ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީ އަށް މިރޭ ފުރާ ވަޑައިގެންފިއެވެ.

ރައީސް ސާލިހުގެ އަރިހުގައި ނަޝީދު ފުރާވަޑައިގަތުމުގެ ކުރިން މިރޭ ކުރެއްވި ޓްވީޓުގެއްގައި ވިދާޅުވެފައި ވަނީ މި ދަތުރަކީ އެ ގައުމުގެ ސަރުކާރުގެ ފަރާތުން ލިބިފައިވާ ދައުތަވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ވަޑައިގަންނަވަނީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި މިހާރު އޮންނަ ރަނގަޅު ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރުމަށް ހަމަޖެހިފައިވަނީ އަބޫދާބީ ސަރުކާރުން ކަމަށް މައުލޫމާތު ލިބޭއިރު މިއީ ރައީސް ސޯލިހާއި ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބިޖޫ

    ސްބްހާނައްﷲ ދެސައިތޯނުން މި އަރަބި ގައުމުތަކައް އަރަނީ އެތަންތަން ފަސާދަކުރަންވީބާ
    ޔާ ﷲ ޔާ ﷲ މިނުބައި ނުލަފާ ޖާހިލުންގެ ކިބައިން މިގައުމާ ރައްޔިތުން ސަލާމަތް ކޮއްދެއްވާނދޭ އާމީން

    75
    8
  2. ޖޯޑަންބީރު

    އިންޑިޔާއިން ޔަހޫދީ ރޭވުންތައް ރާވާ މައިހަބަކީ އަބޫދާބީ. އެތަނުގައި ތިބެގެން އިންޑިޔާ އިޒްރޭލު އިގެރޭސިން ހުރިހާ ގޭމެއް ރާވަނީވެސް. ހަމައެކަނި އަސް ރޭހެއް ބަލާލަން ޕަޕެޓުން ގެންދާނެ ކަމަށް ގަބޫލު ކުރަން ހެޔޮނުވާނެ. ބޮޑުވެގެންވާ ބޮޑު ގޭމެއް ތިޔަ ދަތުރުގެ ފަހަތުގައި ނެތުމަކީ ނުވެ ނުދާނެ ކަމެއް

    58
    5
  3. ިޮފަލިނަރަ

    ސަަޅި ޖެޓެއް ރައީސް.....ހހހހހ

    7
    35
  4. ބޮޑު ލާދީނީ

    ފަހު ޒަމާނުގެ ފިރްއައުނު އަދި ހާމާން. މި ނުބައި ނުލަފާ ދެމީހުންނާއި، މި ދެމީހުންގެ ބައިވެރިންގެ ނުބައިކަމުން މި ދިވެހި ރާއްޖެ ސަލާމަތް ކުރައްވާނދޭވެ.

    69
    7
  5. ޢިއްސޭ

    ތި ބަލާނެ ކަމެއްވެސް ނެއް ސަރާބީ ސުވާލެއްވެސްނެއް

    2
    1
  6. rahyithumeehaa

    ނާ...ނާ...ނާ ބިޖޫ ތިހެންނުބުނޭ. މިރާއްޖޭގެ ކުދިބޮޑު އެންމްން އަތްޖަހާ ??? ތީ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު ޕްރިންސަކަށް ވާން ވާއިރަށް ޖަޒީރާރާއްޖެއާ އެއްއްގޮތަށް އެކުވެރި އަރަބު ޖަޒީރަތުލް އިމާރާތުގައި އޮންނަންވާ ދީނަކާއި، އަދުލުއިންސާފާ ބެހޭ މަހާސިންގާއެއްގަ ބައިވެރިވެ ވަޑައިގަތުމަށް.????

    3
    1
  7. Anonymous

    ހަލާކުހުރި

    4
    1
  8. Anonymous

    ޔާމީނުޖަލަ އްލާފަ ސިކުނޑި ތާޒާކޮށްލަންދޯ، އިސްލާމީ އުއ އްމަތަށް އުފެދުނު ދެޖަ އްބާރުުން، ނިމުން ހުރިގޮތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

    5
    1
  9. ކުޑަތުއްތު

    ﷲއިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިސަރުކާރު ނިމުމަކައް އަންނާނެ މީމިހާތަނައް ދިވެހިރާއްޖޭގަ އުފެދުނު އެންމެއަނިޔާވެރިސަރުކާރު

    5
    1
  10. Anonymous

    މާތްﷲ އިރާދަކުރަށްވަ އިފި ނަމަ ތިދަތުރަކީ ދެވެރިންގެ އެންމެ ފަހު ދަތުރުކަމުގަ އިވެސް ވެދާނެ، އަދި ބާ އްޖަވެރި ދަތުރެ އްކަމުގަ އިވެސް ވެދާނެ،

    5
    1
  11. ހަސަންބެ

    ސައުދީ ރަސްގެފާނުގެ އިލްތިމާސް އެއް ހަވާލުކުރަން ތި ހަވާލު ކުރީ އިމާރާތާއި. ޔާމީން ޖަލުގައި ނުގެންގުޅެވޭނެ ކަމުގެ ފުރަތަމަ އަލާމާތް ފެނުނުލެއް ލަސްތަ. ރަން އިލޮށިން ކަދުރު ކާންދީފާއި ދޮންމޮހޮނާއި އަލިފުޅު އަބުރާފޮނުވާ. އައިސްފަޖެހޭނީ ގެއަށް ބަދަލުކުރަން ނޫނީ ރާއްޖޭން ބޭރަށް ފޮނުވާލަން. އަދި އިންތިހާބާއި ދިމާކޮށް ސްޕްރީމްކޯޓުން ޔާމީންގެ މައްސަލަ އެއީ ނުގަވައިދުން ހިންގާފައި އޮތް ޝަރީއަތެއްކަން ނިންމާނެ.

    5
    1
  12. ޚަރުން

    ނުބައިވެގެންވާ ނިމުމެއް މި ދެ މުނާފިގުންނަށް މިންވަރުކުރައްވާނދޭ..އާމީން

    6
    1
  13. Anonymous

    މީ ކެހެނަކުން ދުޢާދެއްވާފައިވާ ހުންނަ ރައީސެއް ތޯ ބަލަން އެބަ ޖެހޭ. ރައްޔިތުންގެ ލޮލުން ލޭކަރުނަ އޮހޮރޭ އިރުވެސް އުފާފާޅު ކުރަން ބޭރަށް. ރައްޔިތުންގެ އިޙްސާސްތައް ކިހާވަރަކަށް ބާ މިރައީސަކަށް އެނގެނޫ .

    5
    1
  14. Anonymous

    ޔާﷲ! މިދެމީހުން އަނބުރާ މިރާއްޖެއަށް ނާދެވޭގޮތް މިންވަރު ކުރައްވާފާނދޭވެ. އާމީން!

    5
    1