ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 15:00 އަށެވެ.

މަހުލޫފް ފުލުސް އޮފީހަށް ހާޒިރުކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު މަހުލޫފް ބޭނުން ކުރަމުން އަންނަ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން މަހުލޫފް ވިދާޅުވީ ވަރަށް ކެރިގެން ހާޒިރުވާނެ ކަމަށާއި ޖަލަށް ލިޔަސް ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު މަހުލޫފް އަކީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތެކެވެ.

ކުރެއްވި ޓްވީޓަކާ ގުޅިގެން މީގެކުރިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ފުލުސް އޮފީހަށް ހާޒިރުކުރިއިރު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް ފުލުހުން ވަނީ އަތުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު މީހާ

    ތީ މަހުލޫފަކީ ކެނަރީގޭގަ އުޅޭ މޮޔަކުއްޖަ އާއި ހަމަ އެއްފަދަ ކުއްޖެއް. ތި ސޮރު މިހާރު ދެން ގެންދަން ވެސް ވީ ޕޮލިހަކަށް ވެސް ނޫން. ތިސޮރަށް މިރާއްޖޭގަ އޮތް އެންމެ ރަނގަޅު ތަނަކީ ގުރައިދޫގަ ހުނަ މޮޔައިން ބަލަހައްޓާ މަރުކަޒް.

  2. ޖަމީ

    މީނަ ހިތުން މި ވަރަށް ގައްޑާ މީހެއް.