އިންޓަނެޓުގެ އަގުތަކާ ބެހޭގޮތުން މިއަންނަ ހަފްތާގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އަދި ޓެކްނޮލޮޖީގެ މިނިސްޓަރު، މުހަައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިކަން މިނިސްޓަރު ހާމަކުރެއްވީ ނޭޝަނަލް ޑޭޓާ ސެންޓަރުގައި އިތުރު އޮފް-ސެޓް ބެކަޕް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު "ވަގުތު" ގެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިންޓަނެޓުގެ އަގުތައް ހެޔޮވާނީ ކޮން ދުވަހަކުންތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށާއި، އެކަމާއި ގުޅިގެން ދެއްވަން އޮތީ ކޮން ޖަވާބެއްތޯ "ވަގުތު" ގެ ނޫސްވެރިޔަކު އެހުމުން މިނިސްޓަރު ވިދާޅުވީ މިއަންނަ ހަފްތާގައި އަދި ނޫސްވެރިންނާ އެއްކޮށް ބައްދަލުކުރައްވާނެ ކަމަށާއި، އެ ކަމުގެ މަޢުލޫމާތު ދެއްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިންޓަނެޓުގެ އަގުތައް ދިވެހި ރައްޔިތުން އަތްފޯރާފަށަށް ތިރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މިނިސްޓަރު މަލީހު މީގެ ކުރިން އެތައް ފަހަރަކު، ވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރަން މަސައްކަތްތަކެއް ކުރައްވާ ވާހަކަ ވިދާޅުވެފައެވެ. ނަމަވެސް، މިހާތަނަށް އައިއިރު، އޭގެ އެއްވެސް ނަތީޖާއެއް އިންޓަނެޓު ޕެކޭޖުތަކުގެ އަގުތަކުން ފެނިފައެއް ނުވެއެވެ.

އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދާދި ފަހުން އެކުލަވާލި، ވައުދުތައް ފުއްދުމުގެ ތަސައްވަރު ހިމެނޭ ސަރުކާރުގެ 'ސްޓްރެޓީޖިކް އެކްޝަން ޕްލޭން' ގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާ އަށް ޖުމްލަ ހަ ކަމެއް ހިމެނިފައިވާއިރު، އޭގައިވެސް ކަނޑައެޅިގެން އިންޓަނެޓް އަގު ހެޔޮ ކުުރުމަށް ހިމަނާފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން މީސްމީޑިއާ އާއި މަގުތައްމަތީގައާއި، ކޮފީ މޭޒުތަކުގައި، އަދި ހޮޅުއަށި ތަކުގައިވެސް ސަރުކާރާ މެދު ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ބޮޑުވެފައެވެ.

ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައިވެސް އިންޓަނެޓު ޕެކޭޖްތަކުގެ އަގުތައް އެންމެ ބޮޑު އެއް ޤައުމެވެ. ސަރަޙައްދީ ޤައުމުތަކަށް ދިވެހިން ގޮސް، އެޤައުމުތަކުގެ ޙިދުމަތްތަކުގެ އަގުތައް އެނގުމުން ދިވެހިން ތިބެން ޖެހެނީ ފެންކަޅިވެފައެވެ. ދިވެހިރާއްޖެއަކީ ޤުދުރަތީ ގޮތުން މުއްސަނދި ޤައުމަކަށް ވިއަސް، އަދި ފަތުރުވެރިކަމާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް އެތެރެވާ ފައިސާ ކިތަންމެ ގިނަ ކަމަށްވިއަސް ރައްޔިތުންގެ ޖީބަކަށް އޭގެ ސަބަބުން ލުޔެއް ނުވާ ކަމަށް ގިނަ ދިވެހިން އަބަދުވެސް ބުނެއެވެ.

ދުނިޔެއަކީ މިހާރު ޚާއްސަކޮށް އިންޓަނެޓުގެ ޒަރިއްޔާއިން ބަވަނަވެފައިވާ ދުނިޔެއެކެވެ. އިންޓަނެޓުގެ އަގު ހެޔޮ ވާނީ ކޮން ދުވަހަކުންތޯ ރައްޔިތުން ކުރާ ސުވާލުގެ ޖަވާބު ނުލިބި މިހާރު މި ސަރުކާރަށްވެސް އަހަރެއްވީ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލިބެ

    ބަލަ މިހިރަ ގަމާރާ މައުލޫމާތު ދީގެން އިންޓަނެޓްގެ އަގު ހެޔޮވާނެތަ؟؟؟

    6
    1
  2. ބޭބެ

    އިންޓަނެޓް ބަނޑުއަޅައިގެ ހުރެ ކަލޭމެން ހލނވ! ކޮންކަމެއް ކަލޭމެނަށް ކުރެވުނީ! ފޮނިއަނގަތެޅުމާއި ވައްކަންކުރުން ފިޔަވާ! ރައްުޔިތުން ދައްކާ ޓެކްސް ފައިސާ ބަދަލުގެ ގޮތުގައޭ ކިޔާ ބައިއަޅާ ބަހާ ހުސްކުރަނީއޭ! ދައުލަތުގެ މިއަހަރުގެ ބަޖެޓުން ކުރިކަމެއް ނެތި ފެންފޮދަކާ ނުލާ ކައި ހުސްކޮށްފިއޭ ކަލޭމެން! ކަލޭމެންގެ ލަދު ހަޔާތް ކޮބައިތަ؟ މޮޅުވާހަކަ ނުދައްކާ!

