ދީނީ ހަރުކަށި ވިސްނުމުގެ މީހަކު 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުން ފެތުރީ ދޮގު މަޢުލޫމާތެއްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދެންމެ ނެރުނު ނޫސް ބަޔާނުންނެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ތަހުޤީޤަށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާ މި މައްސަލާގައި ހިމެނޭ ކުއްޖާ ގުޅިފައިވާކަން އެނގެން ނެތްކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމުކޮށްފައިވާ ކަމުގެ މަޢުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުޤީޤުކޮށް ގާތުން ބަލަމުން އަންނަ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވާގޮތުގައި މި މައްސަލައިގައި ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމާއި ސިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ހައްޤުން މަޙުރޫމް ވެފައިވާކަން ފާހަގަކުރެވި، އެކަން ޙައްލުކޮށް ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކުން ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުން އަންނަ މައްސަލައެކެވެ. އަދި މިފަދަ ކުދިންނާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު އާންމުކުރުމުގައި އެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ހައްޤުތަކާއި މަސްލަޙަތަށް ރިޢާޔަތްކުރަން އިލްތިމާސްކުރަމެވެ." ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްޤުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެން ދިއުމަކީ ސަރުކާރުން އަޅާނުލައި ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށެވެ.

އަދި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަޅަންވާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

13 އަހަރުގެ ކުއްޖަކު ބަލިވެ އިން ކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުން ފެތުރި ޚަބަރު، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ނެރުނު ބަޔާނުގައި ދޮގުކޮށްފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ 13 އަހަރުގެ ކުއްޖަކު ބަލިވެ އިން ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ސަރުކާރުގެ އިދާރާތަކަށް ނުރުހުންވުން އަމާޒުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބާރީ

    ދަރިފުޅުގެ ޒިއްމާ ކުރީ ސަރުކާރުން ނަގަން ނުޖެހޭނެ ބާ؟

    21
    9
  2. އަންމަޑޭ

    ތީވެސް ހަމަ ދޮގު ހަބަރެއް. ސަހިންދާމެން ބޭނުންވާ ކަންތައް ފެތުރުމަށް ސަރުކާރުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް. މި ސަރުކާރުން މަސައްކަތް ކުރަނީ ބަޔަކު އެއީ ހައްދުފަހަނަ އަޅަޅާފައިވާ ބަޔަކު ގޮތުގައި ދައްކާ މި ރާއްޖެއަށް ސުލްހަ މަސްލަސްކަން ގެނައުމުގެ ނަމުގައި ސެކިއުލަރ ނިޒާމްގެންނަން. މެމްޑީޕީ އަކީ ރާއްޖޭގެހަލާކު.

    45
    7
  3. ވާނުވާ

    މިހާ ހިސާބަށް ކަންކަން ދިޔައިމާ ވިސްނާލަން ޖެހޭ އިސްލާމީ ޝަރީޢަތާ ޚިލާފަށް ޤާނޫނުތައް ހަދާ އަދި އެކަމުގައި ޝާމިލުވާ ހުރިހާ އެންމެންގެ ޙާލަތު ވެސް. އެމީހުނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއްވެސް އޮންނަން އެބަ ޖެހޭ. އިންސާނާ ހައްދަވާ ފުރާ ފުރިހަމަ ކުރައްވާ ބަލި ޖައްސަވާ އަދި ނެތި ކުރައްވާ ފަނާ ކުރައްވާ ﷲމާ މޮޅަށް ދެނެވޮޑިގެން ވާނެ އިންސާނާގެ ޙާލަތު. 18 އަހަރު ނުވާ ނަމަ ފުރާ ފުރިހަމަ ނުވާ ކަމަށް ކަނޑައަޅާފައި ކައިވެނި ކުރުމުގެ ހެއްދަ ނުދޭ ޤާނޫނެއް އިންސާނާ އަމިއްލައަށް ހެދުމުގެ ބޭނުމަކީ ރޭޕް ކުރުމާ ޒިނޭއަށް މަގުފަހި ކުރުވާ ކަމެއްކަން ޤާނޫނު ހެދި މީހުނަށް ނުވިސްނޭ. ހަގީގީ ކުއްވެރިންނަކީ މިކަމުގައި ޤާނޫނު ހަދާ މީހުންނާ އެކަމުގެ ބައިވެރިން ނޫންބާ؟

