ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޙުކުމް ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އިއްވަން ނިންމައިފިއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.

މައްސަލައިގައި ޙުކުމް ކުރަން ފުރަތަމަ ތާވަލް ކުރީ ނޮވެމްބަރ 05 ވަނަ ދުވަހަށެވެ. ނަމަވެސް ޙުކުމް ކުރަން ދެތިން ގަޑިއިރަށް ވެފައި ވަނިކޮށް މައްސަލަ ބެއްލެވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެމައްސަލަ ބެއްލެވި ގާޟީ އަހްމަދު ހައިލަމް ސަސްޕެންޑް ކޮށްފައެވެ.

ހައިލަމް ސަސްޕެންޑް ކުރުމުން މައްސަލަ ބައްލަވަން ދެން އެކުލަވާލީ ފަސް ގާޟީންގެ މައްޗަށް އެކުލެވޭ ބެންޗެކެވެ. މިއަދު އެބެންޗުން ފުރަތަމަ އަޑުއެހުން ބާއްވާފައި ނިންމީ ދެން އޮންނާނީ ޙުކުމް ކުރުން ކަމަށެވެ.

މިހާރު ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ އިސް ގާޟީ އަލީ ރަޝީދު ވިދާޅުވީ މައްސަލައިގައި ހިމެނޭ ހުރިހާ ލިޔުންތަކެއް ގާޟީންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ގާޟީ އަލީ އަލީ ރަޝީދު އިންނަވާ ބެންޗަކުން ޔާމީނަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވިއެވެ.

ނަމަވެސް ގާޟީ އަލީ ރަޝީދު ވިދާޅުވީ މައްސަލަ އިންސާފުވެރިކޮށް ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ރައްޔިތުން?

  ވެރިކަންކޮއްފަހުއްޓަސް ވައްކަންކޮށްފިކަމުގަވާނަމަ ހުންނަންޖެހޭނީ ޖަލުގަ. ވައްކަންވާނީ ވައްކަމަށް. ކިތަންމެ މަތީ މީހަކު ނުވަތަ ކިތަންމެ ދެރަމީހަކު ކުރިކަމުގަވިޔަސް.

  24
  42
  • ކަކޫ

   ބުރޯ، ސާބިތުކޮށްފަދޯ ޖަލައްލެވޭނީ، ބާރުގެބޭނުންކުރީމާ ރަނގަޅެއްނޫންދޯ. ޢެހެންނޫނަސް ރ.ޔާމީން އެކައުންޓަށް އެކަނިތޯ ފައިސާ ވަނީ. ކޮބާ ތިލަފަތާ އަނެއްފަތާ.

   21
   2
  • އަލީ

   އަންނި ނޫނިއްޔާ.

   12
   1
 2. ގާޒީ ފާއިޒު

  ގާޒީ ފާއިޒު އަކީ ރައީސް ޔާ މީނުގެ ހަރަދުގައި ލޯ ކިޔަވައިގެން ހުރި މީހެެއް. ޕީއޭ ގައި ޔާ މީނުގެ ސެކްރެޓަރީއަކަށް ހުރު މަށްފަހު ޑިގްރީ އިން ލޯ ކިޔަވަން ގޮސް އައިސް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ދިނީ ރައީސް ޔާ މީނު.

  7
  48
 3. ޣާޒީ ފާއިޒް

  ގާޒީ ފާއިޒު އަކީ ރައީސް ޔާ މީނުގެ ހަރަދުގައި ލޯ ކިޔަވައިގެން ހުރި މީހެެއް. ޕީއޭ ގައި ޔާ މީނުގެ ސެކްރެޓަރީއަކަށް ހުރު މަށްފަހު ޑިގްރީ އިން ލޯ ކިޔަވަން ގޮސް އައިސް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ދިނީ ރައީސް ޔާ މީނު.

  3
  46
 4. އިންސާފް

  އަލްހަމްދުﷲ. އުއްމީދުކުރަން އަލާފިލާވަރުގެ ބޮޑު ހުކުމެއްޖަހާލާނެކަމަށް

  7
  78
  • ހޭބަލިވާ

   އެއްވެސް އަސާސެއްނެތް ފެށުމުގަވެސް ބާޠިލް ދަޢުވާއަކަށް ކުރަންވީ ޙުކުމެއް މިފަހަރު ކުރާނެ. މިއީ ސަދޫމްގައި އޮތްފަދަ އިންސާފުވެރިކަމެއް ވިއްޔަ.

