ކޮވިޑް-19 ބަލިމަޑުކަމާއި އެކު ދުނިޔެ ބަންދުވެ، ހާސްކަމާއި ބިރުވެރިކަން ކުރިމަތިވަމުން ދިޔައިރު ލ. ހިތަދޫ އާސްތާނާ, މުހައްމަދު މޫސާ ގެ ދުނިޔެވެސް ބަނަވެގެން ދިޔައެވެ. ރާއްޖެ ލޮކްޑަުންވެ ދަތުރުފަތުރުތައް ހުއްޓުފައި އޮތް ދުވަސްވަރަކީ މޫސާއަށް ފުރަތަމަ ސިއްހީ މައްސަލަތައް ކުރިމަތިވަމުން ދިޔަ ދުވަސްވަރެވެ.

މޫސާއަށް ކަންތައް ދިމާވި ގޮތް އާއިލާއިން މިވަނީ "ވަގުތު" އާ ހިއްސާކޮށްފައެވެ. މޫސާގެ 6 ކުދިން ތިބޭއިރު އޭގެތެރެއިން 2 ކުދިންނަކީ ކިޔަވާ ކުދިންނެވެ. އަނބިދަރިންނާއެކު އުފަލުގައި އުޅުނު މޫސާގެ މާލެ ވިލިގިނލީގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން ވިލިނގިލީ ހޮސްޕިޓަލަށް ދެއްކިއެވެ.

ޑޮކްޓަރު ބެއްލެވުމަށްފަހު ހާލަތު ރަނގަޅު ނޫންކަމަށް ލަފާކޮށް، އެދުނީ އެމަޖެންސީގައި އިތުރު ޓެސްޓުތައް ހެދުމަށް މާލެ ދިއުމަށެވެ. މާލެގޮސް ޓެސްޓުތައް ހެދުމުން މޫސާގެ އެއް ކިޑްނީ ފެއިލްވެފައިވާކަން އެނގުނެވެ. އެހެންކަމުން އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދާން ޖެހުނެވެ.

މިހާރު މޫސާގެ ދެކިޑްނީވެސް ވަނީ ފެއިލްވެފައެވެ. ޑައިލިސިސް ހަދަމުން އަންނަތާ މިހާރު ތިން މަސްވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ލިބޭމަދު މުސާރައިން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސާ ދަރިންގެ ޚަރަދުތައް ބެލެހެއްޓުމުގެ އިތުރުން މިކަމަށް މިހާބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން މާލީގޮތުން ވެސް އެ އާއިލާއަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މޫސާގެ އަންހެނުން ލ.ފޮނަދޫ، ހިތި/ އާމިނަތު ނިއުމާ ވަނީ އޭނަގެ އެއް ކިޑްނީ ދޭން ނިންމާފައެވެ. އަދި ނިއުމާގެ ކިޑްނީ މޫސާގެ ކިޑްނީ އާއި ގުޅޭތޯ ބަލައި ބޭނުންވާ ހުރިހާ ޓެސްޓުތައް މިހާރު ވަނީި ހަދާފައެވެ.

އާއިލާއިން ބޭނުުންވަނީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ގޮސް މޫސާގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށެވެ. އެހެންނަމަވެސް އާއިލާގެ މާލީ ތަނަވަސްކަން ނެތުމުން އާއިލާއިން އެދެނީ ރައްޔިތުންގެ ދީލަތި އެހީއަކަށެވެ. އަދި މާލީގޮތުން އެހީތެރިކަން ދެވެންނެތްނަމަ ހެޔޮދުއާކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

މުހައްމަދު މޫސާ

ފޯންނަމްބަރ: 9843750

ރުފިޔާ އެކައުންޓް: 7730000111172

ޑޮލަރ އެކައުންޓް: 7730000381717

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    أَسْأَلُ الله الْعَظِيمَ، رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
    " މަތިވެރި ޢަރުޝުގެ ވެރި اللّهُ سُبْحانَهُ وتَعَالَى ގެ حضرة ން ތިބާއަށް شفاء ދެއްވުން އެދި ދަންނަވަމެއެވެ. امين "

  2. ޥާހް

    ވެރިިކަމުގެ ދަހިވެތިކަމުގައި މިލިޔަނުން ލާރި ތަޅަމުންދާ ކެންޑިޑޭޓުންނަށް މުސާގެ ފަރުވާއަށް އެހީ ދެއްވުމަށް ގޮވާލަން. އެއީ ހަމަ ގައިމުވެސް ގެއްލިގެންދާނެ ފައިސާއެއްނޫނެވެ.

  3. އަބުދުﷲ

    ސިޔާސީ މީހުން މިގައުމައް ލބޭހާ އެއްޗެއް ނުކައި މިކަހަލަ ހަގީގީ ބަލިމީހުންނަށް އަންލިމިޓެޑް ބަޖެޓެއް އޮންނަންޖެހޭނީ ހަމަޖެހިފަ!!!!

  4. ކަމަނަ

    އަވަސް ޝިފާއަކަށް އެދެން .އެއްކިޑްނީ ފެއިލްވެއްޖެއްޔާ ދެން އަނެއްކިޑްނީގެ މަސައްކަތްވެސް ހުއްޓޭނެކަމަށް ބުނާތީ އަހަން އެހެނެއްނޫން ބައްޔެއް ޖެހިގެން އެއްކިޑްނީ ނެގިޔަސް އަނެއްކިޑްނީ މަސައްކަތް ކުރާނެކަމަށް .