ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ބަލައި ނުގަންނަން އެމަނިކުފާނު ނިންމަވައިފިއެވެ.

އިއްޔެ ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ އަމަލަކީ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށްލި އަމަލެއް ކަމަށެވެ. ފަނޑިޔާރަކު ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ފަނޑިޔާރެއްގެ މައްސަލަ ނުބެލޭނެ ކަމާއި އަދުލްއިންސާފުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ގާނޫނު އަސާސީއިން ކަށަވަރުވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ނެރުއްވި ބަޔާނުގައި ވެސް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ތަކުރާރު ކުރެއްވެވިއެވެ.

އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖްކޮށް ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ބާރެއް ޖޭއެސްސީއަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމަކަށް އެ ކޮމިޝަނުން ބޯލަނބަން ޖެހޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވަނީ މިރޭ ވެސް ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަ ބަލައި އެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވަނީ އަހްލާގީ ގޮތުން ނޫނީ ސުލޫކީ ގޮތުން އެެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އެއްވެސް ސިފައެއްގައި ހިންގިކަން އެންމެ ކުޑަމިނުން ޝައްކު އުފައްދަން ޖެހޭ ފަދަ ހެއްކެއް އަދި އަސާސެއް ވެސް ވުޖޫދުގައި ނެތީސް އަމިއްލަ ހިޔާލުން އުފައްދައިގެން ކަމަށެވެ.

"އެ ނިންމުމަށް ތަބާވުމަކީ އަޅުގަނޑު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ހައިސިއްޔަތުން ކޮށްގެން ހުރި ގާނޫނީ ހުވަޔާއި ޚިލާފްވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވުން ކަމުގައިވާތީ އެ ނިންމުން ބަލައިނުގަތުމަށް ނިންމައި، އެ ވާހަކަ އެންމެހައި ލޮބުވެތި ރައްޔިތުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ފަނޑިޔާރު ކަމުން ވަކިކުރުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަލް ނޫރު

    ސާބަހޭ ...

    71
    7
    • ނިކް

      ކޮން ސާބަހެއް؟؟؟ ބޭކާރު ސާބަހެއް.. ފިނޑިކަމާ މަޤާމަށް ބޫތުކައިފަ ހުރިވަރު..ބަލައި ނުގަނެ ދެން ކޮންތާކަށް ވަންނާނީ؟؟ ހަނދަށް ދޭބަލަ.. ބޭރުވެސް ކުރާނަން.. ލައްކަ އަސަރުކުރޭދޯ ބޭރުވެ މަޤާމާ ޖާހާ އިއްޒަތާ ދޫކޮށްފަ ދާންޖެހޭތީ.. އެކަމަކުވެސް ހަމަ ބޭރުވާންޖެހޭނި މިފަހަރު ތިޔަހެން ބަގުޑި ބައްދައިގެން ދެން ނުހުރެވޭނެ..

      9
      28
  2. އިބޫ

    ގަދަ

    57
    7
  3. ޙަސްން

    މަނިކުފާނު ބަލައިގަތަސް ނުގަތަސް ޤާނޫނުގެ ހަމަތަކުގެމަތިން މަނިކުފާނު ކުރެއްވި ބޭއިންސާފް ޙުކުމްތަކަށް ހައްޤްވާ އަދަބު ލިބިގެންދާނެ. މަނިކުފާނު ކުރެއްވި ޙުކުމްތައް ދިވެހި ރައްޔިތުންވެސް ބަލައެއްނުގަނޭ، ނަމަވެސް އޭރު އާރާބާރު އޮތުމުން މަނިކުފާނު މަޤާމްގެ ދަހިވެތިކަމުގަ އަމިއްލައަށް ސޮއިކޮށްނެރުުނު ޙުކުމް ދެތިންދުވަސްތެރޭ އެކޮޅުކޮޅުންޖެހީ ދެއްތޯ

    41
    85
  4. ރައްޔިތުން

    ސާބަހޭ ފަޑިޔާރު. އަހަރެމެން ދިވެހި ރައްޔިތުން މަނިކުފާނަށް މި ސެލިޔުޓްކުރަނީ ފަޚްރުވެރިކަމާއިއެކު ލޯތްބާއި އިޙްތިރާމާއިއެކު. މަނިކުފާނަށް ސާބިތުކަން ދެއްވާށި. އަދި މިރާއްޖެއަށް ފާޅުވެ ވެރިވެގެންފައިވާ ޝައިތޯނުންތައް ފައްސާ ބަލިކުރައްވާށި. އާމީން

