ޖަމިއްޔަތުލް ސަލަފާއި އެ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ހިންގަމުންދާ ހަރަކާތްތަކީ ޓެރަރިޒަމަށް ބާރުދޭ އަމަލުތަކެއް ކަމާއި، އެއީ ސީރިއަސް މައްސަލައެއްކަން، ސަރުކާރުން އުވާލަން ނިންމާފައިވާ، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރިޕޯޓުގައި އެ ޖަމިއްޔާއާ ގުޅޭ ކަންތައްތަކަށް ފާހަގަކޮށްފައިވާކަމަށާއި، އެ މައްސަލަ ތަހުގީގުނުކޮށް ގިނަ އަހަރު ވަންދެން އޮތުމަކީ މައްސަލަ އިތުރަށް ނުރައްކާތެރިވާނެ ކަމެއް ކަަމަށް އެ ޖަމިއްޔާއިން ދެކެމެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ގާނޫނުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެމްޑީއެން އިން ބުނީ، ސަލަފް އުވާލުމަށް ގޮވާލައި އަޑު ގަދަ ވެފައިވާ ކަމަށާއި، އެއީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ، ބުނީ، ސަލަފް އުވާލަން އެ ޖަމިއްޔާއިން ކަންބޮޑުވަނީ، ސަލަފާއި ގުޅޭގޮތުން ކުރެވޭ ތުހުމަތެއްގެ ސަބަބުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ޖަމްއިއްޔާ އުވާލުމަކީ ޑިމޮކްރެސީއާ ހިލާފު ކަމެއް ކަމަށް ވާތީ ކަމަށެވެ.

އަދި ރާއްޖޭގައި ޖަމްއިއްޔާތައް ހިންގުމުގެ ގާނޫނީ އޮނިގަނޑަކީ، އޭގައި ވަރަށް ގިނަ މައްސަލަތައް ހުރި އޮނިގަނޑެއް ކަމަށާއި، ޖަމިއްޔާތައް އުފެއްދުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އެމްޑީއެން އިން ވަނީ ސަރުކާރު ފެއިލް ވެފައިވާ ކަމަށް ބުނެފައެވެ.

އެމްޑީއެން އިން އިތުރަށް ބުނީ، ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރު، ގާނޫނު އިސްލާހު ކުރެވިފައި ނުވާކަމަށާއި، ޔޫތް މިނިސްޓްރީން ދަނީ ގާނޫނާ ހިލާފަށް ޖަމްއިއްޔާތަކަށް ފިޔަވަޅު އަޅަމުން ކަމަށެވެ.

އަދި އެ މައްސަލާގައި ޖަމިއްޔާތަކުގެ ރެޖިސްޓްރާރުގެ އިތުރުން، ޔޫތް މިނިސްޓްރީ ރައްޔިތުންގެ މަޖިލީހަށް ގެނެސް ޖާވާބުދާރީ ކުރުމަށް ވަނީ ގޮވާލާފައެވެ.

ސަލަފް ޖަމިއްޔާއާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް އެމްޑީއެން އިން ގޮވާލިއިރު، އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ބައެއް މެންބަރުން ދަނީ ގޮވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. Anonymous

  ގާނޫނުލް އުގޫބާތުގައާއި ގާނުނުގައި އޮތް ބޮޑު ކުށެއްކޮށް ފިލައިގެން އުޅޭ އަދި ސަސްޕެންޑްކުރި ނަމުގައި އޮްތ ލާދީނީ ޖަމާއަތަކަށް ބަސްބުނުމުގެ ހައްގެއްނޯންނާނެ. އެހެންނޫނަސް ކަލޭމެން ބުނާގޮތަށް ތަހްގީގުކުރަން ކަލޭމެންނަކީ ގައުމުގެ މީހުންތަ؟ ތިއީ ދީނަށް ގޮންޖަހާ ސިޔާސީ/ލާދީނީ އެސައިލަމަ ހޯދައިގެން ތިބި ބައެއްނު.

  66
 2. ރަތްގަލަން

  އެމް. ޑީ. އެން އެބަ އުޅޭތަ. ގައިމު އުވާލައިފިޔޯ

  52
  • Anonymous

   އަނިޔާވެރިކަމަަސް ބޯލަނބާކަށް ނުޖެހޭނެ. ބައިނަލްއަގްވާމީ ހައްގެއް ފްރީޑަމް އޮފް އެކްސްޕްރެޝަންއަކީ. ސަރުކާރު ލާދީނީވީމަ ދުނިޔެ އެކީ އެމީހުނާ އެއްކޮޅަށް ކަމަށް ހީކުރިއަށް އެއީ ކުށްހީއެއް. އިންސާނީ ކަރާމާތް ގަބޫލު ކުރާ އިންސާނުން ދުނިޔޭގަ ވަރަށްގިނަ. ސެކިއުލަރ އެއީ ޝައިޠާނުން. އަގެއްނެތް ޖާހިލު ގޮތއކުޑަބައެއް. އެންމެން ނަފްރަތުކުރާބައެއް.

