މިހާރު މިއޮތް ސަރުކާރަށް ވުރެ ޑިމޮކްރަސީއަށް ހުރަސްއެޅި ސަރުކާރެއް އަދި ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ "ހިބަރު ވަދު" ގެ ނަމުގައި ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބާޢްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިނަ އަދަދެއްގެ މީހުން ބައިވެރިވަމުންދާ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ މިއަށް ވުރެ ހުދުމުހުތާރު ދެވަނަ ވެރިކަމެއް އަދި އަންބޮނޑި ބޮޑުކުރުމުގެ ވެރިކަމުގެ ނިޒާމެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ފަނޑިޔާރުގެ އަށް މިވަރަށް އަތް ބާނައިގެން ކަންތައްތައް ކުރި ސަރުކާރެއް އަދި ނުފެނޭ. މިއީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްކަން ވިދާޅުވާން ކެރިވަޑައެއް ނުގެންނެވި. އަޅުގަނޑު ދަންނަވާފާނަން މިއީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ. މިއީ ހުދުމުހުތާރު ކަމުގައި ދެވަނައެއް ނެތް އަނބޮޑި ބޮޑުކުރުމުގެ ވެރިކަމުގެ ނިޒާމެއް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އެމްޑީޕީ މެންބަރުން މުޒާހަރާތައް ކުރަމުން ގެންދިޔަ ކަމަށެވެ. މައުމޫންގެ ވެރިކަމުގައި އެމްޑީޕީ އިން އެއްނުވީ ހަމައެކަނި މިސްކިތައް ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މިއަދު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އޮންނަ ދުވާރު މައްޗަށް އެއްވުމުން އެކަމަށް ވެސް ސަރުކާރުން ފުރުސަތު ނުދޭކަމަށް ޔަމީން ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ދައުލަތެއްގެ ސިފަތައް މިއަދު ގެއްލެމުންދާ ކަމަށެވެ.

"ފަނޑިޔާރުގެ ފުނޑާލުމުގެ މުގުލުގައި ހުރީ ރައީސް ޞާލިހާއި ރައީސް ނަޝީދު." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ޒިންމާ އަކީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއް ހިނގަމުންދާ ކަން ކަށަވަރު ކުރުން ކަމަށެވެ. ނަމަވެސް އެޒިންމާ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ނަޝީދުގެ ވެރިކަމާއި ރައީސް ޞާލިހްގެ ވެރިކަމާއި ދެމެދު ހިނގި ކަންތައްތައް ތަޙްޤީޤު ކުރުމަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު ނަޝީދުގެ ވެރިކަމުގައި ހިނގި ކަންތައްތަކުގެ ވާހަކަ ދައްކަން ނުކެރެނީ އެއީ އަނދިރި ސޮފްހާތަކެއް ލިޔެވިފައި އޮތް ވެރިކަމެއް ކަމަށް ވުމުން ކަމަށެވެ.

ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ތަރައްޤީ އާއި ކުރިއެރުމާއި ދިމާއަށް ގައުމު ދަތުރު ކުރަމުންދާ މަންޒަރު ކަމަށް ސަރުކާރަށް ތާއިދު ކުރާ ލީޑަރަކު ވިދާޅުވާ ކަމަށާއި އެހެން ވިދާޅުވުމުން އެއީ "ފުކެއް ބޮޑުވަރު" ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެބޭފުޅަކު އެހެން ވިދާޅުވުމުން އަމިއްލަ ނަފްސަށް ވެސް ލަދުވެތިކަން އިހްސާސް ކުރެވެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޮކި

    އެހެންތަ ؟ ކާކުތަ ހުރިހާ ލީޑަރުން ގެންގޮސް ޖަލައްލީ ؟ ކާކުތަ ހުރިހާ މުއައްސަސާ ތައް
    ތަޅުއެޅުވީ ؟ ކާކުތަ ހިޔާލު ފާޅުކުރުންތަ
    ހިފެއްޓީ ؟ ދެން ކާކު ތަ ؟

    30
    65
    • Anonymous

      ނަޝީދު

      48
      14
      • މިތާ

        ޤައުމުގެ ޙާލަތު ވިސްނާބައްލަވާ, ޔާމިނަށް ތާޢިދު ކުރިޔަސް މި ބޮޑުވަރު..

        20
        28
    • މިތާ

      ކީކޭދޯ ބުނާނީ, މި ކޮމެންޓްގައި މިއޮތީ ހަމަ ޔަގީނުންވެސް ޔާމިންގެ ސަރުކާރުގައި ކުރި ކަންތަކުގެ ވާހަކަ, އެކަމަކު ޔާމިންގެ ސަޕޯޓަރުންނަށް މީ ދޮގެއް ކަމަށް ލާފާކުރެވޭގޮތައް ލައިކް އައިއްސަ މިހިރީ, އެބަޔަކު ސަޕޯޓް ކުރާމީހަކު ވިޔަސް ގޯސްކަމެއް ކޮއްފިއްޔާ އެކަން ކުއްވެރި ކޮށްގެން ނޫނީ މި ކުޑަކުޑަ ރާއްޖޭގެ ކަންއްތައްތައް ރަނގަޅެއްނުވާނެ! ނަޝީދުގެ ސަޕޯޓަރުންނަށް ގޯހީ ޔާމިން, ހަމަ އެގޮތައް ޔާމިންގެ ސަޕޯޓަރުންނަށް ގޯހީ ނަޝީދު, މިހެން ނުހައްދަވަބައްލަވާ، ކޮންމެ މީހަކު ކުރިޔަސް ގޯސްކަންތައް ކުއްވެރި ކުރައްވާ, ނޫނީ އިސާހިތަކު މިޤައުމުގައި އެތެރޭގެ ހަނގުރާމަ ފަށާހިސާބަށް ގޮސްދާނެ. ރައްޔިތުން ހޭލަން ވެއްޖެ..

      27
      9
    • ނައިކް

      އެހެންނު ވާނީ އެމީހުން ޖަލްސާ ބާއްވަން ތަނެއް ވެސް ނުދީ ހުރަސް އަޅަނީ ވިއްޔާ ޖަލްސާތަކަށްވެސް.. ޗެނަލް 13 ވެސް އެތަށް މިލިޔަނަކުން ޖޫރިމަނާކޮށް ވަގުތު ނޫސްވެސް ބަންދުކޮށްފިޔޯ އެބަކިޔާވިއްޔާ.. ޤަރާރިނެރުނު ކައުމްސިލުތައްވެސް ސަސްޕެންޑުކޮށްފިޔޯލަ މިސަރުކާރުން.. ކޮން ކަހަލަ ޑިމޮކުރެސީއެއް ދޯ އެބުނާހެން..އަދިވެސް ދިވެހިންނަކީ 5 ކުޅަނދުމަދު މޮޔައިންކަމަށް ކާމިނީ އާއިލާން ދެކެނީއެވެ.

      5
      9
    • ޖަޖަޖޖަޖަ

      ލީޑަރުންނެއް ނޫން އެއީކީ. އެއީ ގައުމަށް ގައްދާރުވެފައިވާ ޓެރޮރިސްޓުން. ލާދީނީ ބައިގަނޑެއް. ރައީސް ޔާމިނު އެހެދީ ރަނގަޅަށް. އެކަމަކު ބޭރު ކާފަރުގައުމުތައް ބޭނުންކޮށްގެން ކަލޭމެން އެޓެރޮރިސްޓުން ދޫކޮށް އިންތިހާބު އޮޅުވާލާ އެމީހުން ވެރިކަމަށް ގެނައީ. އަންނަ ސަރުކާރެއްގައި އެމީހުން ޖަލަށް ލާންދެން މަށަށް ހަމަނިދި ނުލިބޭނެ

      8
      3
  2. ދޮހިކަރު

    އެމީހެއްގެ ފުލުގަ އެލިފަ އޮތް ގޫގަނޑެއް އެމީހަކަށް ނުފެއްނާނެ...

    28
    41
  3. ސަމީރާން

    އަހަރެމެން ބޭނުމެއް ނޫން ޑިމޮކްރަސީއެއް.. އަހަރެމެން ބޭނުމީ އިސްލާމްދީން.. އިސްލާމްދީން ބަލިކަށިކޮއް ރާއްޖޭގައި ލާދީނީ ކުލަވަރު ގަދަކޮއް ގާނޫނުތައް ސެކިއުލާރކޮއް އެހެންދީންތަކައަ ދިވެހީންނައް އުޅެވޭގޮތް ހަދާ އެއްޖިންސުން ގުޅުންހިންގުމަކީ ކުށެއްނޫންކަމައް ހަދާ ރާއްޖެއަކީ އެކިދީންތަކުގެ މީހުންނައަ އަޅުކަން ކުރެވޭތަންތަން ހުރި ގައުމަކައް ހަދަން އުޅޭ ލާދީނީ އެމްޑީޕީ ސަރުކާރެއް ދިވެހީންނަކައް ބޭނުމެއް ނުވޭ. ވެރިކަމައް އައީ ޑައިލިއުޓްކޮއްލާފައި އޮތް އެޖެންޑާތަކެއް ހިފައިގެން ޑައިލިޔުޝަންގެ އެތެރޭގައި ދީނާއި ގައުމައް ނުރައްކާތެރި ޕުލޭންތަކެެއް ހިފައިގެން.

    57
    3
  4. ކަޅުބެ

    ދެން ތިހެން ރައީސް ޔާމީން ވިދާޅުވުމުން ސުރުހީއަށް ކޮމެންޓު ކުރާ ފާރާތްތަކުގެ ހައްގުތަށް ނިގުޅައި ގަތުމަށް ކެނެރީގޭ ބުއްޅަބޭ ކެތްމަދުވެފަ ހުންނާނެ ޔަގީން .

    33
    7
  5. މިތާ

    ފަނޑިޔާރުގޭގެ ފުރާޅު ނެގި ހަނދާން ނެތުނީބާ؟ މުޅި މާލެއަތޮޅުން މީހުން އެއްކޮށްގެން ތިހައްދަވަނީ އިތުރުފުޅު..! މަނިކުފާނު ކަންބޮޑުވަނީ ފައިސާ ހުރި މީހަކު ބޭނުންވާ ގޮތަށް ޙުކުމް ކޮށްދޭ ޤާޒީންތައް ކޯޓުތަކުން ބޭރުކުރާތީ އެކަމާތޯ؟ ނޫނީ މަނިކުފާނަށް ވެރިކަމުގެ ބާރުގަ ކުރެވުނު ކަންތަކާ ވެރިކަން ބޭނުންވިލެއް ބޮޑުކަމުން ޖޯޝުގަ ޕޯޑިއަމްތަކުގަ ޢިއުތިރާފް ވެވުނު ކަންތަކަށް ކޯޓުން ޙުކުމް ކުރާނެ ކަމަށް ޤަބޫލުފުޅު ކުރެވޭގޮތް ބޮޑުކަމުން ބިރުފުޅު ގަތީތޯ؟ މިއަދު ބޮޑު މަޖިލީހެއް އެއްކޮށްގެން މަނިކުފާނު ކުރެއްވި ކަންތަކުން ބަރީޢަވުމަށް އެތަކެއްހާސް އިތުރުފުޅެއް ހެއްދެވިދާނެ,! އެކަމަކު ހަނދާން ކުރާތި! އެދުވަހަކުން ތިބާގެ ގުނަންތައް، އެގުނަންތަކުން ކުރިކަންތަކަށް ހެކިވާނެ ދުވަހެއް އަންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން.! އެދުވަހަކުން މަނިކުފާނަކަށް އިތުރުފުޅެއް ނުހެއްދެވޭނެ! ރައްޔިތުންގެ ޚަޒާނާއިންނާ ރައްޔިތުންގެ ރަޢުސޫމާލުން ޒައްރެއްގެ މިންވަރުވެސް ނަޙަމަގޮތުގައި ބޭނުންފުޅު ކުރަށްވާފައިވާނަމަ އެކަމުގެ ޙައްޤު ޖަޒާ ލިބިލައްވާނެ!

    12
    27
    • ގަމާރު

      ކޮމެންޓްގަ ތިޔަބުނާއެއްޗެއްތިޔަބުނެވިފަ އޮތީއެންމެ ރަންގަޅަ އްހެންހި އެއ އްނުވޭ. ޜަންގަޅު ގޮތަކީ ކޮންމެ މީހަކު ކުޅަޔަސް އެމީހަކު އެޅަކަމަކާގެން ތެދުވެ ހުންނަންޖެހޭނެ. އެމަނިކުފާނު ކުޅަކަޅަކަމަކާގެން އެމަނިކުފާނުވެސް އެދުވހުތެދުވެ ހުންނަވަންޖެހޭނެ. އޭރުންރަންގަޅުވާނެކަންނޭންގެ.

  6. ގަޓޭ

    އެހެންތަ ލޮލް

    6
    15
  7. ލަކީ

    ޙެހެ ބައްލަވާ ޔާމީނު ގެނާ ގާނޫނު އޮތްނަމަ ކިހިނެއްތޯ ތިގޮތަށް ޖަލްސާތެް ބާއްވާނީ ވިސްނާ ލައްވާ

    4
    1
  8. ހަސަނު

    ރައީސް ޔާމީން މޮޔަ ފްޅުވީތޯ

    4
    3
  9. ޙަަރުން

    ޑޯންޓް ސްޕީކް ބުލް ޝިޓް .ޑިމޮކްރަސީ އިސް ހައިޕޮކްރިސީ.....

    6
    1
  10. ލ.

    އޭކާކުގެ ވެރިކަމެއްގަ ކާކުތަ އެއްމެފުރަތަމަ އެމައްލަ ބަލަށްފެށީ ޔާމީންގެ ތަރައްގީ ފެނި އެކައްހަޖަމް ނުކުރެވޭނަމަ ހަޖަމޯލާ ކައިގެން ކޮމެންޓް ކޮށްަލަ ހަގަމް

  11. ރޮނޑާ

    މީ އެއްދުވަހަކުވެސް ލީޑަރެއްގގެ ގޮތުގައި އަހަރެން ބަލައިގަންނަ މީހެއްނޫންކު. ޓިނު އަދުރޭވެސް މީނައައްވުރެ ރަގަޅު.