އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ރާއްޖެ އިން ކުށްވެރިކޮށްފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓްރީ އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އިސްރާއީލުން ގައްޒާއަށް ދެމުން އަންނަ ނިރުބުވެރި ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި، އެހަމަލާ ތަކުގައި ޝަހީދުވެގެން ދިޔައީ ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން ކަމަށެވެ.

ދިވެހި ސަރުކާރުގަ ނަމުގައި ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ހަމަލާ ލިބެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ގައުމުތަކުން ކުރަމުން ދާ ކަންކަމަށް ޝުކުރުވެރި ވާހަކަމަށެވެ. އަދި ހާއްސަކޮށް އިޖިޕްޓުން އެފަރާތްތަކަށް ދެމުން އަންނަ އެހީތެރިކަން ދިވެހި ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ.

އެބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، ހަމަލާތަކުގައި ޝަހީދުވެގެން ދިޔަ އާއިލާތަކުގެ ހިތާމައިގައި ދިވެހި ދައުލަތުންވެސް ބައިވެރިވާ ކަމަށެވެ.

އަދި އެއާއިލާ ތަކަށް ބަޔާނުގައި ވަނީ ތައުޒިޔާ ކިޔާފައެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ހިތާމަކުރާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. އަދި އެއަނިޔާވެރި އަދި ރަހުމުޑަ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އިޒްރޭލަށް ގޮވާލާ ކަމަށް ބާޔަނުގައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށާއި އެހަމަލާތަކުގައި މިހާތަނަށް އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިލްމާ

    ދޭނެ ހަމަލާއެއްދީ ނިމުނީމަތަ މުނާފިގުން ހަމަ

    11
    • ނަރެލް

      ނޭނެހަމަލާއެއް ކުއްވެރިކުރާނި ކިހިނެއްބާ ހަމަލާއެއް ކުއްވެރިކުރެވޭނި ހަމަލާ ދިނީމަކަންނޭންގެ

      3
      1
  2. ކަންނެލިއޮޑި

    ކުށްވެރިކުރަން އަދި މަޑުކޮށްލާ. ދެފޫދޯރިތައް.