ސާބިތު ދަރަނީގެ މައްސަލަ އަކާއި ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުނުކުރެވިފައިވާ ޏ. ފުވައްމުލަކު މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ވިދާޅުވެފައި ވަނީ ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކުރަމުން ދަނީ ފުވައްމުލަކު މުބާހުމަންޒިލް، އިބްރާހިމް އަލީ ކަމަށާއި އޭނާ ހާޒިރު ކުރުމަށް ބޭނުން ވަނީ ސިވިލް ކޯޓުގައި ހިނގަމުންދާ ސާބިތު ދަރަނީގެ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. ފުލުހުން ވިދާޅުވެފައި ވަނީ އިބްރާހިމް އަލީ ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ކަމަށެވެ.

މިމަހުގެ 14 ވަަނަ ދުވަހުގެ 11:00 އަށް އޭނާ ހާޒިރުކޮށްދިނުމަށްވެސް އެއަމުރުގައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުންގެ އިއުލާނުގައި ވިދާޅުވެފައި ވަނީ އިބްރާހިމް އާއި ގުޅޭ އެއްވެސް މައުލުމާތެއް އެނގޭ މީހެއް ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ލިބޭކަަމަށް ފުލުހުން ވިދާޅުވިއެވެ.