހުރާ އެ ވީޑިއޯގައި ހިއްސާކޮށްފައި ވެއެވެ.

ނުވަ އަހަރުގެ ކުރިން ޒުހުރާ ދީފައިވާ އެ ވީޑިއޯގެ ބައެއް ވާހަކަތައް ހިއްސާ ކޮށްލާނަމެވެ.

ބަލީގައި ކުދިން ބަލަމުން މަހަކު ރައްކާކުރެވެނީ 100 ރުފިޔާ!

އެ ވީޑިއޯގައި ޒުހުރާ ބުނެފައި އޭނާ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީ އެކަނިވެރި މަޔަކަށް ސަރުކާރުން ދޭ 3،000ރ.ގެ އިނާޔަތުންނެވެ.

އެ ފައިސާއިން ތިން ކުދިންގެ ޓިއުޝަން ފީ، ގުރުއާން ކްލާސް ފީ އަދި އެހެނިހެން ހަރަދުތަކަށް 2،500ރ. ހޭދަވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ބަކީވާ 500ރ އިން ގޭގެ އެހެނިހެން ހަރަދުތައް ބެލެހެއްޓުމަށް ފަހު ކޮންމެ މަހަކު ރައްކާކުރަނީ 100ރ. ކަމަށް ޒުހުރާ ކިޔާދީފައި ވެއެވެ. އެ ފައިސާ ރައްކާކުރަނީ އެހެން މީހެއްގެ އަތަށް ދީގެން ކަމަށްވެސް އޭނާ ބުންޏެވެެ.

ޒުހުރާ ބުނެފައި ވަނީ ފުދޭ ވަރަށް ފައިސާ ރައްކާކުރާއިރު އޭނާގެ ބަލި ހާލަތު ހުރިގޮތުން ބޭސްފަރުވާއަށް މާލެއަށް ފުރަން ޖެހޭ ކަމަށެވެ. ބޭސްފަރުވާއަށް ރައްކާކުރާ ބައިވެސް ހަރަދުވެގެންދާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ ހިތުގެ ބައްޔާއި ނާރުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް. އެހެންވެ ބޭސްފަރުވާ ކުރަަ މާލެ ދާން ޖެހޭ ފަހަރު ވަރަށް ގިނަ. މާލެ ދަނީ ބޭބެއެއްގެ އެހީގައި. ރައްކާ ކުރާ ފައިސާކޮޅު ހަރަދު ކުރަން ޖެހެނީ ބޭސްފަރުވާއަށް. ބަލި ހާލަތު ހުންނަ ގޮތުން ގިނަ ދުވަސް ދުވަހު އެނދުން ތެދުނުވެވި އޮންނަން ޖެހޭ. އެފަދަ ދުވަސް ދުވަހު ދަރިން ވަރަށް އެހީވާނެ." ޒުހުރާ އެ ވީޑިއޯގައި ބުނެފައި ވެއެވެ.

ޒުހުރާ ބުނީ އޭނާ ބަލިވެގެން ބައެއް ފަހަރު ހެޔެއްވެސް ނުހުންނަ ކަމަށެވެ. އޭނާގެ ސިކުނޑި އާއި ނާރާ ހިތުގެ މައްސަލަ ހުންނަ ކަމަށް ބުންޏެވެ. އަދި ނިކަމެތި ބަލިހާލުގައި އުޅޭއިރުވެސް ދަރިންގެ ފަރާތުން ވަރަށް ބޮޑަށް އެހީ ލިބޭ ކަމަށް ޒުހުރާ ކިޔައިދީފައި ވެއެވެ.

ކުދިން ބޮޑުވުމުން ކުރިއަށްވުރެ ދިރިއުޅުން ފަސޭހަ!

މިހާރު އުމުރުން 42 އަހަރުގެ ޒުހުރާ ދިރިއުޅެމުންދަނީ ހުޅުމާލޭގަ އެވެ. އޭނާ އުޅެނީ ޒަވާޖީ ހަޔާތެއް ފަށައިގެނެވެ.