    40
    5
  4. ދޮގު

    ތިހުރިހާ ދޮގު ވާހަކަ ފަތުރަނީ މި ހުރިހާ މީޑިއާތަކުން. މިހާރު މީޑިއާތަކުން އުފައްދަނީ ފިތުނަ

    28
    3
  5. Anonymous

    މަ އޭރުވެސް ބުނިން ސީއެންއެމްއިން ނަހަދާނެ ތެދެއް. އެއީ ލާދީނީ އެމްޑީޕީ ގެ ލާދީނީ ޚަބަރު ފަތުރާ ގައުމު ފަސާދަ ކުރަން ގެންގުޅޭ ވަސީލަތެއް

    32
    4
  6. އަހުމަދު

    ދިވެހިންގެ ތެރެއިން އެންމެ މަތީފަންތިން ފެށިގެން އެންމެ އާދައިގެ މީހާއާއި ހިސާބަށް ފޯރާ އެންމެ ނުބައި ބައްޔަކީ "އޭނަ ބުނީ މީނަ ބުނީ" ކިހާ ދެރަ. އެ ކުއްޖާގެ އަގުވައްޓާލައި ޑިގްނިޓީގެ ބޭނުންހިފައި އެތައްކަމެއް ސިޔާސީކޮށް ނިމިއްޖެ. ހުސް ސިޔާސީ މަންފާއަށް އަނެއް އިންސާނާ ގުރުބާންކުރަނީ. އަހަންނަށް ފެންނަނީ އެކުއްޖާގެ ފަރާތުން އަބުރުގެ ބަދަލުހޯދަން ދައުވާކުރަން. އެއީ އެކުޑަ ކުއްޖާގެ އަބުރަށް އަރައިގަތީމަ.

    22
    3
  7. Anonymous

    ބަޅިންދާ އަޑީގަ ހުރެ އެމްޑީޕީން ކުރުވާކަމެއް

    28
    1
  8. Anonymous

    އެ ކުޑަކުއްޖާގެ އަބުރުކަތިލައި މުޅި ރާއްޖެއަށް އެކުއްޖާ ބައިބޯކުރީ ނަޝީދު ކޮބާ އެ ކުޑަކުއްޖާގެ ކުށަކީ.... އެމްޑީއެންގެ ރިޕޯޓުގެ ދިފާއުގައި އެ އަޑު ކަޑުވާލުމަށް ނަޝީދުމެން ދުރާލައި ރާވައިގެން ހިންގާ ޖަރީމާތަކެއް... ތިބުނާ ރަށެއްގައިވެސް ލޯގޯ ޖެހުމާއި ދީނީގޮތުން ހައްދުފަހަނަ އެޅެމޭ ކިޔާފައި ދޮގު ހަބަރުތައް ފަތުރަމުންގެންދަނީ ނަޝީދު އައި އެމްޑީއެންގެ ދެތިން ކެނާއިން

    23
    1
  9. ގޮޑިދުއްވާ ސޮރު

    އޭ ބަލަ ގޮޑި ދުއްވާ ނަޝީދު ކަލޭ މިހާރު ތިޔަވަނީ އެ ކުޑަކުއްޖާގެ އަބުރުކަތިލާފައި.. އިރުއަރާ ކޮންމެ ދުވަހު އެބަ ފަތުރާ ކޮންމެވެސް ފިތުނައެއް ދީނޭކިޔައިގެން ބޭނުމަކީ މި ޤައުމުގައި ފައްޅި އެޅުން . އެކަމެއް ނުވާނެ ﷲ ވާގިފުޅާއި އެކު

    26
    1
  10. ރާނީ

    އޭމީދިއާތަކުންތަ އެވާހަކަދެއްކީ މިރާއްޖޭގަ ހުރި ބޮދުގަންޖާ ކަލޭގެ

    2
    1