މިހާރު ސަރުކާރާއި މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ 13 އަހަރުގެ ކުއްޖަކު ކައިވެނި ކުރިކަމަށް ބުނާ މައްސަލައިގައި ހިމެނޭ އަންހެން ކުއްޖާ މީގެ ކުރިން އެހެން މީހަކާއި ވެސް "ކައިވެނި ކުރުވި" ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ މިހާރު 13 އަހަރުގެ ކުއްޖާ ވިހާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. ކައިވެނީގެ ނަމުގައި އެކުއްޖާ އާއި ގުޅުން ހިންގާފައިވަނީ އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ކަމަށާއި އެ ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރާ ބައެއްކަން އެމީހުން ދިރިއުޅޭ ރަށުން މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖިންސީ އަނިޔާ ލިބެމުންދާ ކުއްޖާގެ ބައްޕަ އަކީ 2007 ވަނަ އަހަރު ހަރުކަށި ފިކުރު ގެންގުޅޭތީ އއ.ހިމަންދޫ އިން ހައްޔަރުކުރި މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެކުއްޖާގެ އާއިލާގެ ރުހުމުގައި، އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ހިނގައިދިޔަ ކަމެއް. މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރު ޕްރޮމޯޓުކުރާ އާއިލާއެއްކަން މުޖުތަމައުގައި އެމީހުން ދިރިއުޅޭ ރަށުން ސާފުކޮށް އެނގޭ. މި ކުއްޖާގެ ބައްޕައަކީ ހިމަންދޫ މައްސަލައިގައި ޖަލުގައި ބަންދުކުރެވިފައިވާ މީހެއްކަން އެނގޭ. މިހާރުގެ ސްޓޭޓަސްއެއް ނޭނގޭ. އެހެންނަމަވެސް ޖަލަށް ލީ މީހެއް ކަމަށް މައުލޫމާތު ލިބިފައިވޭ." ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ 13 އަހަރުގެ ކުއްޖާ "ކައިވެނި ކުރި" މައްސަލައިގެ މައުލޫމާތު އެންމެ ފުރަތަމަ ސަރުކާރަށް ލިބިފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމަށާއި އެކަމާ ގުޅިގެން އެއް ފަހަރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކުއްޖާ ގެނެސްފައިވާ ކަމަށާއި ނަމަވެސް ފަހުން އަނެއްކާވެސް އެކުއްޖާ އާއިލާ އާއި ހަވާލުކުރި ކަމަށެވެ.

"މިކަމާ ގުޅިގެން އެއް ފަހަރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވި، އެކަމަކު ފަހުން އަނެއްކާވެސް އޭނާގެ އާއިލާއަށް ދޫކޮށްލާފައިވާ ކަމާއި މިހާރުވެސް އެކުއްޖާ ހުރީ އާއިލާ ކައިރީގައިކަން އެނގޭ. އެ އާއިލާގައި އެހެން ކުދިން ވެސް ތިބޭ. މިކަމަކީ ވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް، އެހެން ކުދިންގެ ހާލަތު. މި ކުއްޖާއަށް ރައްކާތެރި ގޮތެއް އަދި އެހެން ކުދިންނަށް ވެސް ރައްކާތެރި ގޮތެއް، ހަރުކަށި ވިސްނުމުގެ ތެރެއިން، އަމިއްލަ ދައުލަތެއްގެ ތެރެއިން ނިޒާމުތައް ހަމަޖައްސައިގެން ކުޑަކުދިންނަށް ކުރަމުން މިގެންދާ ގޯނާ، ކުޑަކުދިންނަށް ހުށަހަޅުމުންދާ ނުރައްކަލުން އަޅުގަނޑުމެން އެބަޖެހޭ ކުޑަކުދިންނާއި އަންހެނުން ސަލާމަތްކުރަން،" އޭނާ ވިދާޅުވިއެވެ.

އަންހެން ކުއްޖާ ކައިވެނި ކުރިކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ވިދާޅުވި ނަމަވެސް ފުލުހުން އިއްޔެ ވިދާޅުވެފައި ވަނީ އެކުއްޖާ ކައިވެންޏެއް ކުރިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިއްބެ

    އޭނާ ވިދާޅުވީ ޖިންސީ އަނިޔާ ލިބެމުންދާ ކުއްޖާ އަކީ 2007 ވަނަ އަހަރު ހަރުކަށި ފިކުރު ގެންގުޅޭތީ އއ.ހިމަންދޫ އިން ހައްޔަރުކުރި މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

    ކީކޭބާ ބުނަން މިއުޅެނީ

    މިހެން ޙަބަރު ނުލިޔުނަސް ރަގަނޅު... މުޅިން އޮޅުން ބޮޅުން

    20
    3
    • ދޮޅުރޯނާ

      އިއްބޭ ކުއްޖާގެ ބައްޕަ އޭ އެޔޮތީ ލިޔެފަ އެއްނު.. މީ ކިހިނެއް ކިޔާ މީހެއް..

  2. ސުމީ

    މިއީ ދެން ކިހާދެރަކަމެއް. ބުންޏޭ ބުންޏޭ އައް ޚަބަރު ނުލިޔެބަލަ. އެކުއްޖާ ހަމަޖެހިގެން ދިރިއުޅުނަ ދީބަލަ. އެކުއްޖާ ބޭނުމެއްނުވޭ މަންމަ ދޫކޮށް ދާކަށް. ހެޔޮނުވާނެ އެކުއްޖާ އޭނާގެ މައިންބަފައިންނާ ދުރުކުރަން އެހެންމީހުން މަސައްކަތް ނުކޮށް ތިބެބަލަ.

    19
    13
  3. ޢއ

    ކުށެއްނެތް ކުއްޖެއްގެ އަބުރު ކަތިލަާވަރު ބަލަަލަ!
    ދޮގު ހަބަރެއްމީ...
    މި ރާއްޖޭގައި... މަދުވާނެ ބިކުރުވެރި 18 އަހަރުގެ އަންހެން ކުދީން... މިގޮތް އޯކޭވާނެ. 18 އަހަރު ވުމުގެ ކުރިން ތިބޭނީ ދެތިން ކުދީންނާ ރައްޓެހިވެ ކައިވެނިން ބޭރުގައި ގުޅުން ހިންގާފައި. މީ ނަމުން މުސްލިމު ގައުމެއް. މިގައުމުގައި އޮތީ ވެސްޓާން ކަލްޗަރ.
    ފަހުޒަމާނުގައި ދީނަށް އުޅުމަކީ އަތައް އަގުރު އަލިފާންގަނޑެެއްލައިގެން އުޅުން ފަދަ ކަމެއް. ކެއްތެރިވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން ވާގިއެދޭށެވެ. އެކަލާނގެއީ ނިކަމެތި އަޅުން ރައްކާތެރިކޮށް ބަލހައްޓަވާ އިލާހެވެ.

    42
    7
    • ހައި

      ތި ގޮތަށް ކަންތައްތައް ހިނގަނީ މައިންބަފައިންގެ ސަބަބުން. އަދިވެސް މިކަމަށް ހިތްވަރު ދޯ ތި ދެނީ. ތިމަންނަމެންގެ އުޅުން ރަނގަޅު ކުރާކަށް ނުވޭ. 18 އަހަރު ނުވަނީސް ބިކުރު ކެނޑެނީ ކާކުގެ މިސްޓޭކަކުންތޯ ބަލަންވީނުން. ރަނގަޅު ތަރުބިއްޔަތެއް ނުދެވި މިކަހަލަ ކަންކަމަށް ތި ސަޕޯޓް ދެނީ. ހާދަހާ ސިކް މީހުންވެސް އުޅޭޔޭ ދޯ