ޒުހުރާ ކިޔައިދިން ގޮތުގައި އޭނާ ކައިވެންޏަށް މިހާރު އަށް އަހަރު ވެއްޖެ އެވެ. އެ ކައިވެންޏައް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ ހަތް އަހަރުގެ ކުއްޖަކާއި ނުވަ މަހުގެ ކުއްޖެކެވެ. ކުރިން ލިބިފައިވާ ތިން ކުދިން މިހާރު ބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޒުހުރާގެ ދަރިއަކު ނިދާފައި އޮއްވާ

"އެންމެ ބޮޑު ކުއްޖާއަށް މިހާރު 20 އަހަރު، އަނެއް ދެކުދިން މިހާރު އުޅެނީ ފުރާވަރުގައި. އެ ދެކުދިން ކިޔަވަމުންދަނީ ރެހެންދީ ސްކޫލްގައި އަދި ބޮޑު ކުއްޖާ ރިސޯޓެއްގައި ވަޒީފާ އަދާކުރަނީ. ހަތް އަހަރުގެ ކުއްޖާ ކިޔަވަނީ ފޭސް ދޭއްގައި ހުންނަ ސްކޫލްގައި." ޒުހުރާ ކިޔާދިނެވެ.

ޒުހުރާ ބުނީ ކުދިން ބޮޑުވުމާއި ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭތީ ކުރިއަށްވުރެ ދިރިއުޅުން ފަސޭހަ ކަމަށެވެ. ނަމަވެސް ފިރިމީހާއަށް ލިބޭ އާމްދަނީއިން ދެކޮޅު ޖެހެނީ ކިރިއަކިރިޔާ ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގައި ދިރިއުޅެމުންދަނީ ފިރިމީހާއަށް ލިބިފައިވާ އެއްކޮޓަރީގެ ފްލެޓެއްގައި ކަމަށް އޭނާ ބުންޏެވެ. އަދި ފިރިމީހާ މަސައްކަތް ކުރަނީ ފިހާރައެއްގައި ކަމަށް އޭނާ ކިޔާދިނެވެ. އަދި ރިސޯޓްގައި މަސައްކަތްކުރާ ދަރިފުޅަށް ވެސް މާބޮޑު މުސާރައެއް ނުލިބޭ ކަމަށް އޭނާ ކިޔާދިނެވެ.

ޒުހުރާގެ އެންމެ ބޮޑު ދަރިފުޅު ފިލާވަޅު ހަދާތަން

"އަޅުގަނޑު ބަލި ހާލަތު ހުރި ގޮތުން ހަފްތާއިން ދެ ހަފްތާއިން ޖެހޭ ޑޮކްޓަރަށް ދައްކަން އެހެންވެ މާލެ ބަދަލުވީ. އަދި އެންމެ ކުޑަ މީހާ ވެސް ދުވަސް ނުފުރާ ވިހެއީމަ ވަރަށް ބަލި. އެހެންމެ މަޖްބޫރުން މާލޭގައި މި އުޅެނީ." ޒުހުރާ ކިޔައިދިނެވެ.

ޒުހުރާ ބުނީ ރަށުގައި ދިރިއުޅުމަށް ބަލާއިރު މާލޭގައި ދިރިއުޅުން ވަރަށް ހަރަދު ބޮޑެވެ. ނަމަވެސް ބަލި ހާލަތު ހުރި ގޮތުންނާއި ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މާލޭގައި ދިރިއުޅެނީ ކަމަށް ބުންޏެވެ.

ބިކަ ހާލުގައި އުޅެން ޖެހުނަސް އުޖާލާ ދިރިއުޅުމެއްގެ އުންމީދު ދުލެއް ނުކުރޭ!

ޒުހުރާއި މާޒީގައި ވެސް އޭނާއަށް ދިމާވެފައިވާ ހިތާމަވެރި ދަތި ދުވަސްތަކަކާއެވެ. އަދި މިއަދު ވެސް އޭނާ ދިރިއުޅެމުންދަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ.

ބަލި ހާލުގައި ހަތަރު ކުދިން ބަލަމުން ދަނީ ޒުހުރާ އެކަންޏެވެ. އެއްވެސް ޝަކުވާއެއް ފޫހިކަމެއް ނެތި އެވެ. ދިރިއުޅުން ކިތަންމެ ދަތިވިއަށް ދަރިންނަށްޓަކައި ހިނިތުން ވެގެންނެވެ.

ޒުހުރާ

ޒުހުރާ ކިޔައިދިން ގޮތުގައި ފިރިމީހާ އަދި އޭނާގެ އާއިލާ އަކީވެސް ފުދޭ އާއިލާއެއް ނޫނެވެ. އެހެންކަމުން އެ މީހުންނަށް ހާލު ބަލާލުން ނޫން ކަމެއް ނުކޮށްދެވެއެވެ. އަދި ސަރުކާރުން ވެސް އެއްވެސް އެހީއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މިއަދަކީ ދިރިއުޅުމުގައި ބަނަ ދުވަސްތަކެއް ނަމަވެސް ޒުހުރާ އަބަދުވެސް އުންމީދު ކުރަމުންދަނީ މިއަށްވުރެ ފާގަތި ދުވަސްތަކެއް އަންނާނެ ކަމަށެވެ. ދަރިން ބޮޑުވެ ފުރާފުރިހަމަވެ ގާބިލް ބަޔަކަށް ވުމުން، ދިރިއުޅުން އުޖާލާވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހާމް

    ޒުހުދާގެ އެކައުންޓު ނަމްބަރެއް ޖަހާލިނަމަ.....

    24
  2. މަ

    ނެތްތަ އެކައުންޓް ނަންބަރ🥺 މާތް ﷲ އެދައްތަ އަށް ހެޔޮ ރަޙްމަތް ލައްވާ އުފާ ފާގަތިކަން މިންވަރު ކުރައްވާާށި. އާމިން❤️

    32
  3. Anonymous

    މިފަދަ ނިކަމެތިން މިގައުމުގައި އުޅޭއިރު، މިގައުމުގެ ބިމުން މަހަކު މިލިޔަން ރުފިޔާ ލިބޭ ސޭޓު ފަދަ މީހުން ލަދުގަންނަން ނުޖެހޭބާ؟ ސޭޓުމެން އަދިވެސް ބަލަނީ ރައްޔިތުން ފެލާލެވޭތޯ. ސޭޓުމެން ނިކަމެތި މީހަކަށް އެހީއެއްނުވާނެ. ސޭޓުމެން އެހީވާނީ ރީތި އަންހެން ކުދިންނަށާއި ތަނަވަސް މީހުންނަށް.

    24
  4. ރަޝީ

    ކުޅުދުއްފުށީ ކަހަލަ ވަޞީލަތްތައް ގިނަ ރަށަކަށް ބަދަލުވާން ވީނު ، މާލޭ ގައި އުޅެގެން ލިބޭ އެއްޗަކުން ނުފުދޭނެ.

    12
  5. ިމުހައްމަދު

    މިފަދަ ރައްޔިތުން މިފަދަ ދަތި ހާލުގައި ޑޮކްޓަރަށް ދައްކައި އެޑްމިޓްކޮށްލާއިރަށް އެތައް ލައްކަ ރުފިޔާއެއްގެ ބިލް ހަދައިގެން މަޖުބޫރުކުރުވައިގެން ސޮއިކުރުވައިގެން އެތައް ލައްކަ ރުފިޔާއިން ނިކަމެތިންގެ އަތުން އަތުލަމުންދާ އޭޑީކޭ ފަދަ ތަންތަނުގެ ލަދު ކޮބާ! މިހާރުވެސް ރަށެއްގެ ނިކަމެތި ބަޔަކަށް މިހާލު ޖައްސައިގެން އެ ހޮސްޕިޓަލުން އެބައުޅޭ.

    16
    • އިބްރާހީމް

      ކީއްކުރަން ތިވަރުން އޭޑީކޭ އަށް ދަނީ. ސަރުކާރުން ހިލޭ ބޭސް ފަރުވާ ކޮށްދޭ. އެންމެ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތަކީ ކޮންމެ ގައުމެއްގައިވެސް ފައިސާ ދައްކައިގެން ލިބޭ ހިދުމަތްތައް. މި މީހުން އޭޑީކޭ އަށް މަތިން ބައިންޖެހިގެން ގޮސް ދެން ތިބެ ކުދި ކިޔާނީ. އެކަމަކު ބޭރަށް ގޮއްސަ ހެޔޮ ލައްކައިން ހަރަދު ކުރަން ޖެހުނަސް ، މައްސަލަ އެއް ނެތް. އޭޑީކޭ އިން ދެނީ މަތީ ފެންވަރުގެ ހިދުމަތް. އެޔަށް ފައިސާ ހަރަދުވޭ. މި މީހުންނަށް ހީވާ ކަހަލަ އޭޑީކޭ ހިންގަނީ ރަންވަޅަކުން ރަން ނަގައިގެންނޭ.

  6. އަޅެއް

    އަސްލު ކީއްވެތޯ ސަރުކާރުން އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުނުކުރަނީ... ހާދަ ހާލެއްގަ އުޅޭ މީހުން އެބަތިއްބޭ...