މުޅި ގދ. ތިނަދޫން ކަރަންޓު ކެނޑިއްޖެއެެވެ.

ތިނަދޫން ކަރަންޓް ކެނޑުނީ މިރޭ 9:30 ހާއިރުއެވެ.

މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ތިނަދޫން ކަރަންޓް ކެނޑިފައި ވަނީ އިންޖީނަށް މައްސަލައެއް ދިމާވެގެންނެވެ. އަދި ޓެކްނިކަލް ޓީމުން ދަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެރަށުން ކަރަންޓް ކެނޑުނުތާ މިހާރު ދެ ގަޑިއެއްހާ އިރުވެފައިވާއިރު، އަދިވެސް ކަރަންޓް ލިިބިފައެއް ނުވެއެވެ.

އެރަށުން މައުލޫމާތު ދިން ބުނިގޮތުގައި، މިހާރު ބައެއް ހިސާބުތަކަށް ވަނީ ކަރަންޓު ލިބިފައެވެ. ނަމަވެސް އަދި ބައެއް ހިސާބުތަކަށް ކަރަންޓް ލިބިފައެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވަރޭ

    ވަރަށް ފާޑެއްގެ ބައެއް އުޅޭ ރަށެއް. ކަމަކާ ހިންހަމަ ނުޖެހެންޏާ އިންޖީނުގޭގަވެސް ރޯކޮށްލާނެ.

    14
    1
    • އަން

      ބޭނުންހާ ވައްތަރެއް އެ ޖެއްސެނީ ވެރިން ނާގާބިލު ވީމަ. ޅަދަރިން އުޅޭ ހާލު ލިބުމަށް އިހްސާސް ނުކުރެވޭނެ.