މާލެ އަށް އުފަން އިސްމާއިލް ޝައިހާން މުހައްމަދު އެންމެ ފުރަތަމަ ބަލިވާން ފެށީ ގްރޭޑް 8 ގައި ކިޔަވަމުން ދަނިކޮށެވެ. ފުރަގަސް ފަރާތުން ލޭ އަންނަން ފެށިއެވެ. މާލެއިން ޓެސްޓްތައް ހެދުމަށް ފަހު އިތުރު ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ޑޮކްޓަރު ފޮނުވި ކަމަށް ޝައިހާން ކިޔައި ދިނެވެ. ބޭރަށް ގޮސް ޓެސްޓްތައް ހެދުމުން ގޮހުރުގައި ފާރުތަކެއް ހުންނަކަށް އެނގުނެވެ. އެހާ ހިސާބު ބޭސްކުރަށް ފެށިއެވެ.

ނަމަވެސް ސިއްހީ މައްސަލަތައް ދިޔައީ އިތުރުވަމުންނެވެ. މާލެ އައިތާ މާ ގިނަ ދުވަހެއް ނުވެ ހަންގަނޑު ބާރުވާން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން ލެޔަށް ދިމާވާ ދިފާއީ ބައްޔެއް ހުންނަ ކަން އެނގުނެވެ. އަދި އެ ބައްޔަށް ވެސް ބޭސް ނަގަން ފެށި ކަމަށް ޝައިހާން ކިޔައި ދިނެވެ.

ޝައިހާން ބުނީ 2014 ވަނަ އަހަރު އޭނާއަށް ވަރަށް ބޮޑަށް ހޮޑުލެވެގެން ފެށުނު ކަމަށެވެ. އަދި ހޮޑާއެކުގައި ލޭވެސް އަންނަން ފެށިއެވެ. އެއާ ހިސާބުން އޭނާގެ ގައިގައި އުފެދުމުގައި ހުރި މިއުޓޭޝަނެއްގެ ސަބަބުން ޖެހިފައިވާ ބައްޔެއް ހުރިކަން އެނގުނެވެ. އަދި އޭނާ މީގެ ކުރިން ބޭނުން ކުރަމުންދިޔަ ބޭސްތަކުގެ ސަބަބުން ހަކުރުބަލި ޖެހިފައިވާކަން ވެސް އެނގުނެވެ.

ޝައިހާން ބުނީ އޭނާއަށް މިހާތަނަށް ދަނީ ނިއުރީ ބެސެޓް ސިންޑްރަމް، މަަސްތީނިޔާ ގްރޭވިސް ، ފައިބްރޯމަޔަލްޖިއާ ސިންޑްރަން، ޑައިބަޓީސް ޓައިޕް 2 އަދި އެޗްޓީއެން މި ބަލިތައް ތަހައްމަލު ކުރަމުން ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ހުޅުތަކާއި ސިކުނޑިގީ އާއި ޓްރެކްޓް، ލޭ ހޮޅިތައް، ހަންގަނޑު އަދި ލޮލަށް ވަނީ ބްލައިން އެޓޭކް ވެސް ވެސް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ބަލިތަކުގެ ސަބަބުން އޭނާގެ ގޮހޮރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި މީހާ ވަރަށް ބޮޑަށް ހިކިފައިވާ ކަމަށް ވެސް ޝައިހާން ބުންޏެވެ.

