އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ މާދަމާ ބާއްވަން ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ، ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ންނެވެ. އަދި ޖޭއެސްސީން ނިންމި އެ ނިންމުމަކީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ވަނީ ނިންމާފައެެވެ.

އެ ދެފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާފައި ވަނީ ޖޭއެސްސީ އަށް ހުށަހަޅާފައި ވާ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ޖޭއެސްސީން ވަނީ އެ ދެފަނޑިޔާރުން ދެމަސްދުވަހަށް ސަސްޕެންޑް ކުރުމަށްވެސް ނިންމާފައެވެ.

ޖޭއެސްސީ އިން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގުހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ހުކުމުގެ މައްސަލައެވެ. އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮށްފައިވާ ހުކުމަކާއި ގުޅޭ މައްސަލަ ކަމާއި އެކަން ޖޭއެސްސީ އަށް ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ވަނީ ހަވާލު ނުވެފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ވަކި ކުރަން ޖޭއެސްސީން ނިންމާފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.
އަދި އެ ކޯޓުގެ އިތުރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް އެ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހޯރަ ބޭ

    އަވަސަްކުރޭ އަދި ސަރީއަތްވެސް އެބައޮތް

    5
    6
  2. މާލެ ބޭބެ

    ޤާނޫނު....
    3 ބަރު ވަކިވެފައިވާ ނިޒާމަކޯ.
    1 ފެބުރުއަރީ 2018 ގެ ހިބަރު ވަދު އަމުރުގަ 5 ފަނޑިޔާރުން ސޮއިކުރެއްވީ 3 ބާރުގެ ތެރެއިން އަނެއް 2 ބާރު ޕެރަލައިސްކޮށް ޖުޑިޝަރީ ބަޢާވާތެއްކުރުމުގަ ނިޔަތެއްނެތި؛ އެއްވެސް އުޖޫރައެއްނުލިބި ހަމަ އެއިރުގެ ސަރުކާރު ގޯސްވެގެންތޯއެވެ.
    ދިވެހިރާއްޖޭގެ ހުރިހާ ކޯޓް މަރުހަލާއެއްނިމި އަދަބު ކަޑައެޅިފައިތިބި އެތައްބަޔަކު ކުއްލިގޮތަށް 3 ފަނޑިޔާރުންވެގެން މިނިވަންކުރީ އެއްވެސް ހަދިޔާ އެއް ނުފޫޒެއްނެތި ތޯ... އަމިއްލައަށް ފޭހުނު އިލޮށި ލޮލަށް ހެރި އެޅި ޅައެއްޗެހީގެ ސަބަބުން އަމިއްލަ ނަފުސާއި ޤައުމު އަދަވަޅަކަށް ވެއްޓުނީ.....

    15
  3. ާަބިޖޫ

    ޖޭއެސްސީ އަކީ ކެނެރީގޭ ނަސީދު ގެ ޕަޕެޓުންތިބިތަނެއް ކަމުދާތަނެއްނޫން ޖޭއެސްސީ އަކީ ކޮރޮޕްޓްތަނެއްތީ

    13
    3
  4. ކަނަމަނަ

    ޢަޅެފަހެ މިގައުމުގަ މިތިބީ ދެލޯއަދިރިވެފަ ތިބިބައެއްތަ މިހިގަމުންދާކަންތައް ނުފެއްނަނީ

