އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ފަނޑިޔާރު ޙުސްނުއްސުޢޫދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ސުޕްރީމް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އެ ދެބޭފުޅުންގެ އަރިހުގައި ރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެދެބޭފުޅުންގެ މިދަތުރުފުޅަކީ އެމެރިކާގެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އިންތިޒާމުކުރެއްވި ދަތުރުފުޅެކެވެ.

މިމަހުގެ 11 އިން 17 އަށް އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމެރިކާގެ ކޯޓުތަކަށާއި، ލޯ ސްކޫލްތަކަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސައިން މޫނާބޭ

    ޓްރަމްޕްގެ މައްސަލަ ބަލަން އެދުނީބާ މިވަރުގެވއިންސާފުވެރި ބަޔަކު ނެތީތާ!

  2. Anonymous

    ބޮޑު ޗަރުކޭސް ކުޅެން ދާތަނެއް !

  3. Anonymous

    ބުނެވޭ ގޮތުގައި ރާއްޖޭގައި ހުންނަ އިސްރާއީލްގެ ޖާސޫސީ އިދާރާއިން ހަމަޖައްސާދިން ދަތުރެއް ކަމުގައި ބުނެވޭ،