މާފަރުގައި އަލަށް ހަދާފައިވާ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމަށް ޔޫއޭއީ ސަރުކަރުން ރުހުން ދީފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި ރޭ ކުރިއަށްދިޔަ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި އަބޫދާބީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޝަހިދު ވިދާޅުވީ، މާފަރު އެއާޕޯޓްގެ ރަންވޭގައި އޭ-380 މަރުކާގެ ބޯޓްތައް ޖެއްސޭވަރަށް އެތަނުގެ ރަންވޭ ބޮޑު ކުރަން ބިން ހިއްކުމާއި ރަންވޭ ހެދުމުގެ މަސައްކަތަށް އަބޫދާބީ ފަންޑުން ފައިސާ ހަމަޖައްސަން އެ ގައުމުގެ ސަރުކާރުން ރުހުން ދީފައިވާ ކަމަށެވެ.

މާފަރުގައި އަލަށް ހުޅުވި އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. މި އެއާޕޯޓަކީ އަބޫދާވީ ފަނޑުގެ އެހީގައި އަޅާފައިވާ އެއާޕޯޓެކެވެ.

"ޔޫއޭއީ އަކީ އިންވެސްޓުމެންޓު ހަބެއް. އަދި ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއް. ޔޫއޭއީގެ ޕޮލިސީތަކުން ރާއްޖެއަށް މަންފާ ކުރާނެ. އެ ޕޮލިސީތަކުން ރާއްޖެއަށް މިސާލު ނެގޭނެ،" މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ޔޫއޭއީއިން ހޯދާފައިވާ ކުރިއެރުންތަކުން ރާއްޖެއަށް މިސާލު ނެގިދާނެ ކަމަށެވެ. އަދި އަންނަ އަހަރު ޔޫއޭއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020 ގައި ރާއްޖެއިން ބައިވެރިވާނެ ކަމަށްވެސް ޝަހިދުވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސާހިލް

  ގައިގެ ހަމަށްވުރެ މޫނުގެހަން ކަޅުވާނަމަ އެމީހެއްގެ ހަށިގަނޑުގެތެރެޔަށް މީސްތަކުންގެ ޙައްޤުގެ އިތުރުން ﷲ ޙަރާމްކުރެއްވި ތަކެތި ވަންނަނީކަން ކަށަވަރެވެ.

 2. އޮޅުވާލުން

  ތިޔައީ މާކުރިން ނިމިފައި އޮތް ކަމެއް ތިޔަ ދަތުރާއި ގުޅިގެން ވީ ކަމެއް ނޫން އޮޅުވާ ނުލާ

  28
  2
 3. ކިޔުންތެރިޔާ

  ތިޔަ ކަމަކަށް ގްރޭޓަރ މާލޭ ބޭފުޅުން ހިތްޕުޅާވަޑައިނުގަންނަވާނެ. އެބައިމީހުން ހައްތާވެސް ހީކުރާނީ ގްރޭޓަރ މާލެ ސަރަހައްދުގެ ކޮންޓްރޯލް ނެއްޓި "ރާއްޖެތެރޭ މީހުން" މާ ބާރުވެރިވެދާނެކަމަށް. ނިކަން ބައްލަވާ އައްޑޫއަށް ހެދި ގޮތް. މުޅި ދެކުނުގެ ގްރޭޓާރ ސިޓީ ފޮހެލައިގެން އާރާއި ބާރު ގެންދިޔައީ ހަމަ ކ.އަތޮޅަށް. ދެން އެނޫނަސް މި ސަރުކާރަކުން ތިކަމެއް ވާނެހެނެއް ހީއެއްނުވޭ. އެއްވެސް އުންމީދެއްވެސް ނެތް. ކުރީ ސަރުކާރުން ނަމަ ރިބަން ކަނޑާނޭ ދުވަހެއްވެސް ފެނިދާނެ. މިހާތަނަށް ވެފަ އޮތީވެސް އެހެން. މިސާލަކަށް ރަންވޭ ބަލަހައްޓާ ނުވަތަ ފުލައިޓުތައް ދޮވެ ސާފުކޮށް ދަވާދުލާ މީހަކީ އެމްޑީޕީ މީހެއް ނުވަތަ އެކްޓިވިސްޓަކަށް ބޮޑެތި މުސާރަ ދީފަ ހެދިދާނެ. މީ އެމްޑީޕީއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް. އަދި އެބައިމީހުންގެ ބަހުންނަމަ، ބޮޑު ބިޔަ މަޝްރޫއަކަށް ވެދާނެ.
  #ފްރީރ.ޔާމީން

 4. ޜައޫފ

  ލޯކަލްކައުންސިލް އިންތިހާބައް ދެބޯގެރިދުއްވަންފެށީ

 5. Anonymous

  ހިންޏަށް ހަކުރު އޮޅުވާލާ މީހުން.
  ހެއްދިފަރާތަށް އެއްވެސް ކަމެއް ވަންހަނާވެ ވޮޑި ނުގަންނަވާނެ. ތިބާއާއި އަހަރެންގެ ވެސް.
  ބަހާއި ޢަމަލުވެސް އެކަލާނގެ މޮޅަށްދެނެވޮޑިގެންވޭ