    14
    2
  5. Anonymous

    މާދަމާ ކޮސް ކަލޭގެ ގޮނޑިން ނުވެއްޓުނިއްޔާ ރަނގަޅު

    13
    1
  6. Anonymous

    ތިޔައީ ތިޔަ ފަނޑިޔާރުން އަމިއްލަ އަތުން ފޭހުނު ލޮންސި އަމިއްލަ ލޮލަށް ހެރުނީ، މިއީ ވަރަށް ވާހަކަ، ޙައްޤަށް އަމަލުކުރުން އެއްކިބާކޮށްލާފަ ރިޝްވަތަށް، އަމިއްލަ އެދުން އިސްކުރިބަޔަކަށް މިދުނިޔެއިންވެސް އެއިގެހިތިރަހަ ލިބިގެންދާނެ. ތިފަދަ މަޅިތަކުން ތިޔަފަނޑިޔާރުން ސަލާމަށްވާނެގޮތަށް ރައީސު ޔާމީނު މަގުފަހިކުރެވޭނެގޮށް ދެއްކެވީމަ ނުވިސްނާ ކަންތައްކުރިގޮތުން ލަނޑު ލިބުނީ، ދެންވެސް ހަމުދުކޮށްގެން ތިބޭ.

    13
    1
  7. އާގަރުނު

    ހަހަހ ކުށް ކުރާ ކުށްވެރިންގެ ވެސް ތިވަރަށް މައްސަލަ އެއްނޯވޭ. އެހެންވީމާ މިއޮހާދުވަހު ފަނޑިޔާރުގޭގައިތިބި ފަނޑިޔާރުން ތިޔައިމީހުންމަރާ ބޮޑެތި ކުށްތައް ކުރާ ކުށްވެރިނައްތުރެބޮޑެތި
    ކުށްވެރިން.ތާދޯ؟ ބަޔަ ކު ހޭބަލިވެ ބޮލައް ތެޔޮއަރާގެން އުޅުނަސް ތިދެން ބޮޑުވަރު. ތިވަރުންދަންޏާ މާދަން ރ ސޯލިހު ވެރިކަމުން ދުރުކޮށްފާނެހެންވެސް ހާދަހީވެއޭ. މިހާރު ތިޔަދަނީ ފާލުންނެއްޓެމުން. ހަމަވެއްޓޭނުވެއްޓޭ އެވަރުންތިދަނީ. ހޭވެރިކަންވާއިރު އޮންނާނީ ވެއްޓިފަ. ޟިވަރުވާއިރުވެސް ﷲގަންދީހުވާކޮށްގެން ތިބިމީހުން މަގާމުގެއްލިދާނެތީ އެތިބެނީ ރަޖާލައިގެން ހީކަރުވާފަ. .

    11
    2
  8. ޤަބީލާ

    ރައީސް ޔާމީންއަށް ރައްޔިތުން ދިން އެތަކެއް ހާސްވޯޓު ވަގަށްނަގައިގެން ނުކިޔަވާ އިބޫ ވެރިކަމަށް ގެނައުމުގައި ތިބޭފުޅާގެ ދައުރު ވަރަށް ބޮޑެވެ. ވޯޓުން ވައްކަންކުރިކަން އެތަކެއްހާސް ރައްޔިތުން ގޮވަމުންދަނިކޮށް 10 މިލިޔަން ޑޮލަރުގެ ރިޝްވަތު ނަގާފަ އިންތިޚާބު ޞައްޙަކަމަށް ނިންމީ ތިބޭފުޅާއެވެ. މައްސަލައެއް ހިގަމުންދަނިކޮށް އީސީ ޝަރީފް ހުރިހާ ލިޔެކިޔުންތަކާ ވޯޓުތައް އަންދާލީ ތިބޭފުޅާގެ އަމުރަށެވެ. ނަތީޖާ ބައްލަވަން ދެން ހުންނަވާށެވެ.

  9. ވެރިން

    މީ ދެން ކިހާ ބޮޑުވެއްޖެކަމެއް ޓެކްސް ދެއްކީމަ އޭގައިން ރައްޔިތުން ނަށް ފައިދާ ހުރިކަމެއް ކުރެވޭނެ ދުވަހެއް އައްނާނީ ކޮންދުވަހަކުން.
    ކޮއްމެވެރިކަމެއް ނިމޭ އިރަށް މިޖެހެނީ ބައިތުލް މާލު ހުސްކޮއްލަން ނުހައްގުން ނާއި އެހެން ގޮތްގޮތުން ވަޒީފާއިން ވަކިކޮއްފަތިބިމީހުންނަށް ބަދަލުދީ ދީ.