މުޅި ފުވައްމުލައް ސިޓީން ކަރަންޓް ކެނޑިއްޖެއެވެ.

ފުވައްމުލައް ސިޓީން ކަރަންޓް ކެނޑުނީ މިއަދު 3:30 ހާއިރުން ފެށިގެންނެވެ.

އަދިވެސް އެ ސިޓީއަށް ކަރަންޓް ލިބިފައެއް ނުވެއެވެ. ކަރަންޓް ކެނޑުނު ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިރާގު ހިދުމަތަށްވެސް ވަނީ ބުރޫ އަރައިފައެވެ.

އެ ސިޓީން ކަރަންޓް ކެނޑުނުއިރު ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާއެއްގައި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ، މީގެ ކުރިން އިންޖީނު ގެއިން ކަރަންޓް ކެނޑިގެން ގުޅާވަރުން ރޭގަނޑު ނުނިދޭ ކަމަށެވެ.

"މެންބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންނާއި، އަދި އިންޖީނުގެ ހިންގަން ތިބޭ ފަރާތްތަކުން ގުޅާ ވަރުން ނުނިދޭ. 2019ގައި ގިނަ ރޭރެ ނުނިދޭ. ހައިވޯލްޓޭޛް ކޭބަލް އަޅާ، ޓްރާންފޯމަރު ބެހެއްޓި، އެތައް އިންޖީނެއް ގެނެސް މިހާރު ބޮޑު މާސިންގާ އިންޖީނު ގެއެއް އަޅާ މުޅި ނިޒާމް ބަދަލު ކޮށްފި".

ފެނަކަ ފުވައްމުލައް ބްރާންޗުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބްރޭންޗުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަގން

    ބޭޜީ އެރީމަ ވީގޮތް

  2. ޞިލްމަަ

    ރޭގަ ނައިބް ރައީސް ވިދާޅުވީ ފުވައްމުލަކު ކަރަންޓަކީ އެންމެ ޒަމާނީ ކަރަންޓޭ ހިހިހި

  3. ކިނބޫ

    ޝުކުރިއްޔާ ރައީސް.

    3
    7
  4. ފިސްކޯ

    ޕީޕީ ފިޔާތޮށްޓާ ލާދީނީއާ އެކުވީމަ ރައްޔިތުންނަށް ވާ އުނދަގުލަކަށް ނުބަލާނެ. ޖެއްސުން ކުރެވެން އޮތް ގޮތަކަށް ކުރާނެ. ވަގު ބާއްވާނީ ޖަލުގަ. ނަޝީދު ބަހައްޓާނީ ފިއްތާފަ. ތިބެން ޖެހޭނީ.

  5. ޗަރުކޭސް

    ނަޝީދު ގެ އަގެއް ތިކަމުގައި ވާނެ. ދަނޑި މިހުންކަމެއް ތީ

  6. ބުއްޅަބޭ

    ތިވެސް ވާނީ ސޯލިހުގެ ވައުދަކަށް

  7. މަހުދީ

    އިންޖީނަށް މާމުއި އެޅުނީކަންނޭގެ. ފައިސަލުގެ އަނގަވިހަ.

  8. ޓުރޫ

    ސިޔާމުގެ ކަމެއްތ ސިޔާމޫ....

  9. ބެއްޔާ

    ފައިސަލްގެ ދުލުގެ ސުންޕާކަން ޖެހުނީ.