   44
   • 1111

    ބޭފުޅާ ހާދަ ރުޅި އިސްތިކުރަނީ! ހަމަބިމަށް ތިރިވެ ކެއްތެރިކަމާއި، ހިކްމަތްތެރިކަމައެކު މަސައްކަތްކުރުން ބުއްދިވެރި! ތިހުރިހާ ކަމަކަކާއި ވައްްތަރެއް މި ބިންްމަތީގައި ލެއްވެވި ފަރާތުގެ ކެތްތެރިކަން ބޮޑުކަމާއެވެ! އޮގާވަންްތަކަމާއެވެ!

    13
    3
    • ހަހަހަ

     ހާދަ "ކޫލް"އޭ ދެއްތޯ؟ ލާދީނީ ބޭފުޅެއް ދެއްތޯ.

     5
     1
     • 1111

      އެހެން ދެއްތޮ! ބުނެލާ ބަަަހަކުން ލާދީނީ ކަމުގެ ތައްގަނޑު ޖަހަންޏާ ހުންނާނެތާ ވަރަށް ދީނީ ވެވިފަ! ޙައްޤު ބަޔާން ކުރަންޖެހެނީ ރުޅިއައިސް ފުފިގެން ތިބެ ކަމެއް ނޭގޭ! ީމހުން ރުޅިއަރުވައިގެން އެއްޗެހި ކިޔައިގެން ބޭޒާރުކޮށްގެން ދެރަކޮށްގެން ކަމެއްނޭގޭ! މިހެންނަ މަ ހުންނާނެތާ ވަރަށް ދީނީ ވެވިފަ!

 3. ގެރިމޯދީ

  ކޮމެންޓކުރަން ބިރު ގަނޭ ކޯޓުފަޓުލޫނުގެ އަމުރެއް އައިސް ހިފާހައްޔަރު ކޮށްފާނެތީ.

  48
  1
 4. ޛޮންދޫނި

  .އެއްކަލަ ލާދީނީ ބައިގަނޑު

  44
  2
 5. ދދދދދދ

  މި ލާދީނީ ބައިގަނޑު އުވާލަން ދިވެހި އެންމެހާ ރައްޔިތުން ގޮވިއިރު އަޑުއިވުނު ކަމަށްވެސް ނަހަދާ ތިބެފަ އެވާހަކަ ދެއްކި ބަޔަކަށް ވިއްޔާ ބިރުދައްކާ ގިއްގަޅުވާލަން ދިމާކޮށްފަ.އޮތްތަން މިފެންނަނީ. އެކަމަކު މިބައިގަނޑުން މިބުނީތާ ސަލަފްގެ މައްސަލަ ބަލާށޭ. ނިކަން ބަލަން ތިބޭ ފިސާރި "އަވަސް މައްސަލައެއްގެ ގޮތުގަ" ތެޅިބާލާތަން ފެންނާނެ.

  45
  2
 6. Anonymous

  ކަލޭމެންނަކީ އިސްލާމްދީނުން ބަރީއަ ވެފަ ތިބި ބައެއް، ކަލޭމެންނަށާ ކަލޭމެންނަށް ބައިޢަތު ހިފި މީހުންނަށް އޮތީ ދެދުނިޔޭގެ އަބާއްޖަ ވެރިކަން. މަރުއައިސް ބައްދަލުކުރަންދެން މަޑުންތިބޭ

  45
  1
 7. ނަންނުގަތި

  މިއީ ދީނަށް ޖޯކް ޖެހި އެއްޗެހިތައް ތޮށިން ބޭރުވަނީ ސަލަފްގެ އަޑަށް...
  އެމްޑީޕީ އިން ދީން ނައްތާލާ ދީނަށް ލޯބި ކުރާ މީހުންނަށް އަނިޔާ ވެރިވާން ހިންގާ އެޖެންޑާގަ މުނާފިގު ޝޭހުންތައް ތިބުމަކީ ހިތާމަ ހުރި ކަމެއް. އެހާމެ ބިރުވެރި ރަނގަބީލެއް.

  35
  1
 8. ރާޅު ބޯއީ

  ބަލަ މިއީތަ އެއްކަލަ އުވާލި ލާދީނީ ބައިގަނޑު. މިއަދުގެ ސަރުކާރަކަށް ލާހިކު ކުޅަދާނައެއްނޫން ތިޔަ ޖަމިއްޔާއެއް އުވާލާކަށް. އުވައެއް ނުވެސްލާނެ. އުވާލާކަށް ނުވެސް ކެރޭނެ. އުވާލާކަށް ބޭނުމެއްވެސް ނުވާނެ. ސީދާ މިއީ ލާދީނީ ސަރުކާރުގެ މައުތު ޕީސްއެއް.

