މަރާލައިފައިވާ އަހުމަދު ރިލްވާންއާއި ޔާމީން ރަޝީދަށް އިންސާފު ހޯދައިދީ ނިމުނީތޯ އަހައި، އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އެމްޑީއެންގެ އިސްވެރިޔާގެ މަގާމު ކުރިން ފުރި ޝަހިންދާ މިއަދު ކުރި ޓުވީޓެއްގައި ވަނީ މިހާރު މި ފަސް އަހަރަށް ވާވަރަށް ޑރ.އަފްރާޝީމްއާ ރިލްވާންއާ ޔާމީން ރަޝީދު އަށް އިންސާފު ހޯދާ ނިމުނީތޯ ސުވާލުކޮށްފަ އެވެ.

ރައީސް ސޯލިހަށް އިތުރަށް ފާޑުކިޔައި ޝަހިންދާ ބުނީ ދެން އަނެއްކާ އިތުރު ފަސް އަހަރު ނުލިބިއްޖެއްޔާ ދުވަހަކުވެސް ނުވާނެޔޭ (އިންސާފު ހޯދައި ނުދެވޭނެއޭ) ބުނަން ވެއްޖެ ކަމަށެވެ. "ތިޔައީ ރައްޔިތުންގެ އުއްމީދުން ވައްކަން ކުރާ ދޮގުވެރިއެއް" ޝަހިންދާ ބުންޏެވެ.

 

ރިލްވާންއާއި ޔާމީންގެ މަރުގެ މައްސަލަ ބަލަން މި ސަރުކާރުން މަރުކޮމިޝަނެއް ވެސް ހެދި އެވެ. މިލިއަނުން ބޮޑު ހޭދައެއް އެ ކޮމިޝަނަށް ކުރި ނަމަވެސް އެ ދެ މައްސަލައަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އެހެންވެ އެކަމަށް ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ.

މީގެ ކުރިން ރިލްވާންގެ އާއިލާއިން ވެސް ވަނީ އެ މައްސަލައަށް އޭނާގެ މަރަށް އިންސާފު ނުލިބޭތީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢޭނަ

    އެތިން މީހުންގެ މަރަށް އެކަނިތޯ އިންސާފު ނުލިބިގެން އުޅެންވީ؟ އެކަހަލަ ކިތަށްމަރު މިފަސް އަހަރު ތެރޭ ހިގައްޖެބާ!

    17
    1
  2. އިބްރާހީމް

    ކޮންމެވެސް ބަޔަކު މިހާރު ޝަހިންދާ އާ ވަރަށް ރައްޓެހިވާނެ..

    13
    3
  3. ސަތޭކަ

    ކަލޭ މޮޔަވީތަ ބުނީ ސަތޭކަދުވަހުގެތެރޭ ހޯދާދޭނެވާހަކައެއްނު މިހާރު ކިތައް ސަތޭކަ ދުވަސް ވެއްޖެ އެހެންވީމާ ދެން ނުޖެހޭނެ ހޯދާދޭކައް

  4. މާމީ

    ސަކިންދާ އަކީ ފޭކެއް

    11
    1
  5. ާމުހައްމަދު

    ދައްޖާލު އަނެއްކާ ފާޅުވީދޯ

    10
  6. Anonymous

    ޝަހިންދާ ބުންޏަސް އެއީ ހަމަ ތެދު. ބޮޑު ކައްޒާބެއް.

    7
    1
    • Angela

      ޝަހިންދާ އިބޫއާ ދެކޮޅަށް ނުކުންނާނެ ކަން އެއީ އެންމެން ދަންނަ ކަމެއް އޭނާގެ ޖަމިއްޔާ އުވާލީމަ ވަރަށް ރުޅި ގަދަވެފަ ހުރީ ލާދީނީ ސޮރާ ވަރަށް ގުޅޭނެ މިގޮއްޔެ. ޢިސްލާމް ދީނުގެ އަދުއްވެއް ތިޔައީ

      1
      1
  7. ސަމާ

    އިސްލާމް ދީން ޤަބޫލު ނުކުރިޔަސް ރަނގަޅު އެއްޗެހި އެބަ ބުނެވޭ ދޯ! ދެން ތައުބާވެފަ އިސްލާމް ދީން ޤަބޫލު ކޮށްބަލަ! ދެދުނިޔޭގެ ބާއްޖަވެތިކަން ހޯދުމަށް.

    11
  8. Anonymous

    އިންސާފު ލިބޭނީ ކެނެރީގެ ނަސީދު ހައްޔރުކޮށްގެން ކުރެވޭ ތަހުގިގެއް ފެށުނު ދުވަހަކުން.
    ވިސްނަބަލަ ނަސީދު ބޭނުންވާގޮތަށް އަފްރާސީމާއި ރިޒްވާނުގެ މައްސަލަ ރިޕޯޓް ތައްޔާރު ކޮށް ދިނުމުން ސްޕްރީމްކޯޓްގެ ފަނޑިޔާރުކަން ދިނީ. މާތް ﷲ އަޅުގަނޑުމެން ދުނިޔެއަށ ްފޮނުއްވީ މިފަދަކަންކަމަށް ވިސްނާ ފިކުރު ކޮށްގެން ހަގީގަތާއި ހަމަޔަށް ވާސިލް ވުމަށް.

    6
    1
  9. އަބްދޫ

    ސަހިނަދާއަކީ މީގެކުރިން މިނިވަން ނޫހުގަ އަހްމަދު ރިޒްވާނު ލިއުނު ތަކެތި ލިޔާ މަންޖެ އެއް.އަހްމަދު ރިޒްވާނު ލިއުނީ ފޯމަރ ޕްރެޒިޑެންޓް ޖަހާ ފޮޓޯ ހިމަނައިގެން .ސަހިންދާ މިލިއަނީ އެމް ޑީއެން ގެ ނަމުގަ އެމްޑިއެން އުފެއްދީ ނަސީދު . ނަސީދާއި ހިޔާލު ތަފާތު ވެއްޖެނަމަ އަހްމަދު ރިޒްވާނުގެ މަތިން ހަނދުމަކުރަންޖެހިދާނެތީ އެ ހުންނެވީ ޖަރުމަނަށް އަމިއްލަ އަށް އަރުވާލެވިގެން.

    5
    1