ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ލޯން އެހީގަ ކުރަން ނިންމާފައިވާ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ އެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 180,000.00 ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.

އަންނަ މަހު ދެވަނަ ދުވަހު ފްރީބިޑް މީޓިން ބާއްވަން ނިންމާފައިވާއިރު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

ކުޅުދުއްފުށީގައި ހަދޭ ބަނދަރާއި ބެހޭގޮތުން ވާހަކަ ދައްކަމުން ހައުންސިންގް މިނިސްޓްެ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ބަނދަރަކީ ސަރުކާރުން މިހާތަނަށް ހަދާ އެންމެ ބޮޑު ބަނދަރު ކަމަށެވެ. އެ ބަނދަރަކީ 1100 ފޫޓު ދިގު، 500 ފުޅާ ބަނދަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބަނދަރު ތަރައްގީގެ މަޝްރޫއުގެ އިތުރުން ފެރީ ޓަމިނަލެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މިހާރު އެރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓްރީޝަންސް

    ކޮބާ ރަންރީނދޫ ދަ ބަލާ ބޮޑު ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ދެން ސްވީޓް ސަރެންޑަރ އޭ އެންމެ ރަނގަޅުވާނީ. ވެން ވީ ލުކް އެޓް ޔޫ ވީ ސީ ދަ މޯމެންޓް އޮފް ޓްރީޝަން އައި ޑޯން ވޮނާ ސީ ޓްރީޝަނޭސް ފްރޮމް މައި އައި ސައިޓް ދޯ.