ސިޔާސީ ލީޑަރުން ބޭނުން ވުމުން އުއްތަމަ ފަނޑިޔާރު މަގާމުން ދުރު ނުކުރެވޭނެ ކަަމަށް މަޝްހޫރު ގާނޫނީ ވަވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ވަނަ އަހަރު އަލަށް ގާނޫނު އަސާސީގެ ވެރިކަން ފެށުނު އިރަށްވުރެ ބޮޑު ކަމަށާއި އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމަ އެއްލައިލެވޭނެ މަގާމެއް ނޫން ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރަން އުޅުމަކީީ ގައިރު ދުސްތޫރީ އަމަލެއް ކަމަށާއި، ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭނެ ކަަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

"މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ޤާނޫނުއަޞާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯސް. އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫން. ތިޔައީ މުޅިން ޣައިރު ދުސްތޫރީ ޢަމަލެއް. ތިޔަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ" ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އޭނާ މިހެން ވިދާޅުވެފައި އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މަގާމުން ސަސްޕެންޑްކޮށް އެމަނިކުފާނު އެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ނިންމުމާއި ގުޅިގެންނެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގުހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނާނު

    މިއޮތީ ޚުދު މުޚުތާރު ވެރި ކަމެއް ކެނެރީގޭ ޑ ޑޑިކްޓޭޓަރ އެހުރީ މަޖްލިސްގަ މިހާރު ގައުމުގެ ހުރިހާ ކަމަކަށް ބާރު ހިންގަނީ މަޖްލިސުން އެމީހުން ބޭނުން އެއްޗެއް ހަދާނެ ހުރިހާ ބާރެއް އެއް ކޮށް މުށުތެތެއަށްލާފަ އެއޮތީ

    42
    5
  2. ރަންގޮމާ

    މަނިކުފާނޫ ރައްޔިތުން އެއޮތީ ފަހުބަސް ބުނެފާ. ދެންވެސް ހިމޭނުން ހުރުން ބުއްދިވެރިވާނެ.

    7
    34
    • ކަހަނަލަ

      ތިޔައ އީ ބުއްދިވެރިންނަ އް ބުއްދިވެރިގޮތް ކިޔާދެވޭވަރު އުރަތްޕެއް އަމުދުންހުރިބަ އެއ އްް ނޫން.

      4
      2
  3. ޢަޒްލާ

    މިގައުމުގަ ކިޔަވައިގެން ތިބި ތައުލީމް ހާސިލް ކޮއްގެން ތިބި ކިތަންމެ ބަޔަކު ތިްބަސް އެމްޑީޕީ މީހުން ހިކަންޖެއް ނެރުނަސް ރައްޔިތުން ވޯޓްދޭނެ

    40
    1
  4. ބޮޑުނުލަފާ

    ބޭނުންހާއެއްޗެއްނުހެދޭނެ ޑރ ޖަމީލްވިދާޅުވާހެން ތިއިލޮށިގަނޑު އަމިއްލަލޮލައްނުހެރިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު ކުރިންވެސްއޮތީ އެބޮނޑިބޮއިފަ 65މީހުން ބަޔަކައްނުވާނެ ރައްޔިތުންނުކުމެ މަގުތައްފުރާލީމާ ތިދެން މިހާރުމާމައްޗައް މިލާދީނީބައިގަނޑުގެކަންތައްދަނީ މިބައިގަނދުގެ ކިބައިން މިޤައުމުސަލާމަތްކުރަން ދީނައްޓަކާ ޤައުމައްޓަކާ އަތުގުޅަންޖެހޭ އެމްޑީއެންގެބައިގަނޑު ހައްޔަރުކުރޭ

    8
    1
  5. ެޝާހުޖަހާން

    މިހާރުކޮއްމެވެސް އެއްބަޔަކައް ރަނގަޅުފިލާވަޅެއް ލިބިފަވާނީ ކޮއްމެގޮތަކައްވިޔަސް ސަރުކާރައްނެއް މާބޮ ޑުކަމެއްކުރެވޭކައް ޑޮލަރުވެސް އެއްވަރެއްގަ ނުހިފެހެއްޓޭނެ 5 އަހަރުވަންދެން ދިވެހިރުފިޔާ އެއްތަނަކައް މިހާރުދަނީ ޖަމާވަމުން ދައުރުނުވެ މިކަންއެގޭނެ ކައްމަތީ ފިހާރަތަކުގެ ބިއްލޫރި ތަކައް ބަލާލިއަސް ދެންނަގާނީއިތުރު ޓެކުސްތައް ނެގީމަވެސް އެވާނީދިވެހިރުފިޔާއައް ލޯނުނެގީމަ ދައްކަންވެސް ޖެހޭނީ ޔޫއެސް ޑޮލާއިން އައްނައަހަރު ފިނިމޫސުން ނިމޭއިރު ބޭރައްކުރި ދަތުރުގެ ނަތީޖާނުފެނިއްޖެނަމަ އިތުރު ބަދަލްތައް ފެއްނާނެ ސިޔާސީމަޝްރަހުން.

