ރާއްޖޭގެ ސެންޓްރަލް ބޭންކު ހަދަންވީ ނައިޓް ކަލްބަކަށް ކަމަށާއި، ބޭންކުގެ ބަދަލުކޮށް، އެތަން ސްޕާއަކަށް ހަދަންޖެހޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޖާބިރު ވިދާޅުވީ ރާއްޖޭގެ ސެންޓްރަލް ބޭންކުން ކަންކަން ކުރަމުން އަންނަނީ، ސެންޓްރަލް ބޭންކަކުން ކަންކަން ކުރަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި ސެންޓްރަލް ބޭންކުގައި ހުރީ ބޮޑު އިމާރާތެއް ކަމަށާއި، އެތަނުގައި ހަދަންވީ ސެންޓްރަލް ނައިޓް ކްލަބެއް ކަމަށް ޖާބިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ބޭންކުގެ ބޯޑު ބަދަލުކޮށް، ސްޕާއެއް ހަދަންވީ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

"ސެންޓްރަލް ބޭންކުން ކަންތައްކުރަންޖެހޭ ގޮތަކަށް ނޫން މިރާއްޖޭގެ ސެންޓްރަލް ބޭންކުން ކަންތައްކުރަނީކީ... ސެންޓްރަލް ބޭންކުގެ ބޮޑު އިމާރާތެއް ހުރީ... އެތާނގަ ސެންޓްރަލް ނައިޓްކްލަބެއް ހަދަންވީ... އިއްޒަތްތެރި ރައީސް... ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު ބަދަލުކުރޭ.... އެތާ ސްޕާއެއް ހަދާ..." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސެންޓްރަލް ބޭންކަކީ ދިވެހިންގެ ކަރުގައި ހިފާ ބޭންކެން ކަމަށެވެ. އަދި އެ ބޭންކުން ފައިސާ ލިބެނީ ތިން މީހަކަށް ކަމަށެވެ. މީގެ އިތުރުން އެ ބޭންކް މިހާރުން މިހާރަށް ބަންދުކުރަން ޖެހޭކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ދުނިޔެގޭ ހުރިހާ ތަނެއްގައިވެސް މަނީ ލޯންޑަރިންނަކީ ސީދާ މަނާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކޮށްފައިވާ ބޭންކެއްގެ ލައިސަންސް ވަގުތުން ވަގުތަށް ބާތިލްނުކޮށް އޮތީ ކީއްވެގެންތޯ އެމްއެމްއޭގެ ގަވަރުނަރާއި ސުވާލުކުރަން ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހުސޭނުބޭ

  އަނެއްކާ ކޮން ބްރޭންޑެއްގެ ޝަރުބަތެއް ބައްލަވައިގެންތޯ މިއަދު މަޖިލީހަށް ތި ވަޑައިގަތީ!

  44
  2
 2. ޖާބިރު

  a.k.a. Little Tuna

  Dogtooth Tuna

  Loa Bodu Kanneli

  20
  1
 3. ޢޅި

  ޖާބިރު ތިބުނީ ރަނގަޅަށް ރައްޔިތުންގެ ކަރުގައި އެބޭންކުން ހިފާ އަދި ލޯނެއްދެނީވެސް ބޭނުންބަޔަކަށް މިކަން ހުއްޓުވަން އެބަޖެހޭ. މަޖީދީމަގު ބޭްންކުގަ އިންނަ މަންޖެ އަށް ނިމިނީ 2ފޫޓްގެ ފައިވާނަކޢައް އެރުމުން. އެއްކަމެއްވެސް ނުވޭ

  17
  2
 4. ރޮނޑާ

  ކާށިދޫ ދާއިރާގެ މެމްބަރ އެހެރީ ބުއްދިފިލާ ގޮސްފަ. މީނަ މަޖުލީހުގެ ކުފޫ ހަމަ ނުވާ ކަމައް ނިންމާ މަޖުލުހުގެ ތަޅުމުން މީނަ ބޭރު ކުރެވޭނެ ގޮތެއް ނެތްތަ؟މީނަ އެއްމެ ފަހަރަކުވެސް ނުދައްކާ ރަގަޅު އެއްމެ ވާހަކައެއްވެސް.

  17
  7
 5. މީކާއީލް

  ރައްޔެތުންގެލާރީގަ ދިވެހިދައުލަތައް ނުފޯރާވަރުގެ ބޮޑެމުސާރައެއް ނަގައިގެން މިމީހުން މަޖްލިހުގަ ޗަރުކޭސް ކުޅޭތަންމިފެންނަނީ. މިތަންބޮޑު ކުޅޭކުޅޭ ތަނަކައްހަދައިފި. މިތަނައްލާންފެނޭ ކުޑަކުދިން ކުޅޭ ޕާކްތަކުގަހުންނަ ތަކެތި. ޖާބިރު ކިޔާނެކަމެއްނެތް ދެންތިބި “ހޭޖެހޭ” މެމްބަރުންވެސް އެތިބެނީ ހެވިފަ. މިގޮތުން އެހެންމެމްބަރުން ބައިވެރިވަނީ މިކުޅުމުގަ. ދެންއަހަރުމެންވީހަމަބަލަންތިބެން؟

  10
  2
 6. ވަޒީރެއާލާ

  މިހިރަ ބޮޑު ޖާހިލެއްތާދޯ؟ ސެންޓްރަލް ބޭންކާއި، ބޭންކް އޮފމޯލްޑިވްސް ވެސް ވަކިކުރާންނޭގޭ މަރުމޯލެއް މަޖިލީހަށްވަދެ މިހިރަ ތަޅުވާ އަނގައަކުން ދީޔާނާ ލަދެއް ނުގަނޭބާ؟ އަހަން މިހުންނަނީ ލަދުން ދެފާ ކާރިކޮށްލަން ނުކެރިފާ.

  16
  4
 7. މުޖޫ

  ކަލޭގެ ގެ ހަދާބަލަ ނައިޓްކުލަބަކަށް، ކަލޭ ހުންނާނީ ބޮޑޭ ހެދިފަ. ދިޔާނާ ހުންނާނެ ހޮޅި ޑާންސް ކުރަން.

  19
  1
 8. ނަބާ

  ޖާބިރު ބަދަލަު ކުރަންވީ “ ޖާބިރާ” އަށް އޭރުން އަޑު އަހާ މީހަކު ހީކުރަނި “ އަންހެނެއް” ކަމަށް އެހެންޏާ ފަހެ މިކަލޭގެ ދަައްކާ ވާހަކައިން މީހަކު މޮުޔަ ވެދާނެއެއް ނޫންތަ؟؟

  8
  4
 9. ޖާޒީރާ ބޯއީ

  މިފަހުގެ ތާރީހުދުއް ހަމައެކަނި ދެބޯގެރި މީ.

  12
  2
 10. ނަނާ

  ރާއްޖޭގައި މި ނުބައިވަނީ އިމާރާތްތައް . އެތާގަ ވަޒީފާތަކުގެ ތިބޭ މީހުންނަކަށް އެއްކަމެއްވެސް ނުވޭ.. ލޮލް .. މީހަކު ނުބައިކޮށް ނަމާދުކުރިމަ ވެސް ތަޅާލަން ގޮވާނީ މިސްކިތް..

  7
  1
 11. އާދަނު

  މި ކިޔާލުމުން އެނގުނީ މި ލިޔުނު އަހްމަދު އަނަސް އަށް ސެންޓްރަލް ބޭންކަކީ ކޮންތަނެއްކަން ނޭންގޭކަން.

  3
  2
 12. އަލްޖިބްރާ

  ކަލޭ ބޯހަމަޖެހޭތޯ ޑޮކްޓަރަށް ދައްކަންވެއްޖެ ! ބަންދު ކުރަންވީ ބޭންކް ތަ ؟ނުވަތަ އެތާތިބި ބަޔަކު ތަ ؟

  3
  1
 13. ބޯކިބާ

  މަޖިލިސް ނިމިގެން ނޫސްވެރިން ދިޔައިމަ ހަވީރު ވަކިގަޑިއެއް ހަދާފަ މީނަ އެކަނި ވަކިން ތިތަނަށް ވައްދަންޖެހެނީ. މަޖިލީހަކީ ބޭކާރު ކަރާޓީ ވާހަކަ ދައްކައިގެން އިސްތިހާރުވެ ފިލްމުކުޅެން އޮތްތަނެއްނޫން.

 14. ނުދެނަހުރިން

  ސެންޓްރަލް ބޭންކަކީ މޯލްޑިވް މަނިޓަރީ އޮތޯރިޓީ ( އެމް އެމް އޭ) އެވެ. ބޭންކް އޮފް މޯލްޑިވްސް އެ އް ނޫނެވެ. ރިސޯރޓް އޯނަރ އަދި ޢި އްޒަތްތެރި މެމްބަރަށް އެވަރު އެނގިނުލެ އްވީތީ އަހަރުމެން ލަދުވެތި ވަމެވެ.

  5
  1
 15. ހައި

  ނައިޓް ކްލަބު ދޯ؟ ތިވެސް ދެން ހިޔާލެއް، އެކަމަކު ތާކުންތާކު ނުޖެހޭކަން ދެރައީ