ޝައިހާން

ޝައިހާން ބުނީ އޭނާގެ ތުންފަތުގައި ފާރުކޮޅެއް ހުރިކަން މި އަހަރު ފާހަގަވެގެން އޭޑީކޭއަށް ދައްކައި ހޮސްޕިޓަލުން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ފާރުކޮޅުން ކެންސަރު ހުރިކަން އެނގުނު ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކެންސަރުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަމްރުއަށް ދެއްކުމަށް އިތުރަށް ކެއްސަރު ފެތުރިފައި ހުރިތޯ ބެލުމަށަށް ބޭރަށް ދިއުމަށް ލަފާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ބުނީ އިތުރަށް ކެންސަރު ހުރިތޯ އާއި ފަރުވާ ކުރުމަށް އިންޑިއާގައި ތިން މަސް ދުވަސް ނަގާނެ ކަމަށެވެ. ޝައިހާން އުޅެނީ ވަޒީފާއެއްގައެވެ. ނަމަވެސް ބޭރަށް ގޮސް ބޮޑު ހަރަދެއް ހިނގާނެތީ އޭނާ އެދެނީ ދީލަތި އެހީއަކަށެވެ.

ޝައިހާން ބުނީ އޭނާއަށް އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. އެންސްޕާ އަދި ޒަކާތު ފަންޑުން ވެސް އެހީއެއް ހޯދުމަށް އެދުނު ނަމަވެސް އަދި އެ ދެ އިދާރާއިން ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ގުޅާނެ ނަމްބަރަކީ 9710023 ނޫނީ 7866253 އަށެވެ.

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓް ނަމްބަރު ތަކަށް ފައިސާ ފޮނުއްވޭނެ:

  • އިސްމާއިލް ޝައިހާން މުހައްމަދު (ރުފިޔާ) : 7730000268642
  • އިސްމާއިލް ޝައިހާން މުހައްމަދު (ޑޮލަރު) : 7730000430149

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މީ

    އިސްމާއިލް ޝައިހާން މުހައްމަދު އަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކޮށްދެއްވާށި!
    އަދި އެންމެހާ ބަލިތަކުން ރައްކާތެރި ކުރައްވާށި. އާމީން

    40
  2. ނަމޭ

    ޔާ ﷲ ޝައިހާނަށް ކެތްތެރިކަން ދެއްވައި އަވަސް ޝިފާ މިންވަރުކޮށްދެއްވާންދޭ! އާމީން

    10
    1
  3. ސޯލޭ

    މިކުއްޖާއައް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން

    28
    1
  4. ފުލުފުލުގައި ހިތްދަތި ޚަބަރުތަކެއް

    ވަގުތު ނޫހުން މިއަދު އިންތިހާއަށް ބަލި އަޚުންތަކެއްގެ ހިތްދަތި ވާހަކަ ފެނުމުން ހިތަށްކުރި އަސަރު ބަޔާންވެސް ނުކުރެވޭނެ އެވެ. ދުޢާ އަކީ އެ އެންމެންނަށް ﷲގެ ޙަޟްރަތުން ފުރިހަމަ ޝިފާއެއް މިންވަރު ކޮށްދެއްވެވުމެވެ! އާމީން

    14
    1
  5. ރައްޔިތުންނަށް މެސެޖެއް

    މިފަދަ ކުދިންނަށް ފައިސާގެ އެހީތެރިކަން ދީބަލަ
    އަޑުއަހާނެ ކަންފަތްތައް މަދުވާނެ ރާއްޖޭގައި

    10
    1
  6. މީ

    ޒަކާތުގެ ފައިސާއިންނާއި އެންސްފާއިން މިފަދަ ބަލިމީހުންނާއި ކުދިން އަވަހަށް އެހީތެރިކަން ފޯރުކޮށްދޭންވީ ފަހުން ޒަކާތުފައިސާއިން ލާދީނީ ސަރުކާރުން ބޮޑު ވިޔަފާރިގަނޑެއް ފެށިކަން

    3
    2
  7. ނަސީދު

    ޢާސަންދަ ވެސް ލިބިފައި ޒަކާތު ފަންޑުވެސް ލިބިފައިވަނީ. ތިހާ ދޮގުހަދާކަށް ނުވާނެ

    3
    5
    • ޢާތި

      ކިހިނެއްތޯ އިނގެނީ، ރފ ޖަމާނުވަންޏާ އަދި ދޭއަދަދު ހަމަނުޖެހެންޏާ ލިބޭނެތޯ