ގާބުރިއެއް އެއްލައި މެރާކީ ރެސްޓޯރެންޓްގެ ބިއްލޫރި ގަނޑު ތަޅާލައި، އެތަނުގެ ދޮރުގައި އިންޒާރުގެ މެސެޖެއް ތަތްކޮށްފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ކަމަށް ބައެއް މީހުން މީސް މީޑިއާގައި ބުނެފިއެވެ.

މެރާކީ އަށް ދިން ހަމަލާ އާއި ގުޅިގެން މީސް މީޑިއާގައި އެއް ބަޔަކު ގެންދަނީ އެހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެހަމަލާ ކުށްވެރި ކުރަމުން ގެންދާ ބައެއް މީހުން ބުނެފައި ވަނީ މިއީ ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރު އެނގިގެންދާ ކަމެކެވެ.

ނަމަވެސް އަނެއް ބަޔަކު ބުނަނީ މިއީ "ދީނީ މީހުންގެ" ބޮލުގައި އެޅުވުމަށް އެހެން ބަޔަކު ކުރި ކަމެއް ކަމަށެވެ.

މެރާކީ އަށް ގެއްލުންދީ އިންޒާރުދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މެރާކީ އަށް ގެއްލުން ދިނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ. ފުރަތަމަ ސައިކަލްގައި އައި ދެމީހުންގެ ތެރެއިން މީހަކު މެރާކީ އާއި ދިމާއަށް އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިއުމުން ދެވަނަ ސައިކަލްގައި ތިބި މީހުން ވަނީ ގާބުރިއެއް އެއްލާ ބިއްލޫރިގަނޑު ތަޅާލާފައެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މެރާކީ އަށް ގެއްލުން ދިންއިރު ހަރުކަށި ފިކުރުގެ ބަޔަކު މާއުނގޫދޫ އަށް އަރައި އެރަށުގައި އައިއެސްގެ ދިދަ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި ހަރުކަށި ފިކުރުގެ މީހަކު 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ފަޓާސް

    އެއީ މީހެއްތަ. ޓަނެއްތަ.

  2. އިބްރާހީމު

    ރަނގަޅު. ތުހުމަތު ކޮށްފަ ބަހައްޓާ! އަދި ފިޔާތޮށި ކަރުދާސްގަނޑެއްގައި އިންޒާރު ލިޔެފަ އެއީ ވެސް ވަކި ޕާޓީއެއް ކުރިކަމަށް ހަދާ. ތިޔައޮތީ ވެރިކަމެއް ލިބިފަ. ޕްރިންސިޕަލަކަށް ވެގެން މަޖިލީސް ހިންގާފަ މެންބަރުން ނީލްޑައުން ވެސް ކުރޭ. މަގުމަތީގައި ބެރުތަޅަމުން ބުރުވެސްއަޅާ. ދެން ބުނޭ އެއީ އަންނި އަމިއްލައަށް ކުރާކަމެކޭ އިބޫ ނުވެސް ދެނަހުއްޓޭ! އެކަމަކު ވޯޓުދިނީ އިބޫއަށް. ހިތާމަޔާއެކު ބުނަންޖެހެނީ ދީނީއިލްމުވެރިންނޭ ކިޔައިގެން އުޅޭ ބަޔަކު ވެސް އިބިލީހުގެ ވަސްވާހުގައި ފިސާރި ރަނގަޅަށް ޖެހިއްޖޭ.

    37
    3
  3. ނުހާ

    ފިރިހެން ވެގެން އުޅޭ އަންހެނެއް. އަދި މި ގޮއްޔެގެ އަނބިމީހާ ކަމުގައި ބުނެ އެހެން އަންހެނަކުވެސް ގެންގުޅެ.
    މިގޮތަށް ޖިންސު އޮޅުވާ، އެއްޖިންސުންކައިވެނި ކުރާ މައްސަލަވެސް ބަލަން އެބަޖެހެ.

    41
    2
  4. ކަލޯ

    މިހާރު ކަމެއް ވާއިރައް ދީނޭ ދީނޭ ފަޅޮލޭ މިކިޔަނީ މި ރާއްޖޭގަ އިސްލާމް ދީން އޮތީމަ ކަންބޮޑު ވަނީތަ، ހަބޭހަށް އިސްލާމް ދީނައް ފުރައްސާރަ ކުރީމަ އެ ނުވޭތަ ހައްދު ފަހަނަ އެޅުމަކަށް

    51
    1
  5. ޝާހް، ރ.ވާދޫ

    އަންހެނުން ފިރެހެންވެގެން، ފިރެހެނުން އަންހެންވެގެ ން އުޅުން މީ މައްސަލައެއްތޯ، ނޫންތޯ ކެނެރީގޭ ބުއްޅަބޭ ކައިރިން އަހާލަން ބޭނުންވޭ.

    31
    3
    • ސަގަރު

      ޒާތީ ހަސަދައިގެ ކޮމެންޓެއް. އަފީ އެޑްރެސް ބަލަން ފެނޭ

      1
      2
  6. ޑަމީ

    ތި ވާނީ އެ ކެނެރީގެ ނަސީދު ކުރި ކަމަކަށް!

    37
    2
  7. ސާމާޑާ

    ރައީސް ނަޝީދުގެ ބަސް ތެދުކުރުމަށް ހިންގާ ޕްރޮޕެގަންޑާ. ޝައިޚުން ހިފާ ހައްޔަރު ކުރުމަށް ކުރޭ ޑްރާމާ ކުޅިގަނޑު

    44
    2
  8. ސަގަރު

    ކަޑާލާ. ވިޔަފާރިޔައް ކިހާ ބޮޑު ގެއްލުމެއް.

    2
    2
  9. ހޫ

    ފިނޑި އަމަލެއް! މުސްލިމުންގެ ގޮތެއް ނޫން މުދަލާ ފުރާނައަށް ގެއްލުން ދިނުމަކީ.

    2
    1
  10. އަދިރި އަދިރިން

    ތިވާނީ ހައްދުފަހަނަ އަޅާފައިވާ ލާދީނީމީހުންގެކަމަކައް. ތިހުރިހާކަމެއްގެވެސް އަމާންކަންލިބޭނެ އިސްލާމްދީނުގެ ރިވެތި ހަމަތަކައް އަމަލުކުރުމުން. މިޔަކީ މާކައުދަގޫވެގެން އުޅެންޖެހޭކަމެއްނޫން. މިގައުމުގަ އެހެންމީހުންވެސް ވެރިކަންކުރި.

    3
    1
  11. ހިސާބު.

    ހަރުކަށިމީހުންނަކީ ހާދީނީމީހުންތޯ ނޫނީ މުސްލިމުންނައް ފުރައްސާރަކުރުމުން އެއަންނަ ރުޅީގަ އެއްޗެކޭބުނާމީހުންނައްތޯ؟

  12. ހައްޕު

    ވީޓީވީ އަށް އެމްޑީޕީގެ ޓެރަރިސްޓުން ދިން ޓެރަރިސްޓު ހަމަލާގަ ބއިވެރިވެގެން ޖލުހުކުމް ތަަންފީޒުކޮށްފަ ނުކުތް އެމްޑީޕީގެ ހަރުކަށި މީހެކޯ އިހަަަކަށް ދުވަހު ކޮށާލައިފަ މޫދަށް އެއްލާލީ.
    މޭ ޑޭ މުޒާހަރާގަ ޓެރަރިސްޓު އެމްޑީޕީގެ ޓެރަރިިސްޓުންދިން ހަމަލާގަ ޕޮލިސް ތަޅާ ރޯނާ ގަންނަވާލި.އެ ޓެރަރިސްޓް މިހާރުހުރީ މަަހްލޫފް ވުުޒާރާގަ

  13. ރައްޔިތު މީހާ

    ޕާޓީ ތަކުން ލާރި ދީގެން ސިޔާސީ ބޭނުމަށް ގޭންގުކުދިން ފިހާރަތަކުގެ ބިއްލޫރިގަނޑު ތަޅާ ކަމަށް ޑރ އައިޝަތު އަލީ ނާޒް ގެ ރިސާރޗް ގައި ބަޔާންކޮށްފައިވޭ. މި ދުވަސްވަރު ހުރިހާ ކަމެއްގައި ހަރުކަށިފިކުރު ބޮލުގައި އެޅުވުމާ ނަޝީދު ދައްކާ ވާހަކައާ ހާދަ ޝައްކު ކުރެވެނީ ނަޝީދު ކުރުވާ ކަމަކަށް. ކޯޓް އަމުރެއް ހިފައިގެން އައިސް އޫއެލްއާރާއި ބާރާއި ޗެކް ކުރިޔަސް ހެޔޮ. ތީ ހަމަ ނަޝީދު ގެ ޕުލޭންއަކާއިވުން އެއްމެ ގާތީ

    3
    2
  14. މަހޭޝް

    އިޒްރޭލު މީހުން ދީނާއިމެދު ގެންގުޅޭ ސިޔާސަތު ތައް މިހާރު އަންނާއާއި، އެމްޑީޕީން ގެން ގުޅެން ފަށައި ދިވެހީންނޭ ސަމާލުވެ ލައްވާ އަދި ހާތަނަށް ދިވެހި ރާއްޖޭގައި ދީނީ ހަރުކަށި އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވޭ ހުސް އޮޅުވާލުން ހައްތަހާވެސް އެމް ޑީޕީއާއި، އެމް ޑީ އެންގެ މަކަރުވެރި ރޭވުން. ޒޫވާނުންނޭ ސަމާލުވެލައްވާ. ވިސްނާ ފިކުރު ކުރައްވާ، ބުއްދިވެރިކަން އިސްކުރައްވާ. މިވެރިންނަށް ސަމާލުވެ ލައްވާ.

    5
    1
  15. ކުޑަބެ

    ކަލޯ ތިޔާަ އެއްވެސް ޝައްކެއްއޮތް ކަމެއްނޫން ދީނީ މީހުންގެ ބޮލުގަ ދޮގު އިލްޒާމް ތައް އަޅުވާފަ ސަލަފް އުވާލުމަށް ކުރާ މަސައްކަތް ފަރުދާގެ ފުރަގަހުން އެމްޑީޕީ ގެ މެމްބަރުން އައި އެސް ގެ ދިދަ ޖެހި ދޯނީ ގަ ތިބީ ރީދޫ ކުލައިގެ ގަދަ 5 ގަ ހިނެނޭ އެކްޓިވިސްޓުން އަދި ފަޅާ އަރާނެ

    6
    1
  16. ރާބެ

    މީހަމަ ނަސާދު އަޑީގަ ހުރެގެން އެމްޑީޕީ ބައިގަނޑު ލައްވާ ކުރުވާކަމެއް. މިއުޅެނީ މިރާއްޖޭގަ ދީނީ މީހުން ތިބީމަ އެމީހުން ފަލީހަ ކުރަން ކޮންމެކަމެއް ތިއަޅުވަނީީ ހަރުކަސި ފިކުރު މީހުން ނޭކިޔައިގެން އެމީހުންގެ ބޮލުގަ. ދެންއަޅުވާ ނަހަލާލައް ވިހާ އެންމެންވެސް އެއީ ހަރުކަސި ފިކުރުގެ މީހެއް ކުރިކަމެކޭ. ތިލާދީނީ ބައިގަނޑު ތީީ ހަމަ ހުދު ކަފުން.

    5
    1
  17. އެންދެރި

    މަގުމަތީމީހަކު އޮރިޔާމުން އުޅެނިކޮށް ހުއްޓުވަން އުޅުނީމަ ވެސް ހަރުކަށި ވީކަމަށް ބަލާފާނެ އެވެ.

    5
    1
  18. ކާލާ

    ލާދީނީ ބައިގަނޑު މިތަނަށް އެހެން ދީންތައް ގެންނަން ކުރާ މަކަރުވެރި މަސައްކަތެއްތީ. ރާއްޖޭގެ ލާދީނީންގެ ބަފާ އަންނި އެހެރީ އެކަމަށް ފޫގަޅާފަ. ކެނަރީ ބާޣީ

    4
    1
  19. ޓެރަރިސްޓް ގޭމް

    މިއޮއް ހުރިހާ ދުވަހެއް ވެގެން ދިޔައީ. މިރާއްޖެއަކު ތިކަހަލަ ކަންކަމެއް ނުހިނގާ. މިއެމްޑީޕީ ވެރިކަން އައީ ހަމަ ނިރުބަވެރިންނޭ ކިޔައިގެން އެގޭމް ޖެއްސީ. އެހެންވީމާ ވަރަށް ސާފުކޮއް އިނގޭ މިއީ މިހާރު ހިގައިގަނެގެން އުޅޭ ކަމެއްކަން. މޯދީ އާއި އިޒްރޭލާއި އަޑިއަޑިން ސިއްރުން ގުޅުން ގާއިމް ކުރިވަރަކަށް ތިކަހަލަ ކަންތައްތައް ހިނގާނެ. އެހެންވީމަ ހަަމަ މިއީ "ދީނީ މީހުންގެ" ބޮލުގައި އެޅުވުމަށް އެހެން ބަޔަކު ކުރި ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވުމުގެ ފުރުސަތުވެސް އެބައޮތް.

  20. މެގަ ޕްރޮޖެކްޓްސް

    އަދިވެސް ދިވެހި ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދީފަ ބަހައްޓާތި.

  21. ސަފީރު

    ދެން ތަގަރި ކުޅެން އޮއްވާފެނުނީމަ އެކަން ހުއްޓުވާމީހާވެސް ވާނީ ޓެރަރިސްޓަކައް. ވެރިކަން މިއޮތީ ޔަހޫދީންގެ އަތްމައްޗައްދީފަ.