ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، ކަމާގުޅޭ އިދާރާތަކަށް މިހަފްތާގައި ފޮނުއްވާނޭކަމަށާއި އަދި ރިޕޯޓްގެ މައުލޫމާތު މިހަފްތާގައި އާއްމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ވީނުވީއެއްނޭނގި ގެއްލިފާވާ މީހުންނާއި މަރާލާފާވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުމަކީ މިސަރުކާރުގެ އެންމެބޮޑު އެއްވައުދުކަމަށެވެ.

މިމައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން، މަރުޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއާއި، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެމަނިކުފާނަށް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މަރުގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާ ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެ ދެ ރިޕޯޓްގާ ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގާ، ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ދެ ރިޕޯޓްގެ މަޢުލޫމާތުވެސް ޢާންމުކުރާނަން." ރައީސް ވިދާޅުވިއެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. އެމައްސަލައިގައި ހުސެއިން ހުމާމް މަރަން ޙުކުމް ކޮށްފައި ވީނަމަވެސް އެމައްސަލައިގައި ދެން ބައިވެރިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވިފައެއް ނުވެއެވެ.

ރައުދާ އާތިފް މަރުވީ 2017 ވަނަ އަހަރުގެ މާޗް މަހު ބަންގްލަދޭޝް ގައެވެ. އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބަންގްލަދޭޝް ފުލުހުން ބުނި ނަމަވެސް ރައުދާގެ ބައްޕަ އެކަން ގަބޫލެއް ނުކުރެއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަވެސް ބަލާދިނުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި ވައްކަމާއި ކޮރެޕްޝަންގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަނުން މިކަންކަން ބެލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރައްވަމުންދާކަމަށެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އެއަންނަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތައް. މިހާރުވެސް 49 ރަށަކާ ފަޅެއްގެ މައްސަލަ އެކޮމިޝަނުން އަންނަނީ ބަލަމުން. އެމައްސަލަވެސް މުޅިން ބަލާނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓް އައުމުން، އެހެން ރިޕޯޓްތަކާ މެދުގައިވެސް ޢަމަލުކުރާ އުޞޫލުން، ޢަމަލުކުރާނެ ކަމަށް ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މިއަހަރު ނިމުމުގެ ކުރިން އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާއި ހަވާލުވެގެން ތިބޭ ބައެއްކަމަށް އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރުމަކީ، ދައުލަތުގެ މަޤާމަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ކުރިއަށް ދާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ ވިންދާ އެއްގޮތައް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސްނު

  ކާކުބާ ޝައުގުވެރިކަމެއް ހުރީ ތިކަމަށް؟ ކުޅޭކުޅޭ ސަރުކާރަކުން ބަތްކައްކާ ކުޅޭތަން ބަލާހިތަކުން ބަޔަކު ނޫޅޭ. ބާގައި ކުދިންނަށް ކިޔައިދީ ކުރުވާހަކަ. ތިބެދާނެ ސޮނި ބޭލިފަ.

  19
  4
  • Anonymous

   މިކަމަށް ޝައުގު ވެރި ކަލެއާކަލޭގެ ފެންނެތް ސިކުނޑިހުރި މީހުން ފިޔަ ވާ އެހެން އެންމެން

   3
   3
 2. މޫސަ އައްޑޫ

  މަރުވެއްޖެ ނުވަތަ ބަޔަކަށް މޮޅުގޮތް ހޯދަން މަރާލީ ދެނެއް އެނބުރި މިގައުމަކަށް ނައަންނާނެ.ދިވެހިރާއްޖޭގެ ހާލަތަކީ އަބަދު ވެސް މަރުވީ ފަރާތަކީ ކުއްވެރިޔާ.މިހާލަތު ބަދަވެ އިންސާފް ލިބެންޖެހޭ.

 3. ބިޖޫ

  ކަޑައޭ ހުސްދޮގުހަދާ އޮޅުވާލާ ސަރުކާރެއް ޓީ ވީ އެމް އިން ރޯދަމަހުދައްކާ ޕޮރޮގްރާމެއްގަ ހައްކާނެ ތިކަހަލަމީހަކު ވާހަކަ ކިޔަނިކޮން ނާށިގަނޑެއް ހިފައިގެންހުރެ ވާހަކަ މެދުކަނޑުވާލާފިއްޔާ ލާރިއަތުލާނެ ހަމަތިގޮތައް ތަފާތެއްވެސް ނުހުންނާން

 4. އެމް ޝަމް

  އެއް މައްސަލަ އެއް ތިހެން 2 ފަހަރު 3 ފަހަރު ނެރުނީމަ މުައްސަސާ ތަކަށް ކުރާ އިތުބާރު ގެއްލި އަޑު އަހަން ވެސް ފޫހި ވޭ....... ހާއްސަ ކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް