ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެ ކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ އެ ކަން ހިނގާފައިވާ ގޮތް ބެލުމަށް މަޖިލީހަށް ހުށަހެޅި ޤަރާރު އެޖެންޑާ ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ކޮސޮވޯގެ މިނިވަންކަން ސަރުކާރުން ބަލައިގަތް މައްސަލާގައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ނޮޅިވަރަން ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އާޒިމް ވިދާޅުވީ ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރަން ގޮވާލައި ހުށަހެޅި ގާރަރަށް ބަހުސް ކުރުމަކީ ގާނޫނު އަސާސީގައި ރައިސޫލްޖުމްހޫރިއްޔާގެ ބާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއަށް މަޖިލީހުން ވަނުން ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

އާޒިމްގެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އާޒިމް ފާހަގަ ކުރެއްވި ނުކުތާ އާއި ގުޅިގެން އެ ކަމާ މެދު މަޖިލީހުގެ އަމީން އާންމު އާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް އަދި މައްސަލަ ހުށަހެޅުއްވި މެންބަރާ އެކު މަޝްވަރާ ކުރައްވައި ގާނޫނީ ލަފައާއެކު އެޖެންޑާ ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ ތިން ބާރުވެފައި ވަކިވެފައި އޮތް ނަމަވެސް ކޮސޯވޯގެ މިނިވަންކަން ބަލައިގަތް މައްސަލަ އަކީ މަޖިލީހުގައި ވާހަކަ ދެކެވިދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މަޖިލީހުގެ އަމީން އާންމާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލްއާއެކު މަޝްވަރާ ކޮށް، މި މައްސަލަ ހުށަހަޅުއްވަފައިވާ މެންބަރާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އިރާދަކުރެއްވިއްޔާ ހުރިހާ މެންބަރުންނަށް ވެސް ހިތްހަމަޖެހޭ ގޮތަށް މި ކަމުގައި ގޮތެއް ނިމިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. މިއަދު ނަޝީދު ވިދާޅުވީ އެއީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލައިލާ

    އޭ! ނަޝީދޫ!!! ތިދެން ތަންފުކެއް ބޮޑުވަރު. މަށަށްވެސް ކަލެއާއި އިނދެގެން ދެން މާ ގިނަދުވަހު ހުރެވިދާނެކަމާމެދު މިހާރު ހަމަ ބޮޑުތަނުން ޝައްކު. އެހެންވީމާ މިހާރު ދެވަނަ ވިސްނުމަކަށް ދާން އެބަ ގަސްތުކުރަން. .... ލައިލާ .... ނަޝީދޫ ކަލެއަށް ލަޢުނަތްލެއްވުމަށް އެދި ދުޢާކުރޭ އެބަ ކޮސޯވޯގެ މިލިއަން މިލިއަން ރައްޔިތުން...

    23
    • ދދދދދދ

      އިނދެގެންތަ އެދެމީހުން އުޅެނީ!؟ އެހެން ގޮތަކަށް އރެނގިފަ އޮތީމަ އަހާލީ

  2. ބަރާބަރު

    އެހެންވީމާ ވެރިކަންވެސް އެއީރަނގަޅައްކުރެވުނުކަމަކައް ނުވާތީދޯ އިސްތިޢުފާދިނީ

    22
    1
  3. ކަޅޭގެޅިޔަނު

    ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ތެރެއަށް ނުވަދެވިއްޔަ ތިތިބީ. ކަޅޭވެސް ލަދުހަޔާތް ކެނޑުނުތާ ކިތަންމެ ދުވަހެއް