މި ސަރުކާރުން ވެރިކަމަށް އައި ފަހުން ގައުމުގެ ރިޒާވު ކައިހުސްކޮށްފި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޔާމީން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވީ "ހިބަރު ވަދު" ގެ ނަމުގައި ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިސަރުކާރުން ވެރިކަމަށް އައިސް ގައުމުގެ ރިޒާވް ކައި ހުސްކޮށްފި ކަމަށް ޔާމީން ވިދާޅުވީ ދައުލަތުގެ ރިޒާވް މަހުން މަހަށް ދަށްވެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ ފަސް މަހުވެސް ރިޒާވް ވަނީ ދަށަށް ގޮސްފައެވެ. މިހާރު ދައުލަތުގެ ރިޒާވްގެ ގޮތުގައި ހުރީ 530.08 މިލިއަން ރުފިޔާ އެވެ.

ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކޮށްދޭނީ ކާކުތޯ މިދިޔަ އަހަރު ރައްޔިތުން ސުވާލު ކުރަމުން ގެންދިޔަ ކަމަށެވެ. ނަމަވެސް އޭރު ދެއްކި ވާހަކަތައް ދެން ހަނދާން ގެންނަން ބެނުން ނުވާކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ އެވާހަކަތަކުގެ ހިތްދަތިކަން މާބޮޑު ކަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދުގެ ހާލަތައް ބަލާލަން އެބަޖެހޭ. ފެންނަން ހުންނަން ހިސާބުތަކަކީ ދޮގު ހަދާނެ ހިސާބުތަކެއް ނޫން. މި ފާއިތުވި އެއް އަހަރު ރައްޔިތުން ބޭނުންވާ ވެރިކަމެއް ކުރީ ކިހިނެއްތޯ؟ އަޅުގަނޑު ވެރިކަމަށް އައިއިރު ބޮލަކަށް ޖެހޭ ނިސްބަތަކީ 4000 ޑޮލަރު. ވެރިކަން ނިމުނު އިރު 12000 ޑޮލަރު ޖެހޭ. މިއަދު އެއަދަދު ހުރީ ކިހާ ވަރެއްގައިތޯ؟ މި ފާއިތުވި އެއް އަހަރު ތެރޭގައި ކިތައް ފްލެޓް އަޅައިފިންތޯ؟ ޕްރައިވެޓް ސެކްޓަރުގައި ކިހައި ވަޒީފާއެއް އުފެއްދިއްޖެތޯ؟ 96000 ވަޒީފާ އަޅުގަނޑުމެން އުފެއްދިން. ސިޔާސީ މަގާމުތައް މި ސަރުކާރުން ކުރީ ސަރުކާރާއި ބަލާއިރު ސައްތަ އިން ހަތްދިހަ އިތުރުކޮށްފި. ކޮބައިތޯ ހެޔޮކޮށްދޭން ބުނި ކާޑު، ހެޔޮކޮށްދޭން ބުނި ކަރަންޓް، ހެޔޮކޮށްދޭން ބުނި އެހެން އަސާސީ ޚިދުމަތްތައް ހެޔޮ ވެއްޖެތޯ؟" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ތަރައްޤީ އަކީ ޖަޒީރާ ވަންތައް ތަރައްޤީއެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްޤީ އަކީ ސިމެންތީގެ ތަރައްޤީ ކަމަށެވެ. "ރައްޔިތުން ބޭނުންވާ ނަފްސްގެ މުއްސަނދިކަމުގެ ވާހަކަ ދެއްކޭނެ ސިޔާސީ ލީޑަރެއް ނެތް. ނަފްސްގެ ކާނާ އަކީ ކޮބައިކަން ބުނެދެވޭ ވަރުގެ ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ރާއްޖެ އަކީ އޭޝިއާގައި އެންމެ ބާރަށް ތަރައްޤީ ވަމުން އައި ގައުމު ކަމަށާއި ނަމަވެސް މިހާރު ވޯލްޑް ބޭންކުން އާއްމުކޮށްފައިވާ މައުލޫމަތައް ބަލާއިރު އެންމެ ބަރުހެލި، ފިރުކެމުންދާ އިޤުތިޞާދަކީ ރާއްޖޭގެ އިޤުތިޞާދު ކަމަށެވެ. ވޯލްޑް ވޭބްކްގެ ލިސްޓްގައި ރާއްޖެ އަށް ލިބެނީ ދުނިޔޭގައި ވެސް ވިޔަފާރި ކުރަން އެންމެ އުނދަގޫ ގައުމުގެ ލިސްޓްގެ އެއްވަނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ސަރުކާރު ނިމިގެން ދިޔަ ފަހުން އާ އެންމެ އިންވެސްޓްމަންޓެއް ރާއްޖެ އައިސްފައި ނެތް ކަމަށެވެ. ސަރުކާރުގެ ފަރާތުން ކިތަންމެ ގިނައިން ބަޔާންތައް ނެރުނަސް ހަޤީޤަތް އޮޅުވައި ނުލެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒުމީ

