ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ މާލޭގެ މާފަންނުގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިރޭ ބުނީ، ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދުގައި ކޮންޓްރެކްޓަރަކު މަސައްކަތެއް ކުރުމުގެ ތެރޭ މި ކުންފުނީގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ އެ ސަރަހައްދުގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށެވެ.

އަދި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

"‏މި މަސައްކަތް ނިންމާ އަލުން ކަރަންޓު ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ. ދިމާވާނެ ދަތިތަކަށް މާފަށް އެދެން". ސްޓެލްކޯއިން ބުންޏެވެ.