ޖަމިއްޔަތުއް ސަލަފުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެޖަމާޢަތައް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް އެކަމާއި ދެކޮޅަށް އަޑުއުފުއްލަވަން ފައްޓަވައިފިއެވެ.

އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިތާނީ ރިޕޯޓް ލިޔުނު އެމްޑީއެން އުވާލުމުން އޭގެ ބަދަލުގައި ރާއްޖޭގައި އިސްލާމީ ދައުވަތު ފަތުރަން މަސައްކަތް ކުރާ ޖަމިއްޔާތައް ފްރޭމް ކޮށްގެން ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ސަލަފް އުވާލުމާއި ދެކޮޅަށް އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ވެސް މިއަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލަފާއި އޭނާގެ ސިޔާސީ ހިޔާލު ކިތަންމެ ތަފާތަސް ކަންކުރަން ވާނީ އިންސާފުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ލާދީނީ މީހަކު އިސްވެ ހުރެ ޒާތީ ހަސަދަ ފިލުވައި، ސަލަފު އުވާލަން ވެގެން މަޖިލިސް ކޮމިޑީއަން ލައްވައި އެއްވާހަކަ ގޮވައި ތިޔަ ކުޅޭ ކުޅިގަނޑު އަޅުގަނޑުމެން އެބަ ބަލަން. ސަލަފަކީ ޓެރަރިޒަމް އާއި ދެކޮޅު ބައެއް." އަލީ ޒައިދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ވިދާޅުވިއެވެ.

"އެ ކޮމެޓީގެ ރިޕޯޓުގައި އެބަ ފާހަގަކުރޭ ޓެރެރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާއި ގުޅޭ ގޮތުން މި މަޖިލީހުން ނިންމަން ބޭނުންވާ ގޮތެއް. އެ ކޮމެޓީ ދެކޭ ގޮތުގައި އެ ރިޕޯޓް ބަޔާން އެބަކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމާ އެ ޖަމާއަތާއި ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމެޓީން ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ" ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކާފަބޭ2019

    ފައިންއެރުނީމަ ކޮސްއަނގަތަޅާނެކަމެއްނެތް ތިޔަހުރިހާމީހުނާދެކޮޅަށް ފަނޑިޔާރުންއިސްކުރީމަ ބުނިގޮތަށްބުނެ ދެކޮޅުހަދަންނުކެރޭނަމަ ތިޔައީބޭކާރު ވާހަކަދައްކާޝޭޚެކޭ ބުނެވޭނެދޯ؟

    30
    1
  2. ފސަދ

    ވަގުތު ފާއިތުވެއްޖެ ކަލޯ.. ދެން އެ އެޖެންޑާ ފުރިހަމައަށް ކާމިޔާބުކޮށް އެހެން ގައުމިއްޔަޔެއް އެކީ އެކައްޗަކަށް މިގައުމަށް ގެންނާނެ... 800 އަހަރުގެ ތާރީޚް ބަދަލުކޮށްލާނެ.. ދެން އެކަކަށްވެސް އެ މިޝަން ނުހުއްޓުވޭނެ.. ދީނީ ޖަމިއްޔާތައްވެސް އުވާލާނެ، ޙަޤީޤަތަކީ ކަލޯމެން ތާއީދު ނުކުރިނަމަވެސް އެމްޑީޕީ ވެރިކަމަށް އަދި މަޖިލީހަށް އައީސް... އެކަމަކު ކަލޯމެންވަނީ އެމީހުން ގައުމުގެ ވެރިކަމަށް ގެންނަށް މަސައްކަތްކޮށް ދީނަށް ޙަރާމްކޯރުވެފައި.. މިކަމުގެ ބަލާވެރިކަން ޖެހޭނީ ޢަގީދާ ބަލިކަށި ނިކަމެތި ރައްޔިތުންނަށް..

    47
    2
  3. އިބްރާހިމް

    ވެރިކަން އިބްރާހިމް މުހައްމަދު ސާލިހަށް ލިބިއްޖެނަމަ ޖަމްއިއްޔަތުއްސަލަފް ފުނޑާލާނެކަމަށް އެމްޑީޕީއަށް ސަޕޯޓްކުރާމީހުން ރިޔާސީ އިންތިޚާބުގެކުރިން ގޮވާފައިވޭ.

    43
    3
  4. ކޮތަރުބިސް

    އަލްހަމްދުލިއްލާހި އަޅުގަނޑުމެންކީއްތޯކުރާނީ މިރާއްޖޭގެ އިލްމުވެރިން މިމީހުން ވެރިކަމައްގެންނަން ކުރިމަސައްކަތް އޭރުވެސް އަޅުގަނޑުމެން ގޮވީ ސޯލިހުއަޔަސް އެމްޑީޕީ މީހަކު ވެރިކަމައް އިސްވެއްޖެނަމަ ވެރިކަން ހިންގާނީ ކެނެރީގޭ ނަށީދޭ މިއޯތީއެދުވަސްފެންނަން ތިބޭފުޅުން އިސްސަފައްނިކުމެ ރައްޔިތުން ލައްވާ ފޭހުނު އިލޮށި ތިޔަހެރެެން އުޅެނީ ތިޔަބޭފުޅުންގެ ގަޔަށާ މުޅި ދިވެހި އުމްމަތައް ﷲ މިކަމުން މިންޖު ކުރައްވާށި އާމީން