  40
  • ހ

   މިމީހުންގެ ވާހަކަ ނޫސްތަކުގަ ލިޔަނީ ކިއްވެތޯ. މިއީ އުވާލާފަ ވާ ބައެއް..

   29
 9. ބުރޯ

  ބަލަގަ މިގައުމުގާ ހުރި ހަރުކަށި ލީޑަރަކީ ނަސީދު ، އަފްރާސީމް އަވަހާރަ ކުރީ ނަސީދުގެ އޯޑަރަށް އުސްފަސްގަނޑު އެމްޑީޕީ ން ހިސާރު ކޮށްގެން އުޅުނު އިރު އުސްފަސްގަނޑުގާ ހުރިން މަރަން ނިންމި މީހުންގެ ލިސްޓުގާ އަފްރާސީމާ އިތުރު ބަޔަކުގެ ނަން އޮތްކަމަށް އޭރު ވާހަކަ ދެކެވުނު ވީމާ އަވަސް ފިޔަވަޅުއަޅާ ނަސީދު ހައްޔަރު ކޮށް ތަހުގީގު ކުރަންޖެހޭނެ. އަދި އަވަހާރަ ކޮށްލިތާ ގިނަ އިރެއްނުވެ އެމީހުން ރާއްޖެ އިންފުރި ވާހަކަޔާ ހައްޔަރު ކޮށްގެން އުޅެނީ ނުބައިބަޔަކު ކަމަށް ނަސީދު ވިދާޅުވި . މިކަން ކަމުން ޔަގީން ކުރެވޭވަރު ނުވޭބާ ؟

  38
 10. ސައިންޓިސްޓު

  އުވާލާފައޭ ބުނީ..

 11. ސަނާ

  ޢެމްޑިއެން އުވވވ ވާލައިފިޔޭ ބުނޭ ދެން ކީއް ވއެނަމުގަކޮމެންޓް ކުރަނީ އަދިއެނަމުގަ ނޫހުގަ ޖެހީމަވވވ ވެސް އެމީހުން އިޝްތިހާރު ކޮސްދެ ވެނީދޯ

 12. އެންދެރި

  އެމްޑީއެން ގެ ނުރައްކާ އަދިވެސް ނޭނގޭ މީހުން އެބަ އުޅެއެވެ. ހާމަ ކޮށްދޭން ވީ އެވެ.

  13
 13. Anonymous

  ނޫނޭ ސޯލިހެއްވާ މިރީ ވެރިކަމުގައި. ރައްޔިތުން ހިތްހަމަ ޖައްސާލަން އުވާލީއޭ ކިޔައިގެން. ޝަހިންދާމެން ހާދަ ފަންވަރު ވެސް ގަދައޭ. ޝަހިންދާ ކައޭމެން ތީ އުވާލާފައި ވާ ބައެއް ނޫޫން ތަ؟ ތިއަޑުގަދަ ކުރަނޫ

  12
 14. ސައިމް

  ސޮހޮލު ވެފައިވާ ސޯލިހަށް އެމްޑީއެން އުވާލެވިއްޖެ. ވެދާނެ ދުއާދެންނެވިފަދަ ވެރިޔަކަށްވީމަ ކަމަށްވެސް ދުނިޔެއިން ބޭރަށަ ފޮނުވައިގެން ވެސް އުވާލަފާނެ ވިއްޔަ. 3 ޝައިހުންގެ ކޮނޑުޖަހާފައިވާ ސަރުކާރުގެ ބަރުބޮޑުވެ ތިރިވޭ އެބަ ނުހިފެހެއްޓިގެން. ގިލިގިލި ކޮށްޓާނެ މީހަކަށް ބޭނުންވަނީ އޭރަށް މިކަން ނިމުނީ..

 15. ގައުމުގެދޫ

  ބަޔަކު ހައިރާނެއް ނުވާނެތަ އުވާލަން ނިންމާފައިވާ އެމްޑީއެން އިން ނޫބަޔާން ނެރެނީ މިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ޚިދުމަތްކޮށްފައިވާ ޖަމްއިއްޔާއެއްކަމުގައިވާ ސަލަފް އުވާލައި ފިޔަވަޅު އެޅުމަށް.

