ރައީސްކަމަށް އައީ ރައީސްކަން ކުރާހިތަކުން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ އެއްވުމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔަމީން މިރޭ ވެސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ކަމަށެވެ.

"އަޅުގަނޑު ރައީސް ކަމަށް އައީ ރައީސްކަން ކުރާހިތަކުން ނޫން. އަޅުގަނޑު އެމަގާމާއި ހަވާލުވީ ރައީސްކަން ރަނގަޅަށް ކުރެވޭނެ ބޭފުޅަކު ނެތިގެންނެއް ނޫން. ނަމަވެސް އެހާލަތުގައި މައްސަލަތައް ހައްލު ކުރެވޭނެ މީހަކީ އަޅުގަނޑު ކަމަށް ސިޔާސީ ލީޑަރުން ގަބޫލު ކުރި." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނާއި މެދު ސިޔާސީ ލީޑަރުން ހަސަދަވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. "އަޅުގަނޑު އައީ އެއްވެސް ބޭފުޅަކާއި ވާދަކުރާކަށް ނޫން. މައްސަލަތައް ހައްލުކުރަން. 2013 ގައި ބަދަލެއް އަންނަން ޖެހުނީ ޖައްބާރު ނުލަފާ ސަރުކާރެއް އޮތުމުން." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އަވައްޓެރިންގެ ސަބަބުން ބޭނުންވާ ތަރައްޤީ ގެންނަން ދަތިތައް ދިމާވި ކަމަށާއި ނަމަވެސް ވިޝަރަނީ ލީޑަރެއް ހުރެއްޖެނަމަ މި ގައުމަކީ މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ތަރައްޤީ ގެނެވޭނެ ގައުމެއް ކަމަށެވެ.

ސިއްހީ ދާއިރާއަށް ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްޤީތަކަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަތާ 40 އަހަރު ވީއިރުވެސް އެމްއާރްއައި މެޝިނެއް ރާއްޖެ އަށް ނުގަނެވުނު ކަމަށެވެ.

"އެމްއާރްއައި މެޝިނެއް ހޯދަން އަވައްޓެރި ގައުމެއްގައި ކުރީގެ ދެ ސަރުކާރަކުން މަސައްކަތް ކުރި. އަޅުގަނޑުގެ ސަރުކާރުން ވެސް ދެމަހެއްހާ ދުވަހު އެމަސައްކަތް ކުރިން. ނަމަވެސް އަޅުގަނޑު ނިންމީ 2.5 މިލިއަން ޑޮލަރަށް ލިބޭ އެމްއާރްއައި މެޝިނެއް ނުގަނެވިގެން ރައްޔިތުން މިކަމުން މަހްރޫމް ވެގެން ތިބެގެން ނުވާނެއޭ." ޔާމީން ވިދާޅުވިއެވެ.

އެންޖީ ޕްލާސްޓާ ހެދެން ފެށުމުން ވެސް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުނީގެ މައްސަލަ ވެސް އެމަނިކުފާނު އެއް އަހަރު ދުވަސް ތެރޭގައި ހައްލު ކުރި ކަމަށެވެ. ނަމަވެސް ދިވެހިންގެ ހަނދާނުގައި މިއަދު އެކަންކަން ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ާއަހްމަދު

  ދެން ކީއްކުރަން ވަށްކަން ކުރަން ވެގެންތަ
  ދެވަނަ ފަހަރަށްވެސް ރައީސްކަމަށް ކުރިމަތިލީ ހަމަ ވަށްކަން ކުރާހިތުން. ލަދު ހަޔާތުގެ ކުނޑި ފުކެއްވެސް މިކަލޭގެ ހަމަ ނެތިއްޔޭދޯ.

