ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމުގައި މިހާތަނަށް ހުންނެވި އެޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީ ޕީޕީއެމް އަށް މިރޭ ސޮއި ކުރައްވައިފިއެވެ.

ކާނަލް އާއި ނަހުލާ ޕީޕީއެމް އަށް ސޮއި ކުރެއްވީ މިހާރު ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތެއްގައެވެ.

މީގެ އިތުރުން ނ.އަތޮޅުން އެޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި 800 އެއްހާ ބޭފުޅުންގެ ފޯމްތައް ވެސް ވަނީ ޕާޓީއާއި ހަވާލު ކޮށްފައެވެ. ޕީޕީއެމްއާއި ގުޅިވަޑައިގަތް ބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް ޔާމީން އެވެ.

މިރޭ ޕީޕީއެމްއާއި ގުޅިވަޑައިގަތް ފަރާތްތަކުގެ ތެރެއިން އާއްމުންގެ ތެރެއިން އެންމެ މަޤުބޫލު އެއް ބޭފުޅަކީ ޑީއާރްޕީގެ ލީޑަރު ކަން ވެސް ކުރިން ކުރައްވާފައިވާ، މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ. ކާނަލް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އަޝްރަފް ލުތުފީ (ސަމްޕަތް) ވެސް ވަނީ މިރޭ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ދާދިފަހުން ޕީޕީއެމްއައި ގުޅިވަޑައިގަތް މީސްމީޑިއާގެ މަޝްހޫރުކަން ބޮޑު އެއް އެކްޓިވިސްޓް، ސްޓެޕް އައްޔަގެ ފޯމް ވެސް ވަނީ ރަސްމީކޮށް ރައީސް ޔާމީނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހެއު

    ސާބަސް ގައުމައިގެން ކުރިޔައް އެބަރަގަޅުވޭ

    77
    9
  2. އިބުރޭ 1122

    ނަހުލާ ކިޔައިފިއްޔާ ހަމަ ބިޔޫޓިފުލީއޭ.

    59
    12
  3. ފުނަދޫ

    ސާބަހޭ ށ ފުނަދޫ ވެސް އޮތީ ޕީޕީމް އާއެއްކޮޅައް ސުކުރިއްޔާ ތަރްއްގީގެ ބާނީ

    71
    11
  4. ލޮލް

    ހާދަ ޒިލޭބީ ޔޭ

    17
    6
  5. ހޯރަ ބޭ

    ތެލި ތެލި ހުލުބުދާނީ ހެހެހެ

    10
    66
    • އަލިބެއްޔާ

      "ޅަވިޔަނި"

    • މަ

      ތެލިތެލީގަ ހުޅުނބު ހުރޭތަ

  6. ލަކީ

    ހެހެ ރާއްޖޭގެ ޢާބާދީއަކީ ކިރިޔާ ހަތަރު ލައްކަ ޕާޓީތަކިގާ ފަސްލައްކަ

    14
    2
  7. ޢަލީ

    ފެއިލް ވެފައިވާ ޕާޓީ އެއް

    9
    51
  8. ރޯނުއެނދުރު

    ރަނގަޅަށް ތިހެދީ.ހުރިހާ ދަރަންޏެއް ޖާބިރު އާ ހަވާލުވީދޯ..ގަދަ.ތި ނަހުލާ އަކީ ކާކުތަ؟ތީ ހަމަ ކުލަޔެއް.އޭނަ ސޮއިކުރިޔަސް ކަހެރުވަކެކޭވެސް ހިތަކަށް ނާރާ.ސިޔާސީ އެއްވެސް އުރައްޕެއްހުރި މީހެއްނުން.ފެއިލްވެފަހުރިމީހެއް.ދެން ތި ޕާޓީއަށް ސޮއިކުރާނީ ދޮންޖޭމް އުމަރު.އެއިރުން ހަތަރެސްކަން ހަމަވީ.

    4
    4
  9. އަލީ އާދަމް

    (ކާނަލް ނަޝީދާއި ނަހުލާ އަލީ ޕީޕީއެމްއަށް ސޮއިކޮށްފި) މީއީމިދެމީހުންމިއަހަރުޕީޕީއެމްއަށް ސޮއިކުރާހަތަރުވަނަފަހަރު

    7
    6
  10. ނީޝް

    ހީވަނީ ބުދެއްހެން

    4
    2
  11. ނީޝް

    ހީވަނީ ބުދެއްހެން ފިހާރައެއްގައި ބަހަށްޓާފަހުރި

    5
    3
  12. ސްޓަރ

    މާ ރަގަޅުވާނެ ފިލްމު ކުޅުނިއްޔާ

    1
    1