   16
   1
  • ބޭބެ

   އަލާ ފިލާވަރުގެ ޙުކުމެއް ނުހަައްގުން ޖެހި މީހަކާ އެކަން އެގޮތަށް ކުރަން ނުފޫޒާ ބާރު ފޯރުވި ބަޔަކާ ނުހައްގު ދައުވާއެއް ކުރި މީހަކާ މިހުރިހާ އެންމެން އަލާ ފިލާވަރުގެ ފިލާވަޅެއް ލިބޭނެ ދުވަސް ހަމަ ފެންނާނެ! މިއީ ވަރަށް ސާފުކަމެއް! އެކަހަލަ ދުވަހެއް އަންނަ ދުވަހަކުން ފިލަން ދުވިޔަސް ފަހާ އަތުލާނެ! ގިއްގެޅެންދެން އަލާ ފިލުވަދޭނެ! އެދުވަހަކުން ރޯން ނަހަދާތި! އަޑެއް ނީވޭނެ! އެހެންވީމަ ޢަދުލުވެރޮކޮށް ކަންތައްތައް ކުރަން ފޫގަޅައިގެން ތިބެ ކަންކަންކުރޭ! އެހެންނޫންނަމަ ހަމަ މިއެންމެން ގިއްގަޅުވާލާނެ! އެދުވަސް މާދުރެއްވެސް ނުވާނެ ނުޙައްގުން ކަމެއްކޮށްފިއްޔާ!!

   18
 5. ޙައުލާ

  އިބަ އިލާހުގެ ރަހުމަތުންނރައީސް ޔާމީނަށް ސަލާމަތް ކަމާ ރައްކާތެރިކަން މިންވަރު ކުރައްވާށި. އާމީން. އަދި މިގައުމުގައި މިހާރު މިއޮތް ގައުމުގެ ހާއިނުންނާ ދިވެހި ރައްޔިތުންގެ ދުޝްމަނު ސަރުކާރު ބަލިކުރައްވާ ނިކަމތިކުރައްވާނދޭވެ. އާމީން.

  98
  5
  • ދިވެހި ޤައުމު

   އާމީން.. ޔާ ރައްބުލްޢާލަމީން!

   21
 6. މިީހާ

  މިިރާއްޖެގެ 98% މީހުންގެ ދުއާއަ ކީ ޔާމީނު އުމުރައްޖަލައްލުން
  އާމީން

  11
  139
  • ޙެހެހ

   ތިޔަ ކޮމެންޓް ހަމައެ ކަނި ލައި ކް ޑިސްލައި ކް ބަލާލުމުން އެކަނިވެސް ތިޔަބުނާ 98 ޕަސެންޓް ދިމާއިދިކޮޅަށް ހަމަވޭކަންނޭންގެދޯ؟

   69
   3
 7. ބާރަށު އަހުމަދު

  ރައީސް ޔާން އަކީ ޤައުމު ބިނާ ކުރުމުގެ އިތުރުން މީހުންވެސް ބިނާކޮށްދެއްވާ ވެރިއެއްކަން ތިޔައިންވެސް އެނގެނި . އެއީ އިޚްލާޞްތެރިވެރިއެއް އެފަދަ ބޭފުޅަކަށް ﷲ އިރާދަކުރެއްވިއްޔާ ދެރައެއްނުދެވޭނެ

  105
  7
  • ގުރާ

   ތިޔައިން އެކައްޗެއް ބިނާނުކުރިއަސް އޭނަގެ އެކައުންޓު ބިނާކޮށްފަ އޭނަހުރީ.

   1
   11
 8. ޔޭސް ބ ސ

  އޯޑަރުއަންނަގޮތައް ޙުކުމްކުރައްވަންތޯ ތިއުޅުއްވަނީ ތިމައްސަލަ ރައީސްޔާމީންގެމައްޗައް ސާބިތުނުކުރެވޭނެކަން އެއީ ސަތޭކައިން ސަތޭކަޔަޤީންކަމެއް އެމަނިކުފާނު ޖަލައްލަންޏާ ޖަލައްލާންޖެހޭނީ ޤާނޫނާ ޚިލާފައް

  85
  4
 9. އައްޑޫދޮނާ

  ނޮވެމްބަރު 28 ވަނަ ދުވަހު 28 އަހަރަށް ތީތިގަނޑު ޖަލަށްލާ.ވވވވ ބަރާބަރު ވާނެ އޭރުން.ބޮޑުވަގު

  5
  99
  • ގުރާ

   މަށަށް ފެންނަނީ ޖަލަށްލާން. 11 އަހަރު ރަނގަޅުކަންނެ.

