ދޮގު އިލްޒާމްތައް އޭނާގެ ބޮލުގައި އަޅުވައިގެން ކިތަންމެ ވަރަކަށްވެސް އަބުރު ކަތިލެވިދާނެ ކަމަށާއި، ނަމަވެސް އަޒުމް ގުޑުވާ ނުލެވޭނެ ކަމަށް ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލް ދީނީ ޢިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިގޮތަށް ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ރަޙުމް ކުޑަގޮތަކަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެކަން އެނގޭނެ 36 މީހެއްގެ ތެރޭގައި ޑރ. ޝަހީމް ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމެޓީން އެކުލަވާލި، ސަބް ކޮމެޓީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވުމުންނެވެ. އެ ރިޕޯޓް ތައްޔާރުކުރީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެކަނި އިންނަވައިގެންނެވެ.

ޑރ. ޝަހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮގު އިލްޒާމްތައް އަޅުވައިގެންނާއި، ތުހުމަތުތައް އުފައްދައިގެން ކިތަންމެ ވަރަކަށްވެސް "އަހަރުމެންގެ" އަބުރު ކަތިލެވިދާނެ ކަމަށާއި، ކުރިންވެސް އެކަންތައްތައް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅުން އަޒުމް ގުޑުވައެއް ނުލެވޭނެ ކަމަށެވެ. ދިވެހި ޤައުމަށާއި، އިސްލާމްދީނަށާއި އަދި އުއްމަތަށް އޮތް ލޯތްބެއްވެސް ހިތަކުން ފޮހެވިގެން ނުދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ބައެއް މަޢުލޫމާތުތަކާއި ގުޅިގެން މަޖިލީހުގައި މެމްބަރުން ބަހުސްކޮށްފައެވެ. ސަބް ކޮމެޓީގެ އެ ރިޕޯޓުގައި ބުނެފައި ވަނީ، އެ މީހުންގެ ނަން ޑރ.އަފްރާޝީމް މަރާލުމުގެ ޖަރީމާ އެނގިތިބެ، ސިއްރު ކުރި މީހުންގެ ގޮތުގައި މަރުގެ ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޞާލިހު ޤާނޫނީ ބާރު ދީގެން މަރުގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދެވި ކޮމިޝަންގެ ރިޕޯޓުގައި، ޑރ. ޝަހީމަށް އެފަދަ ތުހުމަތެއްކޮށްފައެއް ނުވެއެވެ. މަރުގެ ކޮމިޝަން ރިޕޯޓުގައި ބުނެފައި ވަނީ ޑރ. ޝަހީމް ކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އައްފާނު

    މި ރަހުމުކުޑަ ޢަމަލުގައި ޑރ ޝަހީމް ގެ އަތެއް ނުވާނަމަ، މާތްﷲ އެބައިމީހުންގެ ތުހުމަތު ތަކުންނާ ފުރައްސާރަ ތަކުން ޑރ އަށް ސާބިތުކަން އެއްވާށި.

    95
    1
  2. މިއަދު

    ތިރިޕޯޓަކީ ސަބްކޮމެޓީގެ ރިޕޯޓެކޭނުބުނެވޭނެ ތިއީ އެމްޑީޕީގެ ރިޕޯޓެކޭ ބުނުން މާއުލާކަންބޮޑު ޔާﷲ އެމްޑީޕީގެތެރޭގައި ތިބެ މިގައުމުފަސާދަކުރަން މަސައްކަތްކުރާ ބައިގަނޑު ބަލިކުރައްވާންދޭ

    67
    1
  3. ސުލްޠާނާ

    ޔޫސުފުގެފާނު ވެސް މަކަރުވެރި ނުބައި ބައެއްގެ ސަބަބުން އެތައްދުވަހަކު ޖަލުގައި ހުންނެވި. އެކަމަކު ﷲ ގެ ޙަޟުރަތުގައި އެކަލޭގެ ފާނަށް ހުރި ދަރުމައެއްގެ ބޮޑުކަމާއެވެ. ޝަހީމް އުފާ ކުރައްވާށެވެ.

    60
    3
  4. އާދޭސް

    ޔާﷲމީސްތަކުންގެ ހިތްތަކުގައި ފިތުނައުފައްދާ ސައިތޯނުންގެ ބައިގަނޑު ހަލާކުކުރައްވާ ނެތިފަނާކުރައްވާދޭ އެނުލަފާ ބައިގަނޑުގެކިބައިން މިގައުމާރައްޔަތުން ސަލާމަތްކުރައްވާދޭ އާމީން

    60
  5. ޢަޙްމަދު

    ދޮގު އިލްޒާމްތައް އޭނާގެ ބޮލުގައި އަޅުވައިގެން ކިތަންމެ ވަރަކަށްވެސް އަބުރު ކަތިލެވިދާނެ ކަމަށާއި، ނަމަވެސް އަޒުމް ގުޑުވާ ނުލެވޭނެ ކަމަށް ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލް ދީނީ ޢިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
    ރަނގަަޅު ވާހަކައެއްތީ:
    ތިޔަބައި މީހުންގެ އެކަމެއްގެ މައްޗައް ދަހިވެތި ވެފައިވާ ވެރިކަމާއި މާގުމުގެ ދަހިވެތި ކަންފިލާނުދޭ!

    10
    34
  6. އަސީ

    ތިޔަވާނީ މަޖުލިސްރައީސް ކޮޓަރީގަގެންގުޅުއްވާ ހާއްސަ ފެންފުޅިޔަކުން ފެންގިއްޕަވައިގެން ހަސަންކޯ ލިޔުނު އެއްޗަކައް މަޖުލިސް ރައީސްވެސް އެއިންނަވަނީ އެބޮޔެގެން ދޮގުތެދައް ބަދަލުކޮއްލަ ކޮއްލާ ރިޔާސަތުގަ ޖާބިރުބުނަނީ ޓެސްޓް ކޮއްފިޔާ ބަސްޓްވާނޭ.

  7. ބޮންދު ހުންނަނީ

    ޝަހީމު ކުޑަކޮށް މޮޔަވައްތަރު ހުންނަނީ ދޯ. މީ ކޮން ވާހަކަ ހުންނަނީ ؟ ޝަހީމު ބެރުޖަހަނީ މޮޔަމީހާ ވާހަކަ އަށޭ !

    1
    14
  8. ޢަހުމަދު

    ކޯޓައް ދިޔުމުގެ ބޭނުމެއް ނެތެއްނުން. މަޖިލީހުގެ ސަބް ކޮމިޓީތަކަށް މައްސަލަތައް ނިންމާފަ ޖަލަށް ލާންވީނުން.

  9. ާަާމަ

    ދޑރ. ޝަހީމަށް ސާބަސް. ތިގޮތުަގައި އިސްލާމް ދީނަށް ޚި ދުމަތް ކުރެއްވުމުގައި ސާބިތުކަމާއެކު ހުންނަވާ.
    ❤️

    20
  10. ނަދާ

    ސާބަސް ޝަހީމް ތިއަޒްމުގައި ސާބިތުވެ ހުންނާތި

    15
    1
  11. ބޯބުރި

    ތީ އިސްލާމީ ނުގުޑާ ހިލަގަނޑު

    4
    1
  12. ޢަލީ އާރިފް

    ކޮންއަޒުމެއްގެ ވާހަކަތޯ ތިވި ދާޅުވަނީ؟ އަ ދިވެސް ހަމަ އެގޮތައް ދެވަނަ މީހަކަށް ކަންތައް ކުރާވާހަކަތޯ؟
    މަނިކުފާނު ރައީސް ނަޝީ ދުގެ އަބުރު ކިތައްފަހަރު ކިތައްޕޯޑިޔަމްގައި ކިތައް ޓީވީ ލައިވްގައި ކަތިލެއްވިންތޯ؟ އެމަނިކުފާނުގެ އަބުރު ކަތިލެވިދާނެ، ކުރިންވެސް އެކަންތައްތައް ކޮށްފައިވަނީ މަނިކުފާނު. ނަމަވެސް، މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅުން ނަޝީދުގެ އަޒުމް ގުޑުވައެއް ނުލެވުނު ދެއްތޯ؟ ދިވެހި ޤައުމަށާއި، އިސްލާމްދީނަށާއި އަދި އުއްމަތަށް އޮތް ލޯތްބެއްވެސް އެމަނިކުފާނުގެ ހިތަކުން ފޮހެވިގެން ނު ދޭނޫންތޯ މިހާރު ނަޝީދު ހުންނެވިތަނާ މަނިކުފާނު ހުންނެވިތައް ދެކިބަލަ

    2
    12