  6. ހިޔާލް

    އުއްތަމަ ފަޑިޔާރުވެސް އަދި އެހެން ފަޑިޔާރުންވެސް މިސަރުކާާރުން ވަކިކުރާނީ ގާނޫނާ އެއްގޮތަށް [ޖޭޭޭޭޭ އެސްސީީ}ން އެއާ ސިޔާސީ ލީޑަރުންނަ ކުރެޭނެ ކަމެނޫން

  7. ގެރިމޯދީ

    އެ އޯކޭވާނެ

  8. އަލީމޫސާ

    ދުރުކޮއްފަ އޮއްނާނީ ، ދުރުކުރެވިދާނެ، ދުރުކުރާނެ. ދުރައްވެސް ދާންޖެހޭނެ. ދުރުކުރީމަ ދެން ކޮންކަމެއްތަ ވާނީ.

  9. ޒަބީބު

    ޖަމީލު ލޮލަށް އިލޮށި ހެރޭ ވާހަކަ ނުދައްކަވާށެވެ. ތިމާގެ އަމިއްލަ ލޮލަށް ހެރުނު އިލޮށި ދަމާލި އިލޮށި ފަތީ ފޫބުޑަށް އައިސް ހުންނަވައިގެން ދެން ކޮން މޮޅު ވާހަކައެއްތޯއެވެ. ތިޔައީ ހުސް އެއވައްތަރެއްގެ ބައެކެވެ. އަހްމަދް އަބްދުﷲ ދީދީ ލޮލަށް ވެސް އެހެރުނީ އަމިއްލަ އަށް ފޭއްސި އިލޮށިގަނޑު ނޫންތޯއެވެ. 1 ފެބްރުއަރީ ބޮޑު ހުކުމަށް ބޮޑު ރައުޔު ދެއްވާފައި ތިޔަ ވިދާޅުވާ އުއްތަމަ ފަނޑިޔާރު އަހްމަދް އަބްދުﷲ ދީދީ ހޭވި ހަޑި އެންމެން ތިބީ ބަލަން ނޫންތޯއެވެ. ފަނޑިޔާރުގޭގައި އިންނެވި އުއްތަމަ ފަނޑިޔާރު ނަގާ ހޫރުވާލަން އަހްމަދް އަބްދުﷲ ދީދީ އޭނާގެ އަމިއްލަ ރައުޔު ކުއްލިއަކަށް ބަދަލުކޮށްލީ ތިޔަވިދާޅުވާ އިލޮށިގަނޑު ފޭއްސަން ނޫންތޯއެވެ. އަދި ޖަމީލު ލޮލަށް ދެން ހެރެން އޮތަ ދޮން ދަގަނޑު މިހާރު ތިޔަ ދޮންކުރައްވަނީ ނޫންތޯއެވެ. މިހާރު މޮޅު ވާހަކަ ދެން ދައްކަވާނެ ކަމެއް ނެތެވެ. މިހާރު މަޖިލިހުގަ އެހުންނެވީ ނަޝީދުއާއި އެއް ޕޯޑިއަމް އެއްގައި ހުންނަވައި ޖަމީލު އަމިއްލަ އަނަގައިން ވިދާޅުވި "އެންމެ ޑިމޮކްރެޓިކް" ލީޑަރު ނޫންތޯއެވެ؟ ވީމާ ރައްޔިތުން މިތިބީ ޖަމީލު ވިދާޅުވި ބަސް ޤަބޫލުކޮށްގެން ނަޝީދު ވަރުގެ ޑިމޮކްރެޓީކް ލީޑަރެއް ނެތް ކަމަށް ކަށަވަރު ކޮށްގެން ނޫންތޯއެވެ. ދެން މިއަދު އަނެއްކާ ޔާމީން ފަހަތަ ވަދެ ހުރެ ނަޝީދަކީ ހިޕޮކްރެޓެކޭ ވިދާޅުވީމަ އެވެސް ޤަބޫލު ކުރަން ވީތޯއެވެ؟ ޖަމީލުގެ ތިޔަހަރަ ހިޕޮކްރެޓް ކަން ވަކި ކުޑައިތޯއެވެ؟ ޖަމީލު އަށް މިހާރު ސިޔާސީ ޕާޓީތަށް ވަށާޖެއްޖެ ނޫންތޯއެވެ. ދެން އަވަހަށް ތުމބުޅި ދިގުކޮށަފަ މަތިމަސް ބާލައިގެން އަދާލަތު ޕާޓީ އަށް ސޮއި ކުރަން ވީނޫންތޯއެވެ. ނޫނިއްޔާ އުމަރު ނަސީރު ކަނޑުފައްތާލި އައިޑީޕީ ތިލަކޮށްގެން އެ އޮޑިއަށް އަރަންވީ ނޫންތޯއެވެ. އަފުން މިކަލް ހިތަށަ އަރާ އެއްތާކީ ޖަމީލޫއަކީ ފަހެ ކިޔަވާގެން ހީށި މުއާކާވެއައުއޭ! ހައްގަހަ މިބެނީ!!!!