ނިމިދިޔަ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރު ނުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރަށް ވުރެ ގިނައިން ސިޔާސީ މަގާމުތައް މިސަރުކާރުގައި ހުރި ކަމަށް ދައްކާފައިވަނީ ރައީސް އޮފީހުން ޖުލައި މަހުގެ ތެރޭގައި އާއްމުކޮށްފައިވާ ހިސާބުތަކާ އަޅާކިއުމުން ކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ކަނޑައަޅާފައިވާ ބަޖެޓުގައި ސިޔާސީ މަގާމުގެ އަދަދު 778 އަރާއިރު މުސާރައަށް ވަނީ 332 މިލިއަން ރުފިޔާ ވަނީ ހިމާނާފައެވެ. މިދިޔަ ސަރުކާރުގައި ސިޔާސީ މަގާމުތައް އަދަދަކީ 465 އެވެ.

މިގޮތަށް ދިމާވެފައިވަނީ އެ ސަރުކާރުގެ އޭރުގެ ރައީސް އޮފީހާއި މުލިއާގެ އަދި ހިލާލީގެ ފަދަ ތަންތަނުގައި ތިއްބެވި މަގާމުތައް ނުލައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ޖުލައި މަހުގައި ރައީސް ވިދާޅުވެފައިވާ 465 މަގާމު އެއީ އޭރުގެ ރައީސް އޮފީހާއި މުލިއާގެ އާއި ހިލާލީގެ ފަދަ ތަންތަން ނުހިމަނައި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އެހެން ކަމުން އެމަގާމުތައް ނުލައި ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 465 އަށް އެރީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިފަދަ ތަންތަނުގެ ސިޔާސީ މަގާމުތައް ލައިގެން ގުނާލިނަމަ އެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 808 އަށް އަރާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީޑީއާތަކަށް މައުލޫމާތުދެމުން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާ އެއްގޮތަށް ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށެވެ.

2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ވާ ގޮތުން ސިޔާސީ މަގާމުތައް އެންމެ ގިނައީ ރައީސް އޮފީހުގައެވެ. އެގޮތުން އެ އޮފީހުގައި 377 ސިޔާސީ މަގާމް އަންނަ އަހަރަށް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުދުލް ﷲ

    އިބޫ އަކީ މަގާމެއް ލިބިފަ އޮތަކަސް ލަފަޔާ އިރުޝާދު ދެވޭ ވަރުގެ އިލްމަކާ ހިލްމެއް ހުރި މީހެއް ނޫން

  2. ބޯ ޕާޓީ ޑީޕީ

    ރައްޔިތުން ގުނބޯ ހައްދާ ދޮގުހަދާ ސަރުކާރު.