    45
    1
  5. ހުސޭނުބޭ

    އިޔާޒް ކަލޭ ތީ އަހަރެމެންނާ ވަލުކުއްތާތައް ފާކުރުވަން އުޅުނު އެކަކު! މިއަދު އެ ވަލުކުއްތާތައް ކަލޭގެ ފޫކޮޅުގައިވެސް ދަތްއަޅާނެކަން ހަދާންބަހައްޓާތި!

    45
  6. އަލީ ހަމީދު ބެ

    ޔާމިނުގެ ވެރިކަމުގައި މިމީހުންނަކަށް ނުކެރޭ އަނގަ ހުޅުވަން--

    29
    4
    • ޜަނާ

      ޔާމީނުގެ ވެރިކަމުގަ ދީނީ ޖަމިއްޔާތައް އުވާލާ ލާދީނީ ކަންތައް ކުރަން ހިތްވަރެއްނުދޭ

      14
    • Anonymous

      ޔާމީނު ވެރިކަމުގައި ލާދީނިއްޔަތު ފަތުރާށާއި ދީނީ ޖަމްއިއްޔާތަށް އުވައިލާ ދީނީ މީހުން ނިކަމެތިކުރަން ފުރުސަތެއް ނުދޭ. އެހެންވީމަ މިބައިމީހުން އަނގަހުޅުވާކަށް ނުޖެހޭނެ.

  7. ކަންނެލި އޮޑި

    އިޔާޒޫ! ތިބާމެންގެ އަޑެއް މި ސަރުކާރަކަށް ނީވޭނެ. ލައްކައެކޭ ހީކޮށްގެން އުޅުނީ މި ލާދީނީ ސަރުކާރު ވެރިކަމަށް އަންނަން އުޅުނު އިރު. މިހާރު ތިޔަހުރީ ކެޔޮގަނޑު ކަނޑާލި ގަހަށް ވީގޮްތް ވެފަ. ހިކިފަސްތާ ބަކަ ނާޅުއްވާ!

    12
  8. އަލިކޮޔް

    ބަލަޔާމީނުގެވެރިކަމުގަަ ދީނާޚިލާފައް ކޮންކަމެއްތަ ކުރަން އުޅުނީ އަނގަނުހުޅިވިގެން މިގައުމުގެދުވަސް މިދަނީ ތިކަހަލަ ލާދީނީ ޖައްބާރުން ގިނަވެގެން ﷲއިރާދަކުރެއްވިއްޔާ މިވެރިކަން ނިމެން ދެންމާގިނަދުވަހެއްނުނަގާނެ

    11
  9. ބަރުގޮނު

    މިއީ ވަރަށް އަޑީގައި ކަމެއް ބާއްވާގެން ކުރަން އުޅޭ ކަމެއް. މަރަށް މަރު ހިފުމާ ޒިނޭގެ ޙައްދަކީ އިންސާނީ ޙައްޤަށް އަރާގަތުން ކަމަށް ބުނެ އެކަންކަން ނުކުރުމަށް އީ.ޔޫ ފަދަ ޖަމާޢަތްތައް މެދުވެރިކޮށްގެން ރާއްޖެއަށް އަބަދުވެސް ޕްރެޝަރ ކުރޭ. މަރަށް މަރު ހިފަންޖެހޭ ބައެއް މަރުގެ މަސްއަލާގައި މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭ ބައެއް މީހުން މިހާރުވެސް އެބަތިބި. ކެމްޕޭން ވައުދެއްގެ ގޮތުން ބައެއް ޢާއިލާތަކާ ވާހަކަ ދެކެވިފައި ވަނީ ތޯއްޗެއް... މިކަމާ އެންމެ ބޮޑަށް ދެކޮޅުހައްދަވާނީ ދީނީ ޢިލްމުވެރިން ކަމަށްވާތީ ދީނީ ޖަމާޢަތްތައް ނެއްތާލުމުގެ ޕްރޮގްރާމް ފަށަން އެއުޅެނީ. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ރެޖިސްޓަރ ރައީސުލް ޖުމްހޫރިއްޔާ ހޮއްވަވާގެން ރުހުން ހޯދަން ޖެހޭގޮތަށް ހަދަން އުޅެނީވެސް މި ޕްރޮގްރާމް ގެ ބޮޅެއް. ޢަދާލަތުގެ ނަންވެސް އަދި އިވޭނެ.

  10. މީހަކު

    ސަލަފުން ކުރާކަންތަކާ އެމީހުންގެ މަޤްސަދު ބަލަން އެބަޖެހޭ އިގޭތޯ ޑރ.އިޔާޒު، އަހަރުމެންގެ ދީނުގެ ނަމުގައި އެމީހުން އެކުރާކަންތައް ހަމަ ހަޤިގަތުގަވެސް އެބަ ބަލަންޖެހޭ.

