އޮޅުވެލިފުށި
އޮޅުވެލިފުށި – ފޮޓޯ: ޠާހާ ހުސައިން

ރޭގެ ވަގުތެއްގައި ޅ. އޮޅުވެލިފުއްޓަށް ހޮނުއެޅުމުގެ ސަބަބުން އެރަށުގެ އިންޖީނުގެއަށް ގެއްލުން ލިބި މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނިކޮށް، ދިމާވި މައްސަލަ ޙައްލުކޮށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަން ހާމަކޮށް އޮޅުވެލިފުއްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދޭ، ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އޮޅުވެލިފުއްޓަށް ހޮނުއެޅުމުގެ ސަބަބުން ދިމާވި މައްސަލަ ޙައްލުކޮށް މިހާރު އެރަށަށް ކަރަންޓުގެ ދޭން ފަށާފައިވާ ކަމަށެވެ.

ފެނަކައިން ރޭ ވިދާޅުވީ، ހޮނު އެޅުމުގެ ސަބަބުން އިންޖީނުގޭގެ ކޮންޓްރޯލް ޕެނަލްގެ އިލެކްޓްރޯނިކްސް ބައެއް ސާމާނުތަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގުމާއި އެކު، ފެނަކަ ކޯޕަރޭޝަންގެ ޓީމަކުން ރޭ ވަނީ، މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ވަގުތުން ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައީސް އަޙްމަދު

    ސާބަސް! އަވަހޭ ހިންގާލާލެއް!!!!1