2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މެޕްސް ކޮލެޖުން ބުނެފިއެވެ.

މެޕްސް ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކް ގައި އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ކޯސް ހުޅުވާލައިފައި ވާކަމަށާއި އެ ދާއިރާތަކުގެ ތެރޭގައި، ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސެސް މެނޭޖްމެންޓް، މާކެޓިން މެނޭޖްމެންޓް، އެކައުންޓިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓުއަރިޒަމ، ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިތުރުނ ލޮޖިސްޓިކްް ޕްރޮކިއުމެންޓް އެންޑް ސަޕްލައި ޗޭން މެނޭޖްމެންޓުގެ ކޯސްތައް ހިމެނޭ ކަމަށެވެ.

އެދާއިރާތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް އާއި ހަމަޔަށް ކޯސްތައް ހުޅުވާލައިފައި ވާކަމަށާއި އެ ކޯސްތަކަށް އެދުމަށް މިހާރު މެޕްސްކޮލެޖަށް ފޯމް ހުށަހެޅޭނެ ކަމަށްވެސް އެކޮލެޖުން މައުލޫމާތު ދެއެވެ.

މެޕްސް ކޮލެޖުން ބުނީ އެކޮލެޖުން ހިންގާ ގިނަ ކޯސްތަކަކީ އިންޓަނޭޝަނަލް އެވޯޑިންގްބޮޑީ ތަކުން ސަނަދުދެވޭ ކޯސްތަކެއް ކަަމަށާއި އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝައަރ އާއި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް، އެސޯސިއޝަން އޮފް ޗާރޓާރޑް ސެޓިފައިޑް އެކައުންޓަންޓް ހިމެނޭ ކަމަށެވެ. އަދި ބިޒްނަސްގެ އިތުރު 7 ދާއިރާ އަކުން މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކަށް ކިޔަވައިދެއެވެ.

އޯލެވެލް ނިންމާ ފައިވާ ދަރިވަރުންނަށް މެޕްސްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުލިބޭނެ ކަމަށާއި އަދި މިކޯސް ނިންމުމަށްފަހު، ޑިގްރ އަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ.

އަދި އޯލެވެލް ތިން މާއްދާއިން ފާސްވެފައިވާ ކޮންމެ ދަރިވަރަކަށް އެކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ.
އެކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު www.maps.edu.mv އިން ލިބޭނެއެވެ.

ޖެނުއަރީ މަހުގައި ފެށުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކޯސްތަކުގެ ތެރޭގައި ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައާރ ގެ މާސްޓާސް ކޯސްތައް ހިމެނެ އެވެ.

ރަށުގައި ތިބެގެން ދަރިވަރުންނަށް މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުގައި ބައިވެރިވެ ކިޔެވޭނެ އެވެ