ދިވެހިރާއްޖެ އަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިން ތަކެއް ހައްޔަރު ކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ އަފްޣާނިސްތާނުންނެވެ.

މި ދެވިހިންތައް އަފްޣާނުސްތާނުން ހައްޔަރު ކޮށްފައި ވާއިރު، އެ ގައުމުގެ ސިފައިން ވަނީ މި ދިވެހިންތައް ހިމެނޭހެން އައިއެސް ޖަމާއަތުގެ 243 މީހަކު ހައްޔަރު ކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ 73 ފިރިހެނުންނާއި، 63 އަންހެނުންގެ އިތުރުން، 107 ކުޑަކުދިންނެވެ.

ދިވެހިންގެ އިތުރުން ދެން ހައްޔަރު ކޮށްފައި ވަނީ އިރާން، ތަޖިކިސްތާން، އުޒްބެކިސްތާން، ޕާކިސްތާން، އަޒަރުބައިޖާން އަދި ކަޒަކްސްތާނުގެ މީހުންނެވެ.

އެ ގައުމުގެ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން މި އެންމެންވެސް އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލުވެފައި ވަނީ އެމީހުން އަމިއްލަ އަށެވެ.

ގެންގުޅުނު ބައެއް ހަތިޔާރުތަކާއި އެކު އައިއެސް ޖަމާއަތުގެ ގިނަ ބަޔަކު އަމާން ދީ، ފުލުހުންނާއި ހަވާލުވި ނަމަވެސް، ފުލުހުން ވަނީ އެމީހުން ވަގުތުން ހައްޔަރު ކޮށްފައެވެ.

އައިއެސްގެ ބާރު ވަރަށް ބޮޑުތަކުން ކުޑަވެފައި ވާއިރު، ސީރިޔާ އާއި އަފްޣާނިސްތާނު ސަރަހައްދުގައި ތިބި އައިއެސް ހަނގުރާމަވެރިން ދަނީ އެތަންތަން ދޫކޮށް، އެހެން ސަރަހައްދު ތަކަށް ބަދަލުވެސް ވަމުންނެވެ.

-އިތުރު ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަލީބަލީ

  އަދިވެސް މި ރާއްޖޭގައި ތިބޭ މިކަހަލަ ހަގުރާމައަށް ދާ ދިވެހިން ނޫޅޭ ކަމަށް ގަބޫލުކުރާ ބަޔަކު

 2. ަހައި

  ކިޔާަނެކަމެއްނެއް މިޤައުމުގަ އިސްލާމް ދީނަށް ލޯތްބެއް ހުރި އެކަކުވެސް ނުބަހައްޓާނެ އައި އެސް އޭ ނޫނީ އެހެން އެއްޗެކޭ ކިޔާފަ ހައްޔަރުކޮށް އަނިޔާ ކުރާނެ އެބައެއްގެ ދިރިއުޅުން ދިއްވާލާނެ .. މިއޮއްތީ ލާދީނީ ބައިގަނޑު އަރާ

  1
  2
 3. ވޮއްލެ

  ތިޔަބައިމީހުން ރާއްޖެގެނެސް އެންމެންނަށް ފެންނަ ތަނެއްގާ އެކޮޅުކޮޅުން އެލުވާފައި ބައިތިއްބަންވީ. ކާންދޭނީވެސް އެގޮތަށް ބައިތިއްބާގެން. އޭރުން ޖިހާދު ކުރެވުނީ ކަމަށްވާނެ.