  42
  118
  • އައްޑޫ މީހާ

   ކަލޭމެންނަށް ނޭގޭނެ ވައްކަމޭ ނޫން އެހެން އެއްޗެއް ކިޔާކަށް އަޅެ ކަލޭ ރުޅި ނާންނާނެތަ ކަލޭގެ މައިން ބަފައިންނާއި އަނބި ނުވަތަ ފިރިމީހާ އަދި ފެމެލީ މީހަކަސް އެމިހެއްގެ މައްޗަށް ވައްކަމެއް ސާބިތު ނުވަނީސް ވަގަށް ގޮވީމަ އެކަމަކު އެމް.ޑީ.ޕިީއަށް ނިސްބަތްވާ މީހެއްތާ މީހުންނާ ދިމާލަށް ހަޔާތް ގޮވާނެ ބަދުނާމް ކުރާނެ ނެތި މޮށޭނެ އަހްލާގުގެ ކަންފުޅެއްވެސް ނުހުންނާނެ އަމިއްލައަށް ތައުބާވެބަލަ

   58
   11
  • ގުރަހަ

   ކަލޯ އެއީމީހަކަށް އެއްލިގާގަނޑެއް ހާދަ ދިވެހިބަށް ބަހަށް ކޮއްޓޭދޯ

   9
   19
 2. ޙަސީނާ

  ވެރިކަން ލިބުނީމަ ފައިބާ ހިތެއްވެސް ނުވި ?

  37
  89
 3. ގގ

  ސާބަހޭ ރައީސް ޔާމީން

  104
  20
 4. Anonymous

  މި ރޭ މަނިކުފާނު ދެއްކެވިވާހަކަފުޅުން ބީތާވެފަ ތިބި މީހުންނަށް އެއްޗެއް ވިސްނޭނެކަމަށް އުއްމީދުކު ރަން.

  102
  13
 5. ޔާންޓޭ

  ވައްކަން ކުރާހިތުން

  36
  93
 6. ބޮކި

  އެހެންތަ ؟ މަހީކުރީ ކަލޯ އައީ ދައުލަތުގެ ހަޖާނާ ވައްކަން ކުރަންކަމަށް !

  34
  90
 7. ޔާންޓޭ

  ވައްކަމުގެ ރިކޯޑު މަތިކަމުން އެހެން ހަނދާން ތައް ނެތެނީ ބޭފުޅާ

  32
  85
 8. ޥގ

  ވައްކަން ކުރާހިތުން

  36
  72
  • Anonymous

   ޔާމީނު ވައްކަންކޮށްގެންވެސް ގައުމުތަ ރައްގީ ކޮށްފި، ކަލޭމެންގެ ކަމަކީ ހު ރިހާ ކަމަކުންވެސް ވައްކަންކު ރުން.

   51
   9
 9. މުހައްމަދު

  ދިވެހިންގެ ގިނަމީހުންނީ ކޮހުން.

  84
  9
 10. ނޫޫރު

  ރައީސް ޔާމީންއަކީ ހީރޯއެއް، ތިނޫން ރައީސެއް ބޭނުމެއްނޫން، އަހަރުމެންވަނީ ރައީސް ޔާމީނާއެކު

  177
  34
 11. ބޯކިބާ

  މީނަގެ މައުލޫއަކީ އަބަދުވެސް "އަޅުގަނޑު".

  7
  32
 12. ނަމަ

  ޔާމީން އަނެންކާ ވައްކަން ކު ރާ ހިތުންބާ

  13
  37
 13. އައްޑޫ މީހާ

  އެމް.ޑީ.ޕީ މީހުން ގަބޫލު ކުރިޔަސް ނުކުރިޔަސް މިގައުމުގައި މިވެރިކަމުގެ 1އަހަރުތެރޭ ދުވަހަކުވެސް ނުދާވަރަށް ވައްކަން ކުރުމުގެ ރޭޓް މައްޗަށް ގޮސްފި ދައުލަތުގެ ބަޖެޓް 2 ފަހަރު ކައި ހުސްކޮށްފި ރައްޔިތުން ބަނޑަށް ޖެހެން ކައިރި ވެއްޖެ ޔާމީނުގެ ސަރުކާރުގެ 5 އަހަރު ރައްޔިތުން ތިބީ ޖީބު ފުރާލައިގެން ފުދިގެން

  62
  8
 14. އަހުމަދު ފިރާގު

  ކޮމެއްތައް ވަކިތަކައް ނުޖެހި ޖަހަންކެރޭ ނޫޙަކައް ވަގުތުނޫސް ވެސް ވެއްޖެ ކަންއެގޭ ތިރީގަ ހުރި ކޮމެއްތަކައް ބެލީމަ! ތިގޮތަންނުވެ ތަފާތު ހިޔާލުގެ ކިއުން ތެރިން ނޫސްނުބަލާނެ