  3. ބޮލި މުލައް

    އެމް އެމްޕީ އާރުސީ ލާރިގަނޑުންތަ ހެޔޮކުރަނީ

    4
    1
  4. ހުސޭނުބޭ

    އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ބޮޑު ވުޒާރާއެއް އުފައްދާ މިލިއަނުން މުސާރަދިނީ އެންމެ ކަމެއް ކުރުމަށް! އިންޓަރނެޓް އަގުހެޔޮކުރަން! އިންޓަނެޓާ ދެކޮޅަށް އެ މިނިސްޓްރީން އެކުރަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ! ވަރަށް ހިތްވަރާއެކު އިންޓަނެޓް ބަލިކޮށް ކޮންމެވެސް ދުވަހަކުން ހަގުހެޔޮކުރާނެތޯއްޗެއް!

  5. އިބްރާހިމް

    ބޭނުމެއްނޫން. މިހާރު ހުރިވަރަށްވުރެ މަތިނުކުރެއްވީމަ އޯކޭ.

    2
    8
  6. ބޮކުބާޑު

    މީނަނޫން އެހެން މީހަކު އެތަނަށް އަޅެފަހެ ހަމަޖައްސަން ވެއްޖެނު. މިވާހަކައެއް ދަށްކަ ދަށްކަ ހުއްޓަ އަހަރުވިޔަ މިފުރުނީ.

  7. މިލާ

    މައުލޫމާތުތަ ނުލިބިގެން މި އުޅެނީ..

  8. ރޮނޑާ

    މަލީހު ކަލޭ ސަކަރާތް ނުޖަ.ހާތި. އަހަރެން މިހާރުވެސް މިހިރީ ރާއްޖެ އިން ބޭރުގައި ދިވެހިން ދަހިކަމައް ނަން މަޝްހޫރު ކުރާ ގައުމެއްގައި. މިތާ ގެ 120 ރުޕީސް އައް އަހަރެން ހިތްފުރެންދެން ބޭނުން ކުރެވޭވަރުގެ ޕެކޭޖެއް މަސްދުވަހައް ލިބޭ. އަންލިމިޓެޑް ފޯންކޯލް އާއި އެކު ދުވާލަކައް 2 ޖީބީ. ީލިބޭ. މަގޭ ހިތައް އަރާ ސަހަރޯއޭ ރާއްޖޭގައި ހިދްމަތް ދޭ ދެ ކުންފުނިން ދިވެހިން ކަތިލަނީއޭ. ތަންފުކެއް ބޮނޑުވަރު. އައިރުޅީގަ އަހަރެންގެ އަތުގައި އިން އުރީދު ގެ ސިމް ހަލާކު ކޮއް ކުދި ކުދި ކޮއްލާނަމޭ ހިތައް އެރި. އެކަމަކުވެސް އެހެން ގޮތެއް ނެތީމަ ރުޅި މައިތިރި ކޮއްގެން ސިމްގަނޑު ބާއްވައިގެން މި އުލެނީ. މަލީހު ކަލޭ އަވަސް ހައްލެއް ހޯދަދީ. ގަބޫލުކުރެވޭ ވަރުގެ އަގަކައް އަގު ތިރިކޮއްލަދީ. އުރީދޫ އަދި ދިރާގުން މިހާރު ދެމުން ދަނީކީ އަސާސީ ހިދްމަތެއްނޫން. ދިވެހިން ބުލެކް މެއިލްކޮއް ފޭރެނީ. . ދެކުންފުނި ގުޅިގެން ދިވެހިން ނިކަމެތި ކޮއް ފަގީރު ކޮއްލައިފި. އުރީދޫ އަދި ދިރާގުން އިރު އިރު ކޮޅާ ފޯނައް ދުވާލަކު ފޮނުވާނެ އެތައްބައިވަރު މެސެޖް. " 30 ރުފިޔާ އައް 25 އެމް ބީ 1 ގަޑި އިރައް" * " 100ރުފިޔާ އައް 1 ޖީބީ 2 ދުވަހައް". މީ ދެން ކިހާ ބޮނޑު މުސީބާތެއް. ހީކުރަނީ ދިވެހިންނައް ސަރައްދުގެ ގައުމު ތަކުގެ އިންޓަރނެޓްގެ އަގުތައް ނޭގިގެން ހިމޭނުން ތިބެނީކަމައް.