އައްޑޫ ސިޓީ، ފިޔާޒާ މޫސާ ދީދީއާއި ފަޒްމީން ފަހުމީއަށް ލިބުނު އުމުރުން 2 އަހަރުގެ ތުއްތު އައިޝާ ޒިވިއާ ފަޒްމީން، ނުވަތަ ޢާންމު ނަމުންނަމަ ޒިވީއަކީ އުފަންވިއިރު އެއްވެސް ސިއްހީ މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ސިއްހަތު ރަނގަޅު ކުއްޖެކެވެ. ޒިވީ ވަނީ އެހެން ކުދިންނެކޭ އެއްގޮތަށް ޢާންމުކޮށް ކުދިން ހިނގަން ފަށާ އުމުރުން ހިނގަން ފަށާފައިއެވެ.

ނަމަވެސް ޒިވީގެ އުމުރުން 2 އަހަރު ވީތަނާ، އޭނާގެ ހެލިފެލިވެ އުޅުމަށް މަޑުމަޑުން ބަދަލުތަކެއް އަންނަން ފެށިއެވެ. ޒިވީގެ މަންމަ ފިޔާޒާ އަދި އޭނާގެ ބައްޕަ ފަޒްމީން ވަނީ ލަސްތަކެއް ނުވެ ޒިވީ ޑޮކްޓަރަށް ދައްކާފައިއެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ޒިވީ މިހާރު ވަނީ އޭޕްރީލް 10 އިން ފެށިގެން އިންޑިއާގެ ވެއްލޫރްގެ ހޮސްޕިޓަލަކަށް ބޭސްފަރުވާ ކުރަމުންނެވެ.

ޒިވީއަށް ޖެހިފައިވަނީ މެޓަކްރޮމެޓިކް ލިއުކޯޑިސްޓްރޯފީ ނަމަކަށް ކިޔާ ޢާންމުކޮށް ނުފެންނަ ބައްޔެކެވެ. މި ބައްޔަކީ ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުން މެދުވެރިވާ ޙާލަތެކެވެ. މި ބަލީގެ ސަބަބުން ސިކުނޑި، ސްޕައިނަލް ކޯޑް އަދި ނާރުތަކުގައި ލިޕިޑް ބިލްޑްއަޕް އުފެދި، ސެލްތަކުގެ ބާރު ދަށްކުރުވައެވެ. ސެލްތަކުގައި ލިކުއިޑް ބިލްޑްއަޕް އުފެދެނީ ސަލްފަޓައިޑްސް ކިޔާ ލިޕިޑްސް އުނިކޮށްދޭން އެހީތެރިވެދޭ އެންޒައިމްއެއް މަދުވުމުންނެވެ. .

މި ބަލީގެ ސަބަބުން ދިމާވާ އުނދަގޫތަކުގެ ތެރޭގައި ވިސްނުމުގެ ބާރު ދަށްވުން، ގައިގެ ހަރަކާތް ގެއްލުން، އިހްސާސް ކުރުމުގެ ބާރު ދަށްވުން، ލޮލުގެ ފެނުން ދަށްވުމާއި ފިޓް ޖެހުން ހިމެނެއެވެ. މި ބައްޔަކީ ފަރުވާ ނުލިބިއްޖެއްޔާ އިންސާނާގެ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ.

ފިޔާޒާއާއި ފަޒްމީންއަށް ތިން ކުދިން ލިބިފައިވާއިރު، ދެވަނަ ދަރިފުޅުވެސް ދަނީ މި ބަލި ތަހައްމަލުކުރަމުންނެވެ. އެ ކުއްޖާ ވަނީ އެ ބަލީގައި 11 އަހަރު ބަލި އެނދުގައި ހޭދަކޮށްފައިއެވެ. އެ ކުއްޖާއަށް ޖެހިފައިވާ ބަލި ދެނެގަނެވުނުއިރު މާ ލަސްވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެން ނަމަވެސް، ހަގު ދަރިފުޅު ޒިވީގެ ކޭސްއަކީ މައިލްޑް ކޭސްއަކަށްވުމުން، އުމުރުން 2 އަހަރުގައި ސްޓެމް ސެލް ޓްރާންސްޕްލާންޓްއެއް ކޮށްގެން، މި ބަލިން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުކަމުގެ އުންމީދު ޑޮކްޓަރުން ދިނެވެ.

ޒިވީގެ މަންމަ "ވަގުތު"އަށް ކިޔައިދިން ގޮތުގައި މިހާރު ބޯންމެރޯ ޓްރާންސްޕްލާންޓުވަނީ ހަދާފައެވެ.
މި ބޯންމެރޯ ސްޓެމް ސެލް ޓްރާންސްޕްލާންޓް ކުރުމަށް 43،000 ޑޮލަރު 663,060 ރުފިޔާ ބޭނުންވާއިރު، މީގެ ބޮޑުބައި ދެއްކި، މިހާރު މަދުވާ 13،000 ޑޮލަރު 200,460 ރުފިޔާ ޓްރީޓްމެންޓް ނިމުމުގެ ކުރިން ދައްކަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. ބޯންމެރޯ ހެދުމަށްފަހުވެސް ދިމާވި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން 3 ދުވަހު ޒިވީ އައިސީޔޫގައި ބޭއްވުނު ކަމަށާއި އެކަމަށްވެސް ވަކިން ފައިސާ ދައްކަން ޖެހުނުކަމަށް އާއިލާއިން ބުނެއެވެ.
މިފަދަ ޓްރީޓްމަންޓްތަކަކީ ގިނަ ދުވަސް ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ޓްރީޓްމަންޓްތަކަށް ވުމާއެކު، މި ޓްރާންސްޕްލާންޓަށް ފަހު 1 މަހަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި މަޑުކުރަން ޖެހެއެވެ.
އިންޑިއާގައި ހޮސްޕިޓަލްގެ ފީތަކާއި އެކޮމޮޑޭޝަނަށް ދާ ޚަރަދުތައްވެސް ބޮޑުކަން އާއިލާއިން ފާހަގަކުރިއެވެ.

މިހާރުވެސް އެތައް ލައްކަ ރުޕީސް ޓްރީޓްމަންޓަށް ޚަރަދުވެފައިވާ ކަމަށް ފިޔާޒާ ބުންޏެވެ. އެހެންކަމުން އާއިލާއިން އެދެނީ ޒިވީގެ ބޭސްފަރުވާއަށް ދީލަތި އެހީއަކަށެވެ.

އެކައުންޓް ތަފްސީލުތައް:

އެކައުންޓް ނަން: ފިޔާޒާ މޫސާ ދީދީ
ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު: 7702303135101 (ރުފިޔާ)

އެކައުންޓް ނަން: ފިޔާޒާ މޫސާ ދީދީ
ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު: 7730000534579 (އެމެރިކާ ޑޮލަރު)

އިންޑިއާ މޯބައިލް ނަމްބަރ: 9042541633 91+

ވައިބަރ ނަންބަރ: 7845792

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. محمد

    أَسْأَلُ الله الْعَظِيمَ، رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
    " މަތިވެރި ޢަރުޝުގެ ވެރި اللّهُ سُبْحانَهُ وتَعَالَى ގެ حضرة ން ތިބާއަށް شفاء ދެއްވުން އެދި ދަންނަވަމެއެވެ. امين "

    16
  2. ހެޔޮނުވާނެ

    ވޯޓު ވިއްކާނުލާތި

    3
    2