ހުރިހާ ގަލެއް އޮތީ އެއްތަނެއްގައި ކަމަށާއި އިދިކޮޅު ކެންޑިޑޭޓް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިހެން ވިދާޅުވީ އޭނަ ކުރި ޓުވީޓެގައިއެވެ. މުސއްތަފާ އެޓުވީޓްގައި ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވިގޮތަށް ނުވި ކަމަށާއި, އެކި ގާ އޮތީ އެކި ދިމާލަކު ނޫން ކަމަށާއި ހުރިހާ ގަލެއް އޮތީ އެއްތަނެއްގައި ކަމަށެވެ. އަދި އިރާދަ ކުރެެއްވިޔާ ގުޅިފައިވާ ޕާޓީ ތަކުން އެއް ކެންޑިޑޭޓް އަކު އިއުލާން ކުރެވިގެން ދާނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިހެން ވިދާޅުވެފައި ވާއިރު ރިޔާސީ އިންތިހާބު ކައިރިވަމުންދާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން " ވަގުތު" ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު އޮތީ ވަރަށް ބޮޑަށް ރޫޅި ބައިބައިވެފައި ކަމަށާއި، އެބޭފުޅުންގެ ވަކި މިސްރާބެއް އަދި ވަކި ލީޑަރެއް ނެތް ކަމަށެވެ.

"އިދިކޮޅު އެއްވެސް ޕާޓީއެއްގައި މިވަގުތު ލީޑަރެއް ނެތް, އިދިކޮޅު އެމްޑީޕީގެ އަދި ޖޭޕީ, އަދާލަތު ޕާޓީގަވެސް ލީޑަރެއް ނެތް, އިދިކޮޅުގައި އިސްކޮށް ތިއްބެއްވި ބޭފުޅުންގެ ތެރޭގައިވެސް މިވަގުތު ވަނީ ބައިބައިވުން އުފެދިފައި, ރިޔާސީ ޓިކެޓާ މެދު އެބޭފުޅުންގެ ތެރޭގައި ދަނީ ކޯޅުން ބޮޑުވަމުން" އަދުރޭ ވިދާޅުވިއެވެ.

އަބްދުﷲ ރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓް ބޭނުން ނުވާ ހަމަ އެކަކުވެސް އިދިކޮޅުގައި ނެތް ކަމަށާއި, އިދިކޮޅުން ނެރޭން އުޅޭ ކެންޑިޑޭޓުންނަކީ އިންތިހާބުގެ ގާނޫނީ ޝަރުތު ހަމަވާ ބައެއް ނޫން ކަމަށެވެ.

ހަމަ މިއާއެކު އިދިކޮޅުގައި އުފެދިފައިވާ ކޯޅުމާއި ގުޅޭގޮތުން "ވަގުތު" އިން ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި މިހާރު ވަނީ ކޯޅުންތަށް އުފެދެން ފަށާފައި ކަމަށާއި އެކަކު ދައްކާ ވާހަކަ އަކާއި އަނެކަކު ދައްކާ ވާހަކަ ދިމާ ނުވާކަމަށެވެ.

"އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިއްޖެ, އެއީ ޑީއާރުޕީ ފެއްކްޝަން އާއި ނަޝީދު ފެކްޝަން. ރިޔާސީ ޓިކެޓް ހޯދުމަށް މި ދެފްޝަން އިންވެސް ދަނީ މައްސަކަތް ކުރަމުން" ހަލީލް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތަކުން އެކުވެގެން އަންނަ ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓް ހުންނެވީ ތައްޔާރަަށް ކަމަށާއި ވަގުތު ޖެހުމުން އެއީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށް އެފަރާތްތަކުން މީގެ އެތައް ދުވަހެއް ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެ ކެންޑިޑޭޓަކީ ކޮބައިކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޯއްޗެއްތޭ ތިމަރޭ މެން ކިޔަނީ. ތަމެން މަހަށް ދޭބަލަ ދެން. މީ ދެން ކޯއްޗެއްތޭ ދަ ރާއްޖެތެރޭ ލަނޑާ ނަގަން އުޅުނު ގްރޫޕް ދޯ މިއެއްޗިއްސަށް އިނގޭނެ ޕޮލިޓިކްްސް ހުންނަ ކަން މަމެން ނުދަންނަން ދޯ. ތަމެން މަހަަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން.

    • ސޯލް

      މިހާރުވެސް ކަލޭ މަހައް ތިދަނީ މުސްތަފާ ދޯނިން...... ހަޔާތް ކެނޑުނަސް ތީ ހުކެއް ބޮޑުވަރު.....

  2. ޙަފްޞާ / މާލެ

    މަޢުރަޟެއް ބާއްވަންތަ ތި އުޅެނީ؟ ކޮންމެ މީހަކު ނެރުނަސް އިންޝާއަﷲ ފުރަތަމަ ލަކިން ރައީސް ޔާމީން ހޮވާނީ!!!!

  3. ނަހީ

    މުސްތަފަބެ ޔާމިން އަގައިން ނުބުނެ ހުރެ މުޅިގައުމު ތަރައްގީކޮށްފި ވޭތުވެދިޔަ 35އަހަރު ނުފެންނަ ވަރުގެ ތަރަށްގީ ގެނެސްފި ހުރިހަ ދިވެހިންވެސް މިކަންދަނެ ތިކަހަލަގެ ތަންދޮރު ނުދަންނަ މިހުން ތިހެން ތެޅެނީ ވަރަށް ސަލާމް ހަޖަމް

  4. ހުސޭނުބޭ

    ކެނޑިޑޭޓަކު އިޢުލާންކުރާ ހިސާބުން ފެށިގެން ތި ހުރިހައި ގަލެއް އެކަކު އަނެކަކާ ދިމާލަށް އުކައި ބޯފަޅާލާނެކަން ޔަޤީން.