    108
    21
  5. ޢުމަރު

    ބަލައި ނުގަތަސް ގެއިގަ ދެންމަޑުކޮށްލާ ވަރަށްސަލާމް

    27
    82
  6. ހހ

    ޙުކުމް ކުރަންޖެހެނީ ސަރުކާރުން ބުނާ ގޮތައްތޯ؟ ޢެހެން ވީއިރު ވަކާލާތު ކުރަންޖެހޭނީ ވެސް ޤާޟީ ބުނާ ގޮތައް، ނަޝީދުގެ ޙުކުމް ބާތިލް ކުރުންވެސް އުއްތަމަ ފަނޑިޔާރު ޤާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑަ އަޅާ އޭނަވެސް ދާން ޖެހޭނީ ޖަލަށް ދޯ

    93
    8
    • ނަރެލް

      މީގެ ދުވަސްކޮޅެއްކުރިން ކޮންމެމީހަކަށް ހުކުމެއް އަންނައިރަށް ގާނޫނުއަރާ ހަމަކުރާ ވާހަކަ މިހާރު ތިޔަ ލަވަ ވިދާޅުވާން އުޅޭގޮތުން ޖަހާބެރާ ދިމާނުވާނެހެން ހީވޭ

      10
      2
  7. ކޮމޮލިކާ

    އެމީހެއްގެ ނުރުހުމުގައި ކުރާއެއްވެސް ކަމެއް އެއްވެސް މީހަކު ބަލައެއް ނުހަންނާނެ މަނިކުފާނު ބަލައިގަތަސް ނުގަތަސް ހުކުންތައް ކޮށް އެހުކުންތައް ހަމަ އަމިއްލައަށް އެކޮޅުކޮޅުން ޖެހީމަ ރައްޔިތުން އެކަން ބަލައެއް ނުގަންނާނެ

    4
    23
  8. ގައްމު

    ތިފެއްނަނީ ކުށްވެރިން ދޫކުރުމުގެ ނަތީޖާ ދެންކުރާނެ ކަމެއްނެއް ސަލާމްދީފަ ގޭގަމަޑުކޮށްލާ

    16
    3
  9. ބުރޯ

    މަޖިލީހުން ވަކި ކުރަން ފާސް ކުރިޔަސް ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކުގެ ތެރޭނެ ޖޭއެސްސީ ން ކަންކަން ގެންދަވާފައިވާނަމަ އިޖްރާތު ފުރިހަމަ ނުވާތީ މަޖިލީހުން ފާސްކުރާ ފާސްކުރުން ވާނީ ބާތިލް ވޯޓަކަށް. އުއްތަމަ ފަނޑިޔާރު އެ ވޯޓަށް އަމަލުކުރާކަށެއްނުޖެހޭނެ

    20
    2
  10. ރަމީޝާ

    ވޯޓުން ވައްކަންކޮށްގެން ގެނައި ވެރިކަން ވޯޓު އޮޅުވައިލިކަމުގެ ސާފުހެކި ހުއްޓާ މަނިކުފާނު ނިންމީ ނަތީޖާ ރަގަޅުކަމަށް! ކުށްކޮށްގެން ހެކިންގެ ހެކިބަހުން ކުށް ސާބިތުވެ ސްޕްރީމްކޯޓުން ޖަލަށް ޙުކުމްކޮށްފައި ތިބި މީހުން ޖަލުން ނެރެ ދޫކޮށްލުމުން މަނިކުފާނަށް ލިބުނު މޮޅެއް ނެތް! މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. މިހުރީ މިހާރާއި ކުރިޔާއި ފަހުގެ މީހުން ޢިބްރަތް ލިބިގަންނަންހުރި ފިލާވަޅުތަކެވެ.

    26
    1
  11. ފަޑިޔާރު

    މިރާއް ޖެ ފަޑިޔާރުން ބިޑި ތޯއަބުރަނީ ފަޑިޔާރުގެތިބެގެން
    މިރާއް ޖެ މީހުންވެސް ބިޑިތޯއަބުރަނީ

  12. ޢަލިގެދަރު

    ސާބަހޭ މަނިކުފާނުންގެތި ހިއްވަރުފުޅައް ކޮންމެކަމެއްކުރުމުގަވެސް އުސޫލުއަަކާއި ގޮތްތަކެއްހުންނާނެ ގޮތެއްފޮތެއްނެތި ހިތައްއެރިހާގޮތަކައް ޖަންގަލީގެއުސޫލުން ކަންތަކެއްނުނިންމޭނެ މަނިކުފާނު ދޫނުދެއްވާތި

    15
    2
  13. މިރާއްޖެ

    މިރާއް ޖެ ފަޑިޔާރުންނާއި މިރާއް ޖެ މީހުން މިިތިބެނީ
    ހަމަހޭގަ ތޯ

    6
    1
  14. އަލީބަލީ

    މީނާ މިއީ ހިތުން އަތް ނުފޯރާ ހިސާބު އުހައް އެރި އާސްމާނުގައި ހުންނަވާ ބޭފުޅެއް.