      7
      2
      • ޢއ

        ސިކް އޭނުކިޔާ ހަގީގަތާ ކުރިމަތި ލާބަލަ. ސްކޫލްތަކުގައި ކިޔަވައިދެނީ އަންހެން ފިރިހެން މިކްސް ކޮށް.. ގްރޭޑް 9 ގަ ކިޔަވަދޭނެ ބާރތް ކޮންޓްރޯލްކުރުމާއި ރީޕްރޮޑަކްޝަން. އަހުރެމެން އިންސާނުން އުފައްދަވާފައި ވަނީ ނަފްސުގައި އެދުންތަކެއް ލައްވާފައި. މައިންބަފޢިން ބެލެހެއްޓިއަސް ކުދީން ސްކޫލްގައި ކުރަަކަންކަން ނުބެލޭނެ.
        މި ގައުމު ކޮޕީ ކުރާ ޔޫ.އެސް.އޭ ގެ ސިޓީ އެއްގަ ބޮޑުވާ އުމުރަކީ 14. ޢަދި އެ ގައުމުގަ 16. މި ރާއްޖޭގައި ކުރިން 16 މިހަަރު 18.
        ކުއްޖަކު ބާލިޣުވުމަށްފަހު އެ ކުއްޖާކައިވެނިކުރަން ބޭނުން ވެއްޖެނަމަ ކައިވެނި ކޮށްދޭން ޖެހޭނެ. ނޫން ނަމަ އުފެދޭނީ ފަސާދަ. އިންސާނުން އުފެއްދެވި ފަރާތް މޮޅައް ދެނެ ވޮޑިގެންވޭ އަހުރެމެނައް އެންމެ ރަގަޅުގޮތް. ބަޔަކު ﷲ ތަޢާލާގެ ޝަރީޢަތުގައި ވަކިގޮތަކައް ވަނިކޮށް އެމީހުންގެ ކޮށި ވިސްނުމަށް ފެންނ ގޮތައް އަމަލު ކުރަން އަހުރެމެންނަށް މަޖުބޫރު ކުރުވާތީ މައްސަލައަކީ.

        1
        1
  4. އަބޯ

    ތިޔަ ހިމެންދޫ މީހުން ލައްވާ ހުރިހާކަމެއް ހިންގުވީ މައުމޫނަށް ޖެއްސުން ކުރުމަށްޓަކާ ނަސީދު ނޫންތަ ؟ ނަސީދު 2008 ގަ ވެރިކަމަށް އައުމަށް ގައުމު ހަލަބޮލި ކުރުމަށް ނެރުނު ބައެއް ތިޔަ ހިމެންދޫ މީހުންނަކީ ވެސް.

    34
    9
  5. ދިވެހި

    މީގެން އެނގެނީ އަހަރެމެން ފެއިލް ވެފައިވާވަރު. ވަކިވަކި ފަރުދުންގެ ގޮތުގަވެސް. މައިންބަފައިންގެ ގޮތުގަވެސް. މުޖުތަމައެއްގެ ގޮތުގަވެސް. ގައުމެއްގެ ގޮތުގަވެސް. ހުރިހާ ގޮތަކުން ފެއިލްވެފަ.

    44
    4
    • ސަންފާދިޔެގެ ޝިނާޒް

      މިކަމުން އިނގެނީ ޖުމްލަކޮށް ރައްޔިތުން ފެއިލްވެފައިވާކަން. ވެރިކަމާއިހެދީ އުޅޭ ބައިގަނޑުތައް އައިސް ދައްކާ ވާހަކަތަކަށް ގޮސް ގެއްލިހުސްވީމާ ރަނގަޅެއް ނުބައެއް ނޭގި ބަޔަކު ހޮވަނީ.
      އައްނަ ފޯރީގައި ވޯޓެއް ދިނުމުގެ ކުރިން ވިސްނާފައި ވޯޓް އަޅަން ފެށީމާ ވެރިކަމަށް ގުންޑާއިން ކުރިމަތި ނުލާނެ. ތައުލީމީ ބަޔަކު ވެރިކަން ކުރަބް ފެށީމާ ރައްޔިތުންނަށް ފައިދާ ކުރާނީ.
      ވެރިކަމޭ މިބުނަނީ.. ކައުންސިލް، މަޖިލިސް އަދި ރައީސްކަން .

      13
      4
  6. ....

    ތިޔައީ ހަގީގަތަކައް ވަންޔާ އެއީ މައިންބަފައިންއެއް ނޫން... މައިންބަފައިން ދަރިޔަކައް އެހާ ދެރަދޭކައް ނުކެރޭނެ .... އެމީހުންއެ ދީނުގެ ނަމުގަ ހައްދު ފަހަނަ ައަޅާ ދަނީ އެމީހުނައް ނޭނގެނީތަ އަސްލާމްދީން ގަ އަންހެން ދަރިޔަކު ރަނގަޅު ތަރުބިއްޔަތެއް ގޮތުގަ ބަލާބޮޑު ކުރުމަކީ ކިހާ ބޮޑު ނިއުމަތެއްކަން ... ﷲ އައްޖަ ވާބު ދާރީ ވާން ޖެހޭނެ ކަމެއްކަމެއް... ﷲ އަހަރެމެނައް ސާފުސީދާ ވެގެން ވާ ތެދުމަގު ދައްކަ ވާށި...