    6
    9
  11. އަހްމަދު

    އިޢާޒް ފޭހުނުއިލޮށި އިޔާޒްގެ ލޮލައްހެރެނީ އަދިވެސް އިޔާޒްމެންނަކަނަކައް ނުވިސްނޭނެ ޓްވީޓެއްކޮއްލައިގެން މިކަމެއް މިގޮތަކައްނުނިމޭނެ، އިޔާޒްޖެހޭނެ ރާއްޖޭގެ ހުރިހާ ރައްޔިތުން ކިބައިން މާފައްއެދެން ކުރިން ތިމަންނައައް ކުރެވުނީ ގޯސްކަމެކޭބުނެ އިގޭތޯ... އިޔާޒްއައް ވ ސަލާން

  12. ބިކަ

    ޢެއް ބަކަރިވެސް ބޭކާރު ަަަަަަަަަ
    ޢަނގަ ނުގަޅާތި.

  13. ހޫ

    ބަލަ ތި ސަލަފާއި ސިޔާސީ ޕާޓީ ތަކެއް އުފެދުން ފަހުންނޭ މިގައުމުގެ ހަމަޖެހުން ގެއްލުނީ! އަބަދު ދީނީ ހަމަނުޖެހުމާއި ސިޔާސީ ވެރިންގެ ތަޅާފޮޅުން ނޫން ކަމެއް އޮވޭތަ މިހާރު؟ މި ބައިގަނޑުގެ ކުރިން މި ރާއްޖެއަކީ ހާދަ އަމާން އޮމާންކޮށް އޮތްތަނެކޭ. ކަލޭމެނާ ހެދި ގައުމެއް ފަސާދަވެ މުސްތަގުބަލު ބަނަވެ ގައުމުގެ ކުރިމަގާމެދު ނާއުންމީދު ވެއްޖެ! ތީ ހުސް އަމިއްލަ އެދުމުން ފޯވެގަނެގެން އުޅޭ މީހުން.

  14. އަލަތު ކައިވެނި

    މީނާ އަކީ މީނާ ނުރުހޭ ހުރިހާ ކަމެއް ޓެރަރިޒަމް ކަމަށް ހަދާ މީހެއް. ޔާމީނުގެ ނައިބު ރައީސްއަކަށް ނިކަން ކުފޫ ހަމަވޭ.

  15. Anonymous

    މިއަދު ތިހެން މާދަން އެހެން. ދީން އެނގެންޏާ ނިކަން ﷲ އަށް ބިރުވެތިވެ މުނާފިގު ގޮތްގަނޑު ދޫކޮށްލަބަލަ.

  16. ޒުހުރާ

    ކޮން ކަޑައެއްވާނީ، މިގައުމަށް ލިބޭ ކޮންމެ ދެރައެއްގައި އެންމެ ނިކަމެތިކަން ލިބޭނީ މޑޕ ގްރާސް ލެވަލް ކުދިންކޮޅަށް. ގައުމުގެ އެންމެ ނިކަމެތިންނާ އިލްމެއްނެތްމީހުން މޑޕ ގެ ސަޕޯޓަރުންގެ ގޮތުގައި ގިނަވާނީ. ދެން އެމީޖެއްގެ އަމަލު އުފުލާނީ އެމީހެއް. ދޮގުމައްޗަށް ދޮގުހަދަމުންގޮސް އިބްލީސްއާ އެއްދަރަޖައަށް ދިޔައަށް އަހަރެމެންނަށް ކީއް؟

  17. އަޙްމަދް

    ޖަމުޢިއްޔަތުއްސަލަފު ދިފާޢު ކުރާނެތޯ އެޖަމާޢަތުގެ މީހަކުނޫނީ؟
    ފޮރުވިގިން އަބަދަކު ނޫޅެވޭނެއެވެ.

    • ދދދދދދ

      ކޮން ޖަމާއަތެއް!؟ އެމްޑީއެންތަ؟

    • ކެކެކެ

      ހާދަ ހީވެއޭ އެމްޑީއެންހަމިއްޓޭހެން. ފޮރުވިގެން ނޫޅެ ސީދާ ބުނެބަލަ. ތިއުޅެނީ ކޮމެންޓްކުރަނީ ސަލަފު މީހުން ކަމަށް ހީކޮށް އެއެއް ބަލަން ދޯ؟ ކެކެކެ. ބަޔަކު ނިކަމެތިވާނީ ތިހާވަރަށް.

  18. ........

    މަޑުން ހުރޭ. ދިވެހިން ނޫޅޭ ކަލޭ ތީ މީހެއް ކަމަށް ބަލައިގެނެއް. ވަލީވެރި، ދުއާދެއްވި ރައީހަށް ދަންނަވާލީމަ ކަލޭގެ "ވާޖިބު އަދާވީ" އެއްނު. ކުރުމާ ނުކުރުން އެހެން ކަމެއްނު. ލަދުކުޑަކަމުން ހައްދުފަހަނައަޅާފަ.