    3
    18
  15. ބޯކިބާ

    ދެން އިރުކޮޅަކުން އަމިއްލަޔަށް ބަޔާން ބާތިލުކޮށްފަ ބަޔާނެއް ނުނެރެފިއްޔާ ރަނގަޅު.

    6
    2
  16. ސަލީމު

    ޢަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލައް

    20
    1
  17. ބިޖޫ

    ޖޭއެސްސީގަ އެތިބީ ލަދެއް ހަޔާތެއް އަގަލެއް ކުލުނެއް ހުރިބައެއްނޫން ޖޭއެސްސީ ގަތިބިމީހުންނަކީ ކޮންދީނެއްގެ ކޮންމަޒްހަބެއްގެ ކޮންމިއްލަތެއްގެ ބައެއްކަންވެސް ހުދު އެމީހުންނައްވެސް ނޭގޭނެ އެވަރުގެ ގޮތެއްފޮތެއް ނެއްމީހުން އެއީ މިސަރުކާރު ކަޑަ ވަރައް ކަޑަ ރައްޔިތުން ފޭރޭ ފޭރޭ ބޮޑުފޭރޭ އިސްތިއުފާ

    26
    1
  18. ބަކުރުބެ

    މިހާދަ މޮޅުމީހެކޭދޯ، ތިޔަ ވަޒީފާ އަކީ މަތިން ބާވާލެއްވި ވަޒީފާއެއްތޯ، މާދަމަ ވަޒީފާއިން ވަކިކުރިޔަސް ބުނާނެ ގަބޫލެއް ނުކުރަމޭ،

    4
    17
  19. Anonymous

    ސާބަހޭ ފަޑިޔާރު. އަހަރެމެން' މިގައުމުގެ ފަސްގަނޑުދެކެ ލޯބިވާ ދިވެހި ރައްޔިތުން މަނިކުފާނަށް މި ސެލިޔުޓްކުރަނީ ފަޚްރުވެރިކަމާއިއެކު ލޯތްބާއި އިޙްތިރާމާއިއެކު. މަނިކުފާނަށް ސާބިތުކަކަމާ އެކު ހުންނަވާ!! ތިޔަފުއްޕާގަނެގެން އުޅޭ މާބާރުގަދަވެގަނެގެއުޅޭ ބައިގަނޑާ ދެކޮޅައް މިރާއް ޖޭގެ މެ ޖޯރިޓީ ރައްޔިތުން ތެދުވާދުވަސް މިދަނީކައިރިވަމުން. ދައުލަތެއްގެ ވެރިކަމުގެ ބާރުތައްފެށިގެން އަންނަަނީ ރައްޔިތުންގެކިބައިންކަން އޮޅިމުޅިން ޗާޓުންބޭރުން ކަންކަން ނިންމަމުން ދަނީ ރައްޔިތުން ހިމޭނުންތިބޭތީ. އެމަމަކު ވަގުތު ޖެހުމުން ރައްޔިތުން ހިލިގަންނާނެ. ގައުމެއްގެ ޝަރުއީނިޒާމްފުނޑާލެވޭނެ އެންމެމަތީ ދަރަ ޖައަށް މިގައުމުގެ ޝަރުއީނިޒާމުމިއަދުމިވަނީ ފާޅުގަ ފުނޑާލާފަ.

    15
    1
  20. ސައިބޯނި

    ކަލޯ މާދަމާ އަނެއްކާ ރަޢީސް ސަސްޕެންޑް ނުކުރާތި މިދެން ވަރެއްގެ ޖޭ އެސް ސީ އެއް ތާ. ޙުސް ކޮހުން

    15
    2
  21. އެހެންކުއްވެރިންނަށް މިސާލަކަށް

    އަނގަ ގަދަ ނުކޮށް ގޭގައި މަޑުކޮށްލާ!

    4
    12
  22. އަބޯ

    ކެނެރީގެ ނަސީދު ދުނިޔޭގަ ހުރެގެން ދިވެހިގައުމަށް އަމާންކަމެއްނެތް . އިސްތިއުފާގެ ސިޓީ ކިއުއްވަ ބައްލަވަ އިސްތިއުފާގެ ސިޓީން މިހާރު މިހިގާކަންކަން ހިތައްގެނުވަ ބައްލަވަ އަދި އައްޑޫގަ ވިދާޅުވި ވާހަކަ އޭނަގަކިބައިން ސަލާމަތް ކުރަން އެބަޖެހޭ.