  15
  15
 15. ޝާން

  ވަރަށްބޮޑު ތެދެއް. ޥައްކަން ކުރާހިތުން ވެރިކަމަށް އައީ

  11
  38
 16. ނީނާ

  ކަލޭ ރައީސު ކަމައްއައީ ސަރުކާރު ދަވާލަން

  14
  41
  • Anonymous

   ކަލޭމެން ހޭބު އްދި ފިލާފަ ތިބެނީ، މިސަރުކާރުން ކީ އްކުރަނީބާ

   2
   1
  • ވަޒީރެއާލާ

   އެހެންވެގެންދޯ މިހާތަނަށް ދިވެހި ދައުލަތުން ކަނޑައެޅި އެންމެބޮޑު ބަޖެޓް އަހަރު ހަމަނުވަނީސް ރައީސްސޯލިހު ދަވާލީ. އެހެންވީމާ އެންމެ ބޮޑުވަގަކީ ރައީސްސޯލިހު.

   2
   1
  • Anonymous

   ކޮމެންޓްތަ އް ކިޔާލުމުން އެނގި އްޖެ. ޜ ޔާމީން އަށް ކިތަންމެ ވަރަކަށް ފު އްޕާފަ ވަގަށް ގޮވިޔަސް އެމަނިކުފާނު ކުރިވަ އްކަމަކީ ދިގުތިރީސް އަހަރާ ކުރު3 އަހަރާ އެއާގުޅުންހުރި2 އަހަރު' ޖުމްލަ 35 އަހަރުން ގަ އުމަޢް ގެނެވިފާ ނުވާ ތަރަ އްގީ އާ އިކުރިއެރުންތަ އް ގެނެސްދުނުން. އެމްޑީޕީން ތަ އްޔާރުކޮށް ވިހަލާފަ ހުރިބޮނޑިބަތްކެވި ލޯބޯ އަވަރުވެ ސިކުނޑި ތަގަ އްޔަރު ވީމަ ކިޔަން އެނގޭހާވެސް އެއްޗަކީ ވަގު. އެ އީ ތިޔަ މަރުމޯލުން ގޯނިފުލަ އް އެރުވާ ބެބޫހަ އްދާ ގުނބޯހައްދަން ހެދިމަންތަރު.މިސަރުކާރު ވެރިކަމާ ހަވާލުވީފަހުންވެސް ދެފަހަރު މަތިން ބަޖެޓް ދިރުވާލި އިރުވެސް ތިޔަ ބޯބުރާންތިންނަކަށް ހޭވެރިކަމެ އްނުވީ ތާ އަދިވެސް ރ ޔާމީން އަށް ވަގަ އް ތިޔަގޮވެނީ . ގު އިރޯނުގަ ޖެހިފަ ތިބީމަ ވާނީހަމަތިޔަހެން.

   3
   1
 17. ކޮމޮލިކާ

  ތިދެއްކެވި ވާހަކަތަކުން ތިތަނަށް އެއްވެތިބި ކުޑަމީސްކޮޅަށް އިބްރަތެއް ހާސިލުވާނެ

 18. ސޯލިހް

  ތެދެއް ތިބުނީ.ވެރިކަން ކުރާ ހިތަކުން ނޫންކަން އިނގޭ.މަކަރާއި ހީލަތުން އައުވާނުން ލައްވައި ގައުމުގެ ބައިތުލްމާލު ދަވާލަން.ދެން އަނެއްކާ ރައްޔިތުން ނޫނެކޭބުނީމަ މިހާރު އަނެއްކާ ކޮންކަމެއް.ގަބޫލުކުރިޔަސް ނުކުރިޔަސް އެމްއެމްޕީ އާރުސީން ހިންގި ޖަރީމާ ވެރިޔަކަށް ހުރިމީހަކަށް ނޭގި ނުދާނެ.ނޭގެންޏާ އެމީހަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއްނުން.