  11
 16. ކުމާރު

  އެމް. ޑީ. އެން އަކައް ނޭނގޭނެ ފިޔަވަޅު އަޅަން ނޫނީ ތަޙްޤީގް ކުރަން ވީ ކަމަކާއި ނުކުރަން ވީކަން ކަމެއް.. ތިޔަ ޖަމިއްޔާ އަކާހެދިވެސް މިރާއްޖެ ބޮޑު ފިތުނަ ވެރިކަމަކާ ކުރިމަތި ލާންޖެހިޖެ.. މި ކިޔަނީ މުޅި ރާއްޖެ ކުރިމަތހި ލާންޖެހުން ވާހަކަ.. ތިޔަ ޖަމިއްޔާ ކޮށާ ކުދި ކޮށްލަންވީ ވީ އެއްމެ އަވަހަކަށް.. އުވާލަން ނިންމުމަކުން އަދި ނުވާނެ އުވާލީމަ އުވާލިކަމަށް ވާނީ.. ދީނީ އިލްމުވެރިން ވެސް މައިތިރި ވެއްޖެ އުވާލަން ނިންމީމަ..ހީވާކަހަލަ އުވާލަން ނިންމި ނިންމުން ހެން އެ އީ އެޅި ފިޔަވަޅަކީ.. އުވާނުލިޔަސް

 17. Anonymous

  އެހެންވީމަ ވަރައްސާފު ޖަމިއްޔަތުލް ސަލަފް އޮތީ ހައްގު މަގުގައިކަން

  10
 18. Anonymous

  ގާނޫނާއި ގަވާއިދާ ޚިލާފްވެގެން އުވާލުމަށް ނިއްމާފައިވާ ޖަމާއަތްތަކުން ގޮވާ ގޮވެލި ނޫސްތަކުގައި ނުޖަހައިދިނުމަށް ގޮވާލަން.

  8
  1
 19. އައްޑޫ މީހާ

  ތިޔަ ލާދީނީ އެމް.ޑީ.އެން އިން ކީއްވެގެންތަ ޓެރެރިޒަމްގެ ދައުވާކޮށް ކުށް ސާބިތުވެގެން ހުކުމް އިއްވާފައި ތިއްބާ ކޯޓްތަކަށް ބިރު ދައްކައިގެން އެކަން ނުވާކަމަކަށް ހަދައިގެން މިސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިބި ޓެރެރިސްޓުންގެ ވާހަކަ ތިޔަ ރިޕޯޓްގައި ނުހިމެނީ ؟

  10
 20. އާމިނަތު

  އަދިވެސް އެބައިގަނޑު އުވައެއްނުލާތަ؟ ލާދީނީ ބައިގަނޑު މިބުނީ

 21. ހުސޭނުބޭ

  މަށަށް ޔަޤީން އެކަން ކުރީ އެމްޑީއެން ގެ މީހުން! އެހެންވެ އެވަރަށް އެ ތެޅެނީ!

 22. ާަބިޖޫ

  މިހާރަކު ތި އެމްޑީއެން އެއް ނޯންނާނެ ވުޖޫދުގަނެއްބަޔަކު ކިހިނެއް ބަޔާންނެރެނީ ހައް ހައް ހާ އިޒްރެލް މީހުންވެސް ދެރަވާނެ އިސްލާމް ދީން އޮތީތީވެ އެމްޑީއެން އިންވެސް އެއީ ސަލަފްދެކެ އަންނަރުޅިއެއް ނޫނޭ އެއީ އިސްލާމް ދީންދެކެއަންނަރުޅި އެހެންވިޔަސް ތިއޮތީ އެމްޑީއެން ސައިޒްކޮއްފަ ދެންލަލަލާ

 23. މިއަދު

  އެމްޑީއެން މިވަނީ އުވާލަންނިންމާފަ އެމީހުންގެ މަސައްކަތް ހުރީ މެކުހުގައި މަޖިލިސް އޮތީ އެމީހުން ދިފާއުގައި ރައިސްސާލުހުރީ އެމްޑީއެން މައްސަލާގައިހަނު

 24. އެމްއެމްއައި

  ތިޔައީ އެއްވެސް ހައިސިއްޔަތެއް ނެތް ޖާހިލު ބައިގަނޑެއް.

 25. ޚަޜީރާ

  ރައްޔިތުންނޭ ބައްލަވަންތިބޭތި ތިކަމުގެ ހިތިރަހަ ދިވެހިންކަރުގަ ލައްވާލާތަން މަޖުލީސް ގެ ދައުރުފެށުމާއެކު ސަލަފު ޖަމިއްޔާ އުވާލަން މަޖުލިސްއިން ނިންމާނެ ކުރިއައް އޮތްތާގަ ހަރުކަށިފިކުރުގެ ނަމުގަ ގިނަބައެއްހައްޔަރުކުރާނެ އިލްމުވެރިން ގެ އަގުވައްޓަން ބަހުގެ ހަމަލާތައް ދޭންފަށާނެ.