   6
   78
  • Anonymous

   މިސަރު ކާރުގަ މިހާރު ތިބީ ދުނިޔޭގަވެސް ތިބި އެންމެ ބޮޑެތި ވަގުން،

   21
   3
 10. ވަގު

  13 އަހަރު ހީވަނީ އޯކޭ ހެން

  3
  55
 11. ދޮނާ

  ބާރަށު އަހުމަދައް އިރާދަކުރެއްވިއްޔާ ހަމަ އަލާކެޑޭވަރުގެ ހުކުމެއްޖަހާނީވިސް

  2
  30
 12. ޓިނު

  ޔާމީނުގެ ވަކީލުންނައް ޖަމީލް އާޒިމާ އަދުރޭ ސަބްމެރިންސިއްދީގް އޯކޭތަ

  11
  7
 13. ޤައުމު

  މިގައުމުގައި އެހެންމީހުންވެސް ވެރިކަންކުރި، ވައްކަން ކޮށްގެން ދައުވާއެއް ނުކުރޭ، އަދި ވައްކަން ކުރިކަމަކަށް ނުވެސް ކިޔާ.
  ޤައުމުމު ކޮންގޮތަކަށް ބިނާކުރި ވާހަކައްބާ؟
  100 މިލިއަނަށް ހެދެން އޮތް ބުރިޖް 300 މިލިއަނަށް، 50 މިލިއަނަށް ހެދެން އޮތް ހޮސްޕިލުގެ ޢިމާރާތް 140 މިލިއަނަށް ހެދީމަ އެއީ ގައުމު ބިނާކުރުމެއްނޫނޭ.

  2
  17
 14. ބިޖޫ

  ކޮބާ 11 އަހަރައް ޖަލައްލީމަ މައިބަދައިން ފެންނުކުންންނީއޭ ގޮވި ކެނެރީދާއްބަ ލާދީނީ ނަސީދު ގަޔައް ގުއިރީފަ ފިލައިގެން ރައްކާވީދޯ ވ ކަޑައެއްނު ދާއްބަ

  20
  1
 15. ހޯރަ ބޭ

  ހުކުމް އަންނަންޖެހޭ 9 އަހަރާ 4 މަހާ 7 ދުވަސް

  1
  16
 16. ބާރަށު އަޙުމަދު

  ދޮނާ އަށް. ކިތައްމެވަރަކަށް ތިބާ އަދި ތަދުބީރުކުރިއަސް ތަޤްދީރުގައި އެކަން ވާން ނެތްކަމެއް ނުވާނެ ، ތަޤްދީރުގައި އޮތްގޮތް މޮޅަށް ދެނެވޮޑިގެންވަނީ ކުޅަދުންވަންތަ އިލާޙް. އިންސާނާގެ ހުރި ކިބުރުވެރިކަމާއެ!

  16
 17. އަފޭ

  ހޭއަރާތިބެބަލަ މިގައުމުގައަ ޖަލައްލާން ވާޖިބުވަނީ އެމްޑީޕީ އެއީ އެންމެ ބޮޑު ވަގުން

  20
  1
 18. ސަންފާ

  ياالله އިބަރަސްގެ ކުޅަދުންވަންތަ ކަމުން މި އަންނި އާާ އޭނާގެ ބައިގަޑުގެެ ނުބައި ކަމުން އަޅަމެންގެ މިގައުމު ސަލާމަތްކޮށް ލަހައްޓަވާނދޭވެ.

  11
 19. ޑައެލޯގް

  ރައީސްކަންކޮށްފަހުރި މީހުންގެ ތެރެއިން މިހާތަނަށް ވައްކަން ކޮށްގެން ސާބިތުވެފަހުރި މީހަކީ ކެނެރީގޭ ނަޝީދު މީނާވަނީ ވެލާނާގެއިން ވައްކަން ކޮށް ސާބިތުވެފ، ބާކީ ތިބި އެއްވެސް ރައީސްއަކަށް އަދި ސާބިތެއްނުވޭ އެކަމަކު ރީދޫކުދިން ވަގަށް މިގޮވަނީ އެހެންމީހުނަށް