    ރަނގަޅުތާ ..މިދިޔަ ވެރިކަމުގަ ގައުމުގެ ބައިތުލްމާލު .މިހާރު ރިޒާވް..ހަހަހަ

    7
    47
    • Anonymous

      ކަލޭ މެން ތަންކޮޅެއް ތަަސައްރަފު ފުދޭ ވާހަކަދައްކަން އެބަޖެހޭ

      38
      8
    • ބުރޯ

      ބުޅަލާއި ކެޓް، ބޯޅައާއި ބޯލް، ޓޮވެލް އާއި ތުވާލި، ފަންކާ އާއި ފޭން، ގަމީހާއި ޝާރޓް ...ދެން ބައިތުލްމާލާއި ރިޒާވް.... ކޮބާ ތަފާތެއް ؟ މާދަމާ ބައިތުލްމާލައް ދައުލަތުގެ ޙަޒާނާވެސް ކިޔާފާނެ އޭރުން އުޅޭތި ބޯކަހާލަ ކަހާލަ...

      1
      1
  2. Anonymous

    57000000

    18
  3. ދިވެހިސޮރު

    ސާބަހޭ ޔާމީން ރައީސް، ސާބަހޭ ރައީސް ޔާމީން
    ،ނަސީދު ޗޮކުބެ... ސޯލިހު ކަންޒުކަނހަބުދުވެލި

    34
    5
  4. ޢުންބެ

    ތެދެއް ރުފިޔާ އިގްތިސާދީ ތަރައްގީ މިވާހަކަތަކައް ޖަވާބެއް ރަތްދެއް ދެވޭކައްނެއް ޖަޒީރާތަކައް ބޭނުންވަނީ ޗިޗަންޑާތަރްތްގީ ޖަޒީރާ ރައްތަކައްއަރާ ލަނޑާތައްފެހިކަނީ ހަނާވަންދެން???ހިނިއައްނަނީ

    27
    3
  5. ޓިނު

    ކޭވާހަކަދައްކަން އެންމެރަގަޅުމީހަކީ ކަލޭ ނޫސް ތަކުންފެނޭ ޔާނީން ކިޔާމިހަކު ވެރިކަމުގަ އެމް އެން ޕީ އާރ ސީ ގެ ހިޔާނާތެއްގެ ވާހަކަ މުސާރައިގެ2/1 ނަގާވާހަކަ ދެން ބޮޑު ބިމެއްގަނެ ބޮޑު އިމާރާތެއް ކުރާވާހަކަ ހާދަހަޑިޔޭ ގުދޯ ގުދޯ ތިގޮވވަނީ

  6. Anonymous

    އެއީއަނދިރި ދައުލަތުގެ ސިފަ. ބައިތުލް މާލު ހުރިގޮތައް ފެންފޮދަކާވެސްނުލާދިރުވާލާފަ . ވަގަކީ މަނިފާންކަމުގަ ބުނާތީ ވަރަށް މަޖާ. މިރާއްޖޭގެ ގިނަރައްޔިތުންނަކީ ގުނބޯހެދޭ ސޮނިބޭގެ ބަހައްފައްސޭހަކަމާއެކު ހެއްލޭ އަމިއްލައެދުންއެހާބޮޑު ގަ މާރުބައެއް. ޢެކަ މަކު ކޮން މެ ހެއްލު މަކީގެއްލު މެއް.

  7. މޯޑު

    ހަސަނަހީވާނެ މީހަކު ފުޅައްބުޑުން ދައްންޏާ އެއުޅެނީ ކެޔޮގަ

  8. ޓިނު

    އޭކަލޭ އެކައް ތައް ސާބިތު ކޮއްދީބަލަ ކެރޭނެތަ ކިހިނެއް އެގެނީ ކަލޭނުކާކަމެއް ގިނައިން ކާމީހުން ގިނަގިނައިން އެހެން ކިޔާނެ އެއާ މާގިނައިން ކެވުނީމަ ވާގޮތެއް ކަމަށްވަނީ އަހަރެން މިއީ ކާކުތޯ ބަލަށް ބޭނުންތަ އަހަރެނަކީ ލާމުމީހެއް

  9. ފާފު

    އަސް ލުވެސް މޯޑު ތިބުނީ ހަމަރަޅަށް އެއީ އެވާގޮތަކީ