  2
  2
 19. ށަޒަން

  ވެރިކަމަށްއައީ ވައްކަންކުރަން ގައުމުގެ ހަޒާނާ ދަވާލަން ... އަޅެމީހަކު މޮޔަވެއްޖެ ރައްޔިތުން ނަޫނެކޭބުނީމާވެސް ގަބޫލްނުކުރެވިގެން އެޖެހިސަކަރާތް އަހަރެމެންދުށީމު އޮޅުވާލަންނޫޅޭ ތިހުންނެވީ ވެރިކަމާހެދި މޮޔަފުޅުވެފާކަން ޔަގީން ކަށަވަރު ...ވެރިކަމަށްއައީވެސް ވޯޓަކުންނޫން ސީދާ ކޯރޓުން ފާޑުގެ އަމުރުތަކެން ނުރެގެން...

  1
  2
 20. ނަން

  ތި އެންމެނަށްވެސް އެގޭ. ރައީސްކަމަށް ފެންބޮވަނީ ވައްކަން ކުރަން ފަސޭހައަކަށް

  1
  2
 21. އަލީރާޖާ

  އެއީ ހަމަ ތެދެއް. އަނެއްކާވެސް ވެރިކަމަށް އަންނަން އެ އުޅެނީ ވެރިކަން ކުރާހިތަކުން ނޫން. ވައްކަން ކުރާ ހިތުން.

  1
  2
 22. Anonymous

  ވައްކަންކުރިޔަސް އެހެން ކަމެެއް ކުރިޔަސް ޔާމީނު ވަރުގެ ތަރައްޤީއާއި ފާޤަތިކަން ގެނެވުނު ވެރިއެއް އަދިނާދޭ. ހުރިހާ ގޮތަކުން ބެލިޔަސް ވަރިހަމަ.

  1
  1
 23. ޞައްދާމު

  މަ އއްސަލަ ތަ އް ހައ އްލު ނުވެ އުޅެނި ކޮށް ޚަޒާނާ ވަނީ އަމި އްލަ އެކަ އުންޓަށް!

  1
  1
 24. ކަލޭ ބުނީ ވެރިކަމެއް ނޫނޭ.. ވައްކަމޭ

  ވައްކަންކުރަން ކަލޭ ވެރިކަންހޯދީ..

  އަދީބު އަކީވެސް ކަލޭގެ ނުބައިރޭވުމުން ކަލެޔަށް ވައްކަން ކޮށްދޭން މެދުވެރިއަކަށް ކަލޭ އައްޔަނުކުރި މީހެއް.

  1
  1
 25. ަައަމާ

  ދެން ކީއްކުރަން ވަށްކަން ކުރަން ވެގެންތަ

  1
  2
 26. ބީޖީ

  ޥެރިކަން ބޭނުންވަނީ ވެރިކަން ކުރާހިތަކުން ނޫން...
  ރޔ.. މެޑަމްކިޔާވަރުން. ރނ... ހުޅަނގު އެޖެންޑާ ހިންގަން. ރމ... އެ އާ ނުލާ ނޫޅެވޭނެތީ ރ އިބޫ... ހިހޫތަނުން ކާލަން ވެގެން..ސޭޓު... ރިސޯޓުހަދާލަން ދެތިން އަތޮޅު ނަގަން

 27. މިދިލި

  ރައީސްކަމަށް އައީ ވައްކަން ކުރާ ހިތުން.

  1
  2
 28. Anonymous

  އެމް.ޑީ.ޕީ މީހުން ގަބޫލު ކުރިޔަސް ނުކުރިޔަސް މިގައުމުގައި މިވެރިކަމުގެ 1އަހަރުތެރޭ ދުވަހަކުވެސް ނުދާވަރަށް ވައްކަން ކުރުމުގެ ރޭޓް މައްޗަށް ގޮސްފި ދައުލަތުގެ ބަޖެޓް 2 ފަހަރު ކައި ހުސްކޮށްފި ރައްޔިތުން ބަނޑަށް ޖެހެން ކައިރި ވެއްޖެ ޔާމީނުގެ ސަރުކާރުގެ 5 އަހަރު ރައްޔިތުން ތިބީ ޖީބު ފުރާލައިގެން ފުދިގެން މިހާރުއެގިޖެއެނު އަފުރާސީމު މަރާލި މީހުންވެސް އެކަމު އެޅުވީ ޔާމީނު ބޮލުގަ ޔާމީނަކީ ހެޔޮލަފާ ދީންވެރި މީހެއް އެވަރުގެ ރަގަޅުމީހެއް ދެންމިގައުމަކުންނުފެންނާނެ

  1
  1