ކަރަންޓްގެ ހިދުމަތް ކެނޑުނުތާ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ފަހުން ފުވައްމުލައް ސިޓީއަށް ކަރަންޓް ލިބިއްޖެއެވެ.

އެ ސިޓީން ކަރަންޓް ކެނޑުނީ މިއަދު މެންދުރު ފަހު 3:30 ހާއިރުން ފެށިގެންނެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިރާގު ހިދުމަތަށްވެސް ބުރޫ އެރިއެވެ. އަދި އެ ސިޓީގައި ހިންގާ ބައެއް ސަރުކާރުގެ ކުންފުނިތަކުގެ ހިދުމަތްތަކަށްވެސް ބުރޫ އެރިއެވެ.

ފެނަކަ ފުވައްމުލައް ބްރާންޗުން ބުނިގޮތުގައި، އެ ސިޓީން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

އެހެން ނަމަވެސް ދިމާވެގެން އުޅުނީ ކޮން ކަހަލަ މައްސަލައެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ފެނަކަ ފުވައްމުލައް ބްރާންޗުން ފަހުން ބުނީ، މިއަދު ހަވީރު ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ރަސުގެ އެކި ސަރަހައްދުތަކަށް މިހާރު ކަރަންޓްް ދޫކުރުވެމުންދާ ކަމަށެވެ.

"އިތުރު މައްސަލައެއް ދިމާނުވާނަމަ، ގިނައިރުތަކެއް ނުވެ މުޅި ރަށަށް ކަރަންޓް ދޫކޮށް ނިންމާލެވޭނެ.".

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އިބޫދިޔައީމަ ވީގޮތެވެ. ޔާމީނުވަނީ ރާއްޖޭގެ ހުރިހާރަށެއްގައި 24 ގަޑިއިރު ކަރަންޓް ލިބޭގޮތްހަދާފައެވެ. އަދި އެސްޓީއޯގެ ބޭސްފިހާރަވެސް ގާއިމުކޮށްދެއްވާފައެވެ.