މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ހައްޔަރުކޮށްފައިވާ ޝައްމާން ހުސެން ދީދީ ދޫކޮށްލައިފިއެެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝައްމާން ދޫކޮށްލާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ޝައްމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެމްޑީއެންގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝަހިންދާ އިސްމާއީލްގެ އެޑިޓު ކޮށްފައިވާ ފޮޓޯއެއް ފޭސްބުކުގައި ހިއްސާ ކުރުމުންނެވެ. ޝައްމާން ފޭސްބުކަށް ލާފައިވާ ފޮޓޯގައި ވަނީ އިސްލާމިކް ސްޓޭޓް، އައިއެސް އިން މީގެ ކުރިން އާއްމު ކުރި ފޮޓޯއެއް ޝަހިންދާގެ މޫނު ފެންނަ ގޮތަށް އެޑިޓްކޮށްފައެވެ.

1 މަހާއި 13 ދުވަސް ފަހުން ޝައްމާން ދޫކޮށްލާފައި ވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އޭނާ ދޫކޮށްލުމަށް މީސް މީޑިއާގައި ކެމްޕޭންތައްވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ހައްޔަރު ކުރި މީހަކަށް ޝައްމާން ވެގެން ދިޔައިރު، އޭނާގެ ފޭސްބުކްގައި ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ، އެމްޑީޕީ އަށް ކުރާ ތާއީދު އަނބުރައި ގެންގޮސްފި ކަމަށް ބުނެފައެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެތައް ބަޔަކު ވަނީ އެމްޑީއެން އަށާއި އެ ޖަމިއްޔާގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ލާދީނީ ސަރުކާރުގެ ބޮޑުންނައް ލަޢްނަތް ލައްވަވާށި. އާމީން

  63
  2
 2. ދދދދދދ

  އެއް ކަމަކަށްފަހު އަނެއް ކަމެއް ކުރަމުން އުޅެމުން އުޅެމުން ގޮސް އެންމެ ފަހުން ޗަކަހިންދާގެ ވާހަކަ އޮއްބާލެވޭވަރު ކަމެއް ހޯދައިގަނެވުނީ އޮތަަ. ސުއޫދު ކަލެއަށް ސާބަސް. ކަލޭ ވަރެއް ނެތް ތިކަންތިވީ ކަލެއަށް.

  16
  1
 3. ކެޔޮޅު

  ތިޔަސަހިންދާއަކީ ކުޑަތާމަލާއިކަތެއްނޫން ފޮޓޯވެސްލެވޭނެ.

  14
 4. އަނދިރި ދައުލަތުގެ ރައީސް މުހަންމަދު ނަސީދު

  މިކަމަށް ބަދަލެއް ނުދޭތަ

  15
  1
 5. އެންދެރި

  އެމްޑީޕީ މެމްބަރު ކަމުން ވަކިވާން ވީ ވަގުތު މިއޮތީ އެވެ. ދެން މަޑުލުރާނެ ކަމެއް ނެތެވެ.

  10
  2
 6. ޚަރުން

  މުޑުދާރު އަންހެނާ..

 7. ހަލިމަ ދައްތަގެ ހުނިގޮނޑި

  ދެންކޮބާ ދީނައްފުރައްސާރަކުރި ލާދީނީބައިގަނޑު އެމީހުން ހައްޔަރު ކުރާނަންތަ ހައްޔަރުކުރެވޭނެތަ

 8. ބޮޑު ހަަސަންބެ

  އިބޫ ވެރިކަމަށް ގެނައުމުގަ އިސް ރޯލެއް ކުޅުނު މީހެއް ޝަހިންދާއަކީ. އެހެންވެ އޭނާ އޭ ކޔައިގެން ކިއް ކިޔާލިއަސް އެމީހުންނަށް ހަޖަމެއް ނުވާނެ. އެމް.ޑީ.ޕީ މީހުން ދެކޭ ގޮތުގަ ޝަހިންދާ އަކީ ރަންގަނޑެއް. އަސްލު ހަގީ ގަތުގަ އޭނައަކީ ލޮއެ ފޮއްޗެއް.

  1
  1