ޖަލަށް ލެވިފައިވާ ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސް ތަޅުމުގައި އިދިކޮޅު މެމްބަރުން ކުރަމުންދާ އިހުތިޖާޖުގައި "އެއްވެސް ވަރެއް ނެތުމުން" ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ ދެވަނަ ދަންފަޅި ފަށައިގެން ކަހަލަ ގޮތަކަށް ރަައީސް ޔާމީނަށް ތާޢީދުކުރައްވާ 3 ބޭފުޅަކު ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މަޖިލިސް ތަޅުމުގައި އަޑުއުފުލާފައެވެ. "ރައީސް ޔާމީން ދޫކޮށްލާ" ޖަހާފައި ހުރި ޕޯސްޓަރުތަކެއްވެސް ބޭނުންކޮށްގެން މަޖިލިސް ތަޅުމުގައި އަޑުއުފުލުމުގައި ޢަމަލީގޮތުން އުޅުއްވާފައި ވަނީ ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސަޢީދުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނެވެ.
އެބޭފުޅުން އަޑު އުފުލަމުން، އިހުތިޖާޖް ކުރަމުން ގެންދަނިކޮށް މަޖިލިސް ރައީސް ވިދާޅުވީ ރައްޔިތުންނަށް އެ ހަޅުތާލު ކަމަކު ނުދާ ކަމަށެވެ.
"ޓީވީ ބައްލަވަމުން ގެންދަވާ ރައްޔިތުން ވަރަށް ބޮޑަށް ހިތް ހަމައެއް ނުޖެހޭކަމަށް އަޅުގަނޑަށް އެބަ މައުލޫމާތު ލިބޭ. އިހުތިޖާޖުގައި އެއްވެސް ވަރެއް ނެތުމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖުލިސް ޖަލްސާގެ މުހިއްމު މަސައްކަތެއް ކުރާ ދަނޑިވަޅެއްގައި އިހުތިޖާޖު ކުރާ މެމްބަރުން ފިޔަވައި އެހެން އެއްވެސް މެމްބަރަކު، އަދި ވަކިން ޚާއްސަކޮށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާހަކަވެސް ނުދައްކާ ތިއްބެވުމަށް އެދޭ ކަމަށެވެ.
"އިހުތިޖާޖު ކުރައްވާ މެމްބަރުން ފިޔަވައި އެހެން މެމްބަރުން އެއްވެސް ވާހަކައެއް ނުދައްކައި ތިއްބެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،
ހިނިފުޅުވެސް ނުވެޑުވުން، މިތަނުގައި ރީތިކޮށް އަޅުގަނޑަށް މި މަސައްކަތް ހިންގޭނެ ގޮތަކަށް މެމްބަރުން ކުރިއަށް ގެންގޮސްދިނުމަށް އެދެން. ޚާއްސަގޮތެއްގައި އެމްޑީޕީގެ އެންމެހޭ އިއްޒަތްތެރި މެމްބަރުން އެއްވެސް ވާހަކައެއް ނުދައްކައި، މިތާ ތިއްބެވުމަށް އެދެން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައެއްގައި މަނީ ލޯންޑްރިންގް ޤާނޫނުގެ ދަށުން ކުށްވެރިވާ ކަމަށް ސާބިތުވެ، ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
ކަލޭ ތިހެންބުނި 2011 ވަނަ އަހަރު ފަހުކޮޅު ރާއްޖޭގެ ޢިލްމުވެރިންނާ ދިމާލަށްވެސް! ދެން އިދިކޮޅު މީހުން ކަލޭމެން ހަދާހެން ރައްޔިތުންގެ މަޖިލީހުގައި ހުޅުނުޖެހީމާ އެ ވަރެއް ނެތީދޯ!
ކެނެރީގޭ ނަޝީދަށް މިއަދު ތަޔަހެން މަލާމާތްކޮށްލަ ކޮށްލަ އިނދެވިދާނެއެވެ. ރައީސް ޔާމީންގެ ދިފާޢުގައި ކުރެވޭ ކަންތައް ތަކުގެ ތެރެއިން މި އަނިޔާވެރި ސަރުކާރު ނިމިގެންދާ މަންޒަރުވެސް ދެކެން ހުންނަވާށެވެ. މިވެރިކަން ލަސްތަކެއް ނުވެ ނިމޭނެއެވެ. މަޖުލީހުގެ ރަޢީސް ޓެރެރިސްޓް، އަދި ޑިކްޓޭޓަރ ނަޝީދު ޖަލުގޮޅީގައި އޮންނަދުވަހުން އަހަރެމެން މަލާމާތެއް ނުކުރާނަމެވެ. އަަހަރެމެން ކުރާނީ ޝުކުރެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައެއްގައި މަނީ ލޯންޑްރިންގް ޤާނޫނުގެ ދަށުން ކުށްވެރިވާ ކަމަށް ސާބިތުވެ، ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
ޚަބަރުގެ މިތަންކޮޅު " ސާބިތުވެ އޮތް ތަން ސާބިތު ކުރުވާ " ބަދަލު ކޮށް ލުން ކީ އްތޯ؟
ކަލޯ ޖަލުގަ އޮތް އިރު ވެސް ފަހުން އއްވީ ދެތިން ކެނަ ހީނަރުވެފަ އޮއްވަ މައުމޫނު ތިޔަ ޕާޓީގަނޑު ކޮޅަށް ޖެހީ.....
ހަޅުތާލަކު ވަރެއްނެތޭ ބުނާ މީހާ ހަދާގޮތަށް ގައުމުގެ ތަރައްގީ ފަނާމުރުމުގެ ޢަމަލުތައް ނުހިންގާތީތަައް؟ އަހަރުމެންނަށް ވެސް އެގޮތަށް ކަންކުރެވިދާނެ. އެހެނަސް އަހަރުންގެ ގައުމުދެކެ އަހަރުމެން ލޯބިވޭ. ތިޔަމީހާ ފަދައިން ގައުމު ފަނާކޮށްލާފަ ރެފިއުޖީންގެ ލިސްޓުގަ ޖެހިގެން ހިޖުރަ ކުރާކަށް އަހަރުމެން ބޭނުމެއްނޫން. ގަބުވިޔަސް ފުކެއްބޮޑުވަރު.
މި ރައީސް ނަޝީދު މި ދެވެހިފަސްގަޑުގަ ހުރިހައިހިދަކް މި ދިވެހެރާއްޖެ އަކައް ހިންހަމަޖެހުމެއް ނުލިބޭނެ މީ ވަރައްބޮޑު މުސީބާތެއް
ބޯން އެބަޖެހޭ ބޮވެން އެބަޖެހޭ ބޮއެގެން ބޮއެ ބޮއެގެން ނޫނީ ސަލާމަތް ވެވޭނެގޮތެއް ނެތް ހަކުރު ބޯމީހާ ބޮނީ ހަމައެކަނި ހަކު ރަށްވީމާ ދެން ހަކުރު ގިނަވޭ
ވަރެއްނެތް... އެކަމަކު ތުރުތުރުއަޅާގެންފަ ފުލުހުން ފޮނުވާގެން މީހުންހައްޔަރުކުރުވާ. ހުރިހޭވައްތރެއްގެ މިނިވަންކަމައް ދައުވާަކޮށް އަޑުއުފުލި. މިހާރު ހަޖަމެއްވެސް ނުކުރެވޭ. މިހޭރު ފުލުހުންނާއި ސިފައިންވެސް އޯކޭ. ޗަކޭނީކޮންޗެއް.؟؟؟
އެއި ތެދެއް. ހަޅުތާލަކަށްވާނީ އެމްޑީޕީ މެމްބަރުން ހަޅުތާލުކުރިހެން ތަނުގެ ތަކެއްޗަށް ގެއްލުންދީ މޭޒުތައް މައްޗަށްއަރާ އަދި ގާނޫނުފޮތަށްވެސް ފައިން އަރާގެން. އޭރުން ރައްޔިތުން ފޯރީގައި މަޖިލިސް ބަލާނީ. ތިކުރަނީ ހަޅުތާލެއްނޫން.
ވަރުހުރިކަން އެނގޭނީ ވަކަރައްޖެހީމަ މަނިކުފާނު މަޑުކޮއްލައްވާ އަޅުގަނޑުމެން ވަރުހުރިކަން ވަގުތު ޖެހުނީމަ ދައްކާލާނަން ކެތްތެރިކަމާ އޯގާތެރިކަމާއެކީ މަޑުކޮއްލައްވާ
މޫނު މަތީ ފައިވާންކިބައަކުން ޖަހާބަ އޭރަށް ހުންނާނެ ރާކަނި މަސް ކެވިފަ。。。
ބޮޑާ ކަމުގެ މިސާލެކެވެ.
އެ ހަޅުތާލުގައި ވަރު އެބަހުއްޓެވެ އެކަން ކުރިއަށްދާނެއެވެ
މެދުނުކެނޑި ދެމިގެންދާ ގޮތުގައެވެ ޔާމީން މިނިވަން ކުރަން
ދެނެވެ.
ކެކެކެ. އަންނި ޖަލުގައި އޮތް އިރު ވީ ވަކި ކޮންކަމެއް. އަހަރުމެން ނަށް ހީކުރެވުނު އައްނި ޖަލަށް ލާފިއްޔާ ވަރަށް ފޯރި ދައްކާލާނެއޭ. އެކަމަކު ވީ ކަމެއް ހަރާން
ބޮޑާނުވޭ، އިސާހިތަކު ތިކަންގޮސްދާނެ، މާތްﷲގެ ކުޅަދުންވަންތަކަން ވިސްނަވާ.
ވަރުދައްކަން ފުލުހުން ގާތަޅާ ވިޔަފާރި ބޮއިކޮޓްކޮށް އާންމުނަށް އުދަގޫކޮށް ވައްވައްޖަހާ ބަޔެއްނޫން ޕިންކީންނަކީ. ނަމަވެސް އެކަންކުރަން ރ.ނަޝޯދު ބޭނުންވާނަމަ ކުޑަކަކޫ ހެއްސޭވަރުގެ ފަންވަރާއި ކެރުން ޕިންކީންގެ ހުންނާނެ... ޑިމޮކްރެސީ ކިޔާ ބޮޑް ޚޮދު މުޚުތާރުވެރިކަމެއްކުރަނީ. ފުލުހުން ލައްވާ ޢައިރު ޤާނޫނީ މަސައްކަތްކުރުވަން ތިއުޅެނީ.. ރ.ޔާމިން މިނިވަންވާނެ؛ އިންޝާ ﷲ...
ސަރުކާރު ދަވާލާ ރައްޔިތުން ހާލުގައި ޖައްސާ... އެއިރުން ތިޔަ ކުރެވެނީ ވެރިކަމެއް...
ފުލުހުންނަށް ގާތެޅުމުގެ މަސައްކަތް ވެސް ކުރަން ފެށީތޯ މިހާރު؟
ލަދުހަޔާތް އަރުއްވައިގެންފަ އިން އިންސާނެއް މިއީ. މީނަގެ ކިބައިން އަޅަމެންގެ ޤައުމު ސަލާމަތްކޮށްދެއްވާ ރައްކައުތެރި ކުރއްވާފާނދޭވެ.
ކިތަންމެ މަނިކުފާނާއި ސިޔާސީގޮތުން ދެކޮޅަސް މަޖްލިސް ތިހިންގަވާގޮތަށް ތައުރީފްކުރަން.. އިދިކޮޅުގެ އަޑުކަޑުއްވާނުލައްވާ ތިދައްކާދެނީ ހިތްތިރިކަން.. ކިތަންމެ ނަފްރަތްކުރިއަސް ހިތުގައި ލޯބިއުފެދޭ..
ބަލަ ކަލޭތީ ހުޅުޖެހިމީހާވިމާ އެފާޑަށް އެންމެން އުޅެންވޭތަ
ސައީދޫ. އެންމެ ތިންމީހަކު ތިބެގެން ހަޅުތާލު ކުރަންތަ ތިއުޅެނީ. ތިންމީހުން އެއްފަހަރާ ގަސްބުޑައް ހީސްދުއްވާ
ލިޔަސް ފަސްގަނޑު ނުތެމޭހާ ވަރުދެރަވެފަތިބި ތިންމީހުންނަ ކޮންވަރެއް ދައްކާލެވެނީ.
ޕިންކީސް ކުދިންނަކީ މަގައްނިކުމެ ފެލެންބޭނުންވާ ބަޔެއްނޫން އެކަމައް މޮޅުވާނީ ދޮންރިހަ ޕާޓީކުދިން
ނަސީދު ކަލޯ މޮޔަނުގޮވާ.ގައުމު އަލިފާން މަޅިޔަކަ ކަލޯ ހެދހިޔަސް މަމެންގެ ގަައުމު ދެކެ ޔާނު ލޯބިވެޔޭ ގަމާރު.
ނަޝީދު ޤަބޫލުކުރާ ގޮތުގައި މުޒާހަރާ ކުރުމަކީ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު މަގުމައްޗަށް ނުކުމެ ހުރިހާ އިމާރާތެއްގައި ހުޅުޖަހާ އަލިފާން ރޯކުރުމާއި ފާޅުގައި މީހުންގެ އަބުރު ކަތިލުމާއި މަގުމަތީގައި އާންމުންނަށް އުނދަގޫކޮށް މަގުތައް ބަންދުކޮށްގެން ކައިބޮއިހަދާ ގުޅުންހިންގުމާއި ފާހިޝް އަމަލުހިންގުމަށް. މިކަންކަން ނުކުރަންޏާ މުޒާހަރާ ކުރާ ކަމަކަށް ނުވާނެ.
އެހެނަސް އެމްޑީޕީ ނޫން މީހުންނަކީ އިނދިކޮޅުގައި ތިބެގެން މުޒާހަރާ ކުރިނަމަވެސް ތަންތާނގައި ހުޅުޖަހާ ޤައުމު ފަހަތަށް ސޮއްސައިލުމުގެ ވިސްނުން ގެންގުޅޭ ބައެއް ނޫން. ދެން ވަރުނެތްކަން އެނގޭނެތާ މީގެ ކުރިންވެސް އެމްޑީޕީގެ ވެރިކަމުގައި ތަންތަން ހުޅުނުޖަހައި ކުރި މުޒާހަރާ ވަނީ ކާމިޔާބުކޮށްފައި. އެހެނަސް އެމްޑީޕީ އިން އިނދިކޮޅަށް ނުކުމެ ހުޅުޖަހައިގެން ކުރި މުޒާހަރާ ކާމިޔާބެއް ނުވި. އެއީ ދެއްތޮ ވަރުނެތުމަކީ.
ބަލަ ރޮނޑާ! ވިސްނުމުގައި ހާދަ ގާތަށެ ތި ވިސްނަނީ ތަނެއް ހަލާކުކޮށްލަން ނަގާނީ މަދު ސިކުންތުކޮޅެއް، ބިނާކުރަން އެތައް އަހަރެއް، ވީމާ މަޖުލިސް ހަރާބުކޮށްލަން ތިންމީހުންނަކީ ވަރަށްބޮޑު ބާރެއް. އެއްމެ މީހަކު ހުރެގެން މިމުޅި ޤައުމު ހަލާކުކުރަނި އެހެންވީމާ ތިންމީހުންވެގެން މަޖިސް ހަރާބުކޮށްނުލެވޭނެތަ! އެކަމަކު އެމީހުން ބޭނުންވަނީ ރީތިގޮތުގައި ބޭނުންވާ މެސެޖު ފޯރުކޮށްދިނުން އެކަން އެބަކުރޭ! ނަޝީދުބޭނުންވަނީ އެމްޑީޕީން ޤާނޫނަށް ފައިންއަރާ ދިވެހިދިދަ ބިމަށްވަށްޓާލި ހަޑިހުތުރު ޢަމަލު ދެރަބަސްދީގެންވެސް ޕީޕީއެމްލައްވާވެސް ކުރުވަން. އެކަން އެގޮތައް ނުކުރުމަށް އެމްބަރުންނަށް ގޮވާލަން.
މަޖްލިސްގައި ތިބީ އިދިކޮޅު 9 މެމްބަރުން. އެމަދު ޢަދަދަށްބަލާއިރު ގޯހެއްނޫން. އަދި ކަލޭ ޙައިރާންވާވަރުވެސް ވާނެ! އެދުވަހަކީ ވެރިކަންވެއްޓެނީ ވެއްޓެނީ އޭ ގޮވަމުން ކަލޭވެސް ބޮނދާނޭދުވަސް! އިރާދަކުރެއްވިއްޔާ އެދުވަސް ދުރެއްވެސް ނޫން!
ޔާﷲ މިބަލާވެރިކަމުން މިލޮބުވެތި ފަސްގަނޑު ސަލާމަތްކުރަން ވާނދޭވެ. އާމިން
2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެގެން އޭރު ފެބްރުއަރީ 7 އަދި 8 ގައި ނަޝީދު ވެރިކަމުން ދުރުކުރުމައްފަހު އެމްޑީޕީ މީހުން މުޅިރާއްޖޭގައި ހުޅުރޯކޮއް ހިނގި އަމަލުރަކާއި ވެރިރަށް މާލޭ ގޮނޑަކައް ހަދައި ތަންތަނައަ ދެމުން ދިޔަ ގެއްލުމާއި އެކު އުފައްދާފައިވާ ބިރުވެރިކަން ފިލުވައި ގައުމުގައި އަލުން މިނިވަން ކަމާއި އެކު ތަރައްގީގެ ކަންކަމާއިގެން ކުރިއަރައިގެން ދިއުމުގެ މާހައުލެއް އުފެދިގެން ދިޔަ މަންޒަރު ފެނިފައި އަހަރެމެން ވަރައް އުފާވި. އަދި ހަމަ އެޔާއިއެކު ގައުމުގެ ތަރައްގީގެ ދުވެލި ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ނުހިނގާފަދަ ހަލުވި ސުޕީޑަކައް އެޅިގެންގޮސް ބޮޑެތި ކުރިއެރުންތައް ހޯދި. މިފަދަ ތަރައްގީގެނުވާނެ އެހެން ސަރުކާރެއް ދެން ޒަމާނުންކުރެ ޒަމާނަކުންވެސް ފެނިގެން ހިނގައިދާނެއޭ ބުނަންވަރައް ދަތި. މިހާރު އަނެއްކާވެސް އަހަރެމެން މިތިބީސިޔާސީ ހުސް އަނގަތަޅާތަން ބަލަން ތިބެންޖެހޭކަހަލަ ހަގީގީ ލީޑާޝިޕެއް ނެތް އިތުބާރެއް ނެތް ސަރުކާރެއްގެ އަނދިރިގަނޑެއް ތެރޭގަ.
ވަރުހުރި ހަޅުތާލެއްކުރީމާވިގޮތް ހަނދާންނެތުނީ ދޯ ހެހެެހެ
ކަލެއަށް ފޯންކޮށްފަ މީހުން ބުނާނެތަ. ތިހެން ކަލޭ ބުނި ތިމަންނަގެ ވެރިކަމުގަ ސަލަފް ރަޖިސްޓްރީކޮށް ދިނީމަވެސް ކުރީގެ ރައީސުން ތިމަންނައަށް ސިޓީ ލިއުނޭ އެކަން ނުކުރާށޭ ބުނެ. އެއިން ސިޓީއެއް ވީތަނެއް ލިޔުނު މީހެއް ނެތް. އެކަހަލަ ބޮޑެތި ދޮގު ހަދާ ލުއްޗާއެއްތީ. ދޮގެއް ހެދެން އޮއްވާ ބަކަރި ތެދެއް ނަހަދާނެ.
އާރުލާނެ ،ފެން ވެސް ލާނެ،ކަލޭ ފެށީ މަގުމަތިން 2 ޗައްޕަލާއެކު ،މާޒީ ހަނދާންކުރޭ،މައްލަވަ ނުކުރޭ
ވަރުނުހުންނަ މީހުން ތިބޭނީ ރާއޖޭން ބޭރުގައި ގޮޑިދުއްވަން އިސްލާމްދީނައްޓަކައި ތިއޮއްވަރުގަދަ ކޯލިޝަ ނާއިދެކޮޅަށް ތެދުވަން ކެރޭނީ އާދަޔާހިލާފު ހިއްވަރެއް ހުރެގެންެވެ. ހާދަގަޓު ހުރީމައެވެ
ތިމަޖިލީހުގައި މޑޕގ ކާފަރުންތައް ކިތަމެގިނަޔަސް ތިކާފަރުނާެއި ދެކޮޅަށް މަޖިލިސްތެރޭގައި ތިބި މުސްލިމުން ކިތައްމެ މަދަސް ހުރިހާގޮތަކު ންވެސްﷲ ނަސްރު ދެއްވާނީ މުސްލިމުން ނަށްށެވެ.ﷲ ޕޕމގެ ހިތްވަރުގަދަ މެންބަރު ންއެކުރަށްވާ ޖިހާދަށް ނަސްރު